އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިތާ ދެހަފްތާ ވެގެން މިދިޔައިރު މިދެހަފްތާ ވެގެން މިދިޔައީ އެމަނިކުފާނަށް ވޯޓް ދެއްވި ރައްޔިތުންނަށް ވަރަށް ނާއުއްމީދީ ޚަބަރުތަކެއް ލިބުނު ދެހަތްފާ އަށެވެ. ސަބަބަކީ ވެރިކަމަށް އަންނަން އެމްޑީޕީ އާއި ކޯލިޝަނުން ވިހުރިހާ ވައުދަކާއި ދެހަފްތާ ދުވަސްތެރޭގައި ޚިލާފުވެފައި ވުމެވެ. ވެރިކަމަށް އަންނަން އުފެެއްދި ކޯލިޝަންގެ ވައުދުތަކާއި ވެރިކަމަށް ދެހަފްތާ ވެގެން ދިޔައިރު ހިނގައިގެން މިދިޔަ ކަންކަން މަތިން ހަނދުމަފުޅު ނެތް ބޭފުޅުންގެ ހަނދުމަފުޅު އާކޮށްލުމަށް އެވާހަކަ ދައްކަން ހިނގާށެވެ.

ކޯލިޝަނުން ވެރިކަމަށް އަންނަންވި އެއްވައުދަކީ ސަލާމަތީ ބާރުތަކަށް ހާއްސަކޮށް ފުލުހުންގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ވައުދެވެ. ނަމަވެސް ވެރިކަމަށް އެއް ހަފްތާ ފުރިހަމަ ނުވަނީސް އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ފުލުހުންގެ ބަންދުން ދޫކޮށްލައިގެން ސަރުކާރުން ސާބިތުކޮށްދީފައި ވަނީ ސިޔާސީ ނުފޫޒު ފުލުހުންގެ މައްޗަށް ފޯރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމެވެ. އެމްޑީޕީ އެކްޓިވިސްޓުންގެ މައްޗަށް ޤާނޫނުގެ ބާރު ނުހިންގޭނެކަން އެމްޑީޕީ އިން އެވަނީ ސާބިތުކޮށްދީފައެވެ.

ދެން ވެފައިވާ ވައުދަކީ ކޮރަޕްޓް ވެފައިތިބި މީހުންނަށް ސަރުކާރުން ފުރުސަތު ނުދޭނެކަމަށް ބުނެ، ވި ވައުދެވެ. ނަމަވެސް މިހާރުވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ "ވައިކުޑައިގައި" މިސަރުކާރުގެ ތެރެއަށް ފޭބި ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައިވާ ބޭފުޅުންނާއި އެމްޑީޕީގެ ވެރިކަމުގައި ވެސް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގިކަން އޮޑިޓް ރިޕޯޓްތަކުންނާއި އޭސީސީގެ ތަޙްޤީޤުތަކުން ސާބިތުވެފައިވާ ބޭފުޅުންނެވެ.

އިއްތިހާދުގެ ވެރިކަމުގައި އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރާނެ ކަމަށް ވެސް ވައުދުވިއެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ނުކުރާށެވެ. ދީނީ އިލްމުވެރިން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން އެވަނީ އދ.އަށާއި ބައިނަލްއަޤުވާމީ ދުނިޔެއަށް ދީފައެވެ. އެހެންކަމުން އިސްލާމްދީން ހިމާޔަތްކޮށް ދީނީ ޙުކުމްތަކަށް އިހްތިރާމް ކުރާނެކަމަށްވި ވައުދާއި މިހާރު ހިލާފު ވެއްޖެއެވެ.

ވެރިކަމަށް އަންނަން އުޅުނުއިރު އިއްތިހާދުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ބޭރު ގައުމެއްގެ ނުފޫޒެއް އެބޭފުޅުންގެ ވެރިކަމުގައި ރާއްޖެއަށް ނޯންނާނެ ކަމުގެ ވާހަކައެވެ. ނަމަވެސް ވެރިކަމަށް ދެހަފްތާވިއިރު އިންޑިއާގެ ނުފޫޒު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މައްޗަށް ހިނގާނެ މިންވަރާއި މެދު ދެން އިތުރަށް ސުވާލު ކުރާނެ ކަމެއްނެތެވެ. އިންޑިއާ އާއި އަސްކަރީ ގުޅުން ބަދަހިކުރަން ދިވެހި ސަރުކާރުން އެއްބަސްވެ އިންޑިއާ އިން ބޭނުން ކޮންމެ ކަމެއް އަސްކަރީ ދާއިރާ އިން ކުރަން ދިވެހި ސަރުކާރުން އާނބަސް ބުނެފިއެވެ. ބަދަލެއްގެ ގޮތުން ދިވެހި ސަރުކާރުން ބޭނުންވަނީ އެއްބިލިއަން އެމެރިކާ ޑޮލަރެވެ. އެބަދަލު އިންޑިއާ ސަރުކާރުން ދޭނެއެވެ. ބޭރުގެ ނުފޫޒު ރާއްޖޭގެ މައްޗަށް ހިނގާނެ މިންވަރާއި މެދު ދެން އިތުރަށް ވާހަކަދައްކާ ބަހުސް ކުރާނެ ކަމެއްނެތެވެ. ބަހާއި އަމަލުން ހެކިތައް މިހިރީ ފެންނާށެވެ.

ވެރިކަމަށް އަންނަން އުޅުނުއިރު އެންމެ ހަރުއަޑުން އެންމެ ވަރުގަދައަށްވި ވައުދަކީ މީގެ ކުރިން އިއްތިހާދުތައް ރޫޅިގެން ދިޔަނަމަވެސް މިފަހަރު އިއްތިހާދު ރޫޅިގެން ނުދާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ރޭ އެވައުދާއި ވެސް ހިލާފުވެއްޖެއެވެ. އިއްތިހާދު ދަމަހައްޓަން ވެފައިއޮތް އެއްބަސްވުން އުވިގެން ދިޔަކަން ރަސްމީކޮށް އަދި އިއުލާނު ނުކުރި ނަމަވެސް ދެން އިއްތިހާދު ކުރިއަށް ނުގެންދެވޭނެކަން މިއޮތީ ކަށަވަރުވެފައެވެ.

ސިޔާސީ މަސްރަހުން އިއްޔެ ފެނުނު މަންޒަރާއި މިއަދުގެ ހަޤީޤަތައް ނަޒަރު ހިންގާ ބަލާފައި ބުނަން އޮތީ ސިޔާސީ ލީޑަރުން ވައުދާއި ހުވާ ކުރާނެއޭ އެބޭޅުންގެ ހަނދާނުން ނިކަން އަވަހަށް އެވައުދާއި ހުވާ ހަނދާން ނެތިގެން ދާނެއެވެ. ކޮޅުކެހި ކޮންމެ ފަހަރަކު ވެސް މިލިބެނީ ސިޔާސީ ލީޑަރުންގެ ވާހަތައް ގަބޫލުކޮށް އެބޭފުޅުން ދައްކަވާ ވާހަކަފުޅަށް އިތުބާރުކުރާ ނިކަމެއްތި ރައްޔިތުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޢިރުފާނު

    ނުކިޔަވާއިބޫއަކީ ކީރިތި ރަސޫލާ ދުޢާދެއްވާފައިވާފަދަ ބޭފުޅެއް! މަޑުން ތިއްބަވާ!

    • ޜިޒާ

      އިރުފާން.. އިބޫއަށް ނުވަތަ އިލްޔާސްއަށް ޖޯކުޖެހުމަށް ލޮބުވެތި ނަބިއްޔާ صلى الله عليه وآله وسلم ގެ ނަންފުޅު ބޭނުން ނުކުރައްވާ. އެއީ އެކަލޭގޭފާނަށް އަހްތިރާމް ކުޑަކުރެވެނީ.
      ފަހުޒަމާނުގައި ޒާތްޒާތުގެ އިލްމުވެރިން އަންނާނެ އެމީހުންގެ ކިބައިން ސަލާމަތްވެވޭނީ އިސްލާމްދީނުގެ ޢިލްމު ދަސްކޮށް އެދީނުގައި ގަދައަޅާ ތިބޭމީހުންނަށް.

      • ނޫރާ

        ބަލަ ވަގު ސޯލިހަށް ސަނާ ކިޔަންވީމަ އެކަލޭގެފާނުގެ ނަންފުޅު ބޭނުން ކުރެވޭދޯ!!

    • ޙައްގުބަސް

      އަހަރެމެން އޭރުވެސް ބުނީމާ ކޯޅޭޝަނޭތީ!! ނުކުރަން ބުނި ހުރިހާކަމެއް ކޮށް ނިންމަްިފިކަމަށް މިލިއުމުގައި ބުނެފި!! ސިޔާސީ ނުފޫޒު ވަރަށް ގަދަޔަތް ފުލުސްތެރެއަށްވެސް ވައްދައިފިކަމަށް ބުނެފި!! ހައްޔަރުވި އެކްޓިވިސްޓް ވިސް އެނުފޫޒުގެތެރެއިން ދޫކުރުވައިފި!! އަދި އެކިއެކި ކުށްކޮށްގެން ފުލުސްތެރެއިން ކަނޑާލާފައިވާ ބަޔަކު މަތީމަގާމުތަކަށް ވައްދަން މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރޭ! އޭގެތެރޭ ހަމީދު ކަމިޝަނަރުކަމަށް ގެންނަން އުޅޭ ވާހަކަވެސް އަޑުއިވޭ!! ސްޕްރީމް ކޯޓުގައި އޮތް މައްސަލަ އޭނާއާއި އެއްކޮޅަށް ނިމި އެމްގާމު ދޭނެކަމަށްވަނީ!! ދެން ފާރޫޝު އާއި ޖީނާހު އާއި ރިޔާޒު އާއި ފެބުރުއަރީ 2012 ވަނަ އައްޑޫގައި ހުޅުޖެހިއިރު އެތަނުގައި ކޮމާންޑަރަކަށް ހުރެ އިހްމާލުވިކަމަށް ބުނާ ޔޫނުސް ވެސް ވައްދާ ކަމަށްވަނީ ފުލުހަށް! މިއީ ހަތްތާވެސް އިވޭ އަޑު!! ދެން މީގެތެރޭ ބައެއް މީހުންނަކީ ރާއްޖެ ޓީވީގައި ވަރަށް ވާހަކަ ދައްކަން އަރާ ތިބެނިކޮށް ފެނިފައިވާ މީހުން!! ދެން ސިޔާސީ ނުފޫޒުން ފުލުހުން މިނިވަންވެފަ އޮންނާނެކަމަށް ހީކުރަންވާނެ ދޯ؟ އެހެން އެބަބުނޭ! ޢަމަލު ސީދާ ވަނެކަށް އުންމީދު ކުރަން!! ބޭނުންވަނީ ގައުމަށް ހެޔޮގޮތްވުން!! އަދި ވެރިކަމަށްވެސް ހެޔޮގޮތްވުން!! އެއީ ވެތިކަމަކީ ﷲ ދެއްވާ މަގާމަކަށްވާތީ!! އަޅުވެތިކަމުން ސަލާމަތްވެފައިވާ ގައުމަކަށް މިގައުމުވުން!!

  2. ސަޓޯ ތުރާކުނު

    އެމް.ޑީ.ޕީ ގޮޅާތަކައް ހުންނާނީ މިހާރު ރާކަނިމަސް ކެވިފަ...

  3. ޖ

    ވަރައްރަގަޅު ލިޔުމެއް ވަރައްބޮޑު ތެދެއް ރައްޔަތުންގެ އެއްވެސް ކަމަކާއި އަދިވެސްނޫޅޭ އަދިވެސް ހުރިހާއެންމެން ކޯޅެނީ ރައީސްޔާމީނު ކޮއްދެމުން އައިހުރިހާކަމެއް ވަނީހުއްޓުމަކައް އައިސްފަވަރައްދެރަ

  4. މިގޭ

    މިހާރު މިއޮތީ ޔަހޫދީ ދައުލަތެއް . ބމިހާރުވެސް މިފެންނަނީ އިޒުރޭލުން ކަންކުރާގޮތާ އެއްގޮތައް.

  5. ޖަހާންގީރު

    އެމް ޑީ ޕީ އަކީ ހަމައެއް ލަމައެއް ނެތް ޖަންގަލީގެ ހުކުމް ތައް ގެންގުޅޭ '' ކަލްޓް '' ބައިގަނޑެއް

  6. ލިމްލީ

    ހަމަ ފިސާރި ތެދެއް މިބުނީ ބަޔަކުޔަހޫދީ ވާނީ ހަމަ ތިވަރަށް.އެކަމަކުވެސް އަންނި އޭކިޔާ މައްލޫނުގެ ދިފާއުގަ ނިކުންނަން ހަމަ އޭގެ މީހުން މިގައުމުގައި އެބަތިބި.

  7. ޙާޖީ ތުއްތު ދީދީ

    އަހަރެމެންނަށް މާ ކުރިންވެސް އެނގޭ އެމް ޑީޕީއިން ކަމެއް ނުކުރާނެކަމަށް ބުނެފިއްޔާ އެކަން ކުރާނެކަން!

  8. ނުރަބޯ

    މަޖްލީހުގެ އިންތިޚާބުގެ ކުރިން، މިއޮތީ ދިވެހިރައްޔިތުންނަށް ޖަޒީރާ ސަރުކާރުގެ އެނގި ފެނި ބަޔާން ވެފައެވެ. ކުރިންވެސް އަހަރެމެން ބުނީމު ސޯލިޙު އެއީ ރައީސް ކަމަށް ވިޔަސް ޞޯލިޙުގެ އެއްވެސް ބާރެއް ނޯންނާނެއޭ. އަމުރުތައް ނިކުންނާނީ ޖަޒީރާ އެތެރެކޮއިލުންނޭ. ކަންތައް އެ ދަނީ ހަމައެހެން. ވީމާ ދިވެހި ރައްޔިތުން ވިސްނާފަ މަޖްލިހުގެ އިންތިޚާބުގައި ރައީސްޔާމީން އަށް ތާއީދު ދިނުމަކީ ދެން މިގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދަން ލިބޭނެ ހަމައެކަނި ފުރުޞަތެވެ. މި ފުރުޞަތު ނަގާލައިފިއްޔާ. ހުރިހާ އެއްޗެއްެވެސް ގެއްލޭނެ އެވެ. މިނިވަންކަމާ މުސްތަޤިއްލުކަމާ އަމިއްލަވަންތަކަމެވެ. މާތްވެގެންވާ އިސްލާމްދީނެވެ.

    • ..

      ??????

  9. އތރ

    ކޮބައިތަ އައްސައިޚް އަލްއުސްތާޒް ބޮޑުސޭކު
    ބަސްފުޅެއް ވިދާޅުނު ހަނުހުންނެވީތޯ

  10. މާނީ

    މިބައި ކަންނެލި ކެޔޮޅު މިކޮޅިގަނޑުގާ އޮޑި އޯކޭ ދޯ

  11. ކިޔުންތެރިޔެއް

    މަރުގެ ހުކުމް ތަންފީޒް ކުރާނެ ކަަމަށް ވައުދުވި ކުރީގެ ރައީސް ޔާމީން ގެ ސަރުކާރުަގަވެސް.. ނަމަވެސް އެކަން ވިތަ.. ޟި ރާއްޖެއަކު ނެތް ސިޔާސީ ލީޑާރ އެއް ތިޔަބުނާ ކޮރަޕްޝަންގަ ނުހިމެނޭ... ޑެން ތިބުނީ ސްމިތްގެ ވާހަކަ.. ބަލަ އެކަހަަލަ ކިތަށް ބަޔެއް ރައީސް ޔާމީންގެ ސަރުކާރުގަ ދޫކުރީ...

    • ނޫރާ

      ކަލޯ ބުރާންޗާ ޔާމީނު ތިބުނި ކަންކަން ކުރާތީއޭ ކިޔާފައެއްނު ރަނގަޅުކުރަން މިހިރަ ވަގު ސޯލިހު ވެރިކަމަށް ގެނެސްފަ އެހެރީ ވޯޓުން ވައްކަން ކޮށްގެން..ދެން ކޯއްޗެކޭ ތިކިޔަނީ. ކަރަޕްޓް ނޫން ކިޔަވައިގެން ތިބި މޮޅެތި މީހުން އެބަތިބި މިރާއްޖޭގަ.

    • ވާނުވާ

      ބަލަ ޔާމީނު އެކަންކަން ކުރާތީ ކަމުނުގޮސްގެނެތްނު އިބޫ ގެނައީ ދެން ކޮންމެހެން ތިވާހަކަ ގޮވާނެކަމެތްނެތް

    • ލިޔުންތެރިޔާ

      ކިއުންތެރިންގެ ހިޔާލް < ބޭފުޅާ ތިއިސާރައި ކުރި ކަންކަން ތަކުރާ ވިޔަ ނުދޭން ނޫންތޯ ރޔ ގެ ވެރިކަން ބަދަލް ކުރީ

  12. ބިކަ

    ދެން ޖަހާ އަތް އަތް ޖަހާ ދެން

  13. މޫނިމާ

    ކުރީފަހަރު 2008ގަ 3 ހަފްތާ 21 ދުވަސް ،، މިފަހަރު 2 ހަފްތާ 14 ދުވަސް މިވަރުރަގަޅު ،، އަނެތްފަހަރު ކަންތަކާޖެހެނީ ،، ކުރިއަށް އޮތީވަޒީރުންނަށް ރުހުންދިނުން އެވެސްއަނެއް މައްސަލަ.. ލަލަލާ

  14. ވިއްކާލާ

    ބަލަ މިހާރު ތިބި ހަތަރު ލީޑަރުންގެ އިހްލާސްތެރިކަން ނެތް މުޅިން ވެރިކަމާހެދި ބަގުޑި ބައްދާ މީހުން މިގައުމައްދިމާވެފައިވާ މުސީބާތެއް ހަތަރު ލީޑަރުންނަކީ ދެން މިގައުމު ބޭރުގެ ނުފޫޒުވަނީގަދަ މިގައުމުވިއްކަލަން ހަތަރު ލީޑަރުންވެގެ މިއުޅެނީ އެހެންވެގެ ރައީސް ޔާމީނަކީ ގަޓުސްއުރި ކެރޭލީޑަރެއް

  15. ބިއާއި

    ތިޔައީ ވަގުން އިއްތިހާދު ކޮރަޕްޓް ޝަރީފުގެ ނުބައި ނުލަފާ ރޭވުން އަނދިރި ދިވެހި ރާއްޖެއަށް މިވީ

  16. އެދުރުބެ

    ސަރުކާރުގެ ފުރަތަމަ ދުވަސް ވެގެންދާނީ ސްކޫލް ކުދިންގެ ބުއްތަށީގެ ވާހަކަ

  17. އަހަންމަދު

    ކޯލިޝަނަށް ބޮޑުބޮޅެއް އިބޫ އިސްތިއުފާ

  18. އަމަން

    ލިޔުމުގައި މި ހުރީ ހުސް ހަޤީޤީ ވާހަކަ

  19. ޙނ

    ފިތުނަ ނުއުފައްދާ. މަޖިލީހުގަ ވަކިން ވާދަކުރިޔަސް އެކުގަ ތިބޭނެ. ކޯލިޝަނުން އެއްބަސްވެފައިވޭ ދެބަސްވާން ޖެހިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތުގެ މައްޗަށް. ޔާމީނުގެ ވަގު އަނިޔާވެރި ސަރުކާރު މަތިން އެކަކު ވެސް ހަނދާން ނުނެތޭ

    • ނޫރާ

      ފިތުނައިގެ ވާހަކަ ކަލޭމެން ނުދައްކަ!! ވެރިކަމަށް އައީ ދޮގާ މަކަރާ ފިތުނަ އުފައްދައިގެން.

  20. ކޯލިސަން

    އަދިވެސް މިއުޅޭ ސިޔާސީ މީހުން ރައްރަށަށް ދޔާމަ ރަތްދޫލަ މަތީ ހިންގުވާފަ ކަރުގއި މާފަތި އަޅުވާ އަދި އެވަރު ނުވެގެން ޕާޓީ ހުރިހައި އެއްމެން އަތުން ލާރި ނަގއިެން އަންނަ ސިޔާސީ މީހުންށް މޮޅެތި އެއްޗެހި ކާންދީފަ ބަހއްޓަ ރައްޔިތުން ގމާރީ ހިސާބއްވުރެ

  21. ކެރޭ އަބްދުﷲ

    ވެރިކަމައް އައިތާ ދެހަފުތާ. މިހާރު ކޯލިސަން ރޫޅެނީ. ބުނި ހުރިހާ ވައުދެއް ހަދާނެތުނީ. މާކައް ގިނަދުވަހެއް ނުނަގާނެ މިވެރިކަން ވެއްޓޭކައް. ދެން އެމެން އައިޖަހާ.

  22. ޝަރީފް

    ބަލަގަ! ޢިރުފާން އެބުނީ އިލްޔާސް ބުނި ވާހަކައެއްނޫންތަ؟

  23. ބަާބު

    އެމްޑީޕީނުދަންނަމީހަކު އުޑުގެކެތިވެސްނުދަންނަާނެއުޑުގެކެތިވެސްނުދަންނަާނެ

  24. ކުއްވެރިޔާ

    ވަގުތު މީގަވެސް ކުއްވެރިވާނީ އެބޭފުޅުންނަށް، މި ޚަބަރު ލިޔުނީމަ

  25. ބަާބު

    އަޅުގަޑުއަބަދުވެސްބުނަމް އެމްޑީޕީ ނުދަންނަ
    މީހަކު އުޑުގެ ކެތިވެސްނުދަންނަާނެ ދެންއަތްޖަާ

  26. Anonymous

    ރައްޔިތުން އަމިއްލައަށް ފޭހުނު އިލޮށި ރައްޔިތުންގެ ލޮލަށް ހެރެން އުޅެނީ.........!އަދަދޯތް.
    ބަޔަކަށް ހަމަ ކަމުދާނެ.ހެހެ.....ހެހެ.

  27. ރާސް ޓަސް.

    ރައްޔިތުން އަމިއްލައަށް ފޭހުނު އިލޮށި ރައްޔިތުންގެ ލޮލަށް ހެރެން އުޅެނީ.........!އަދަދޯތް.
    ބަޔަކަށް ހަމަ ކަމުދާނެ.ހެހެ.....ހެހެ.

  28. ހަސަން ޒަހީރު / ލ. ގަން

    ވަގުތު ނޫހުގެ ނޫސްވެރިން ހަޖަން ކޮށްލާ

  29. ވވ

    ވައުދާ ހުވާކުރާނެޔޭ އެހަދާންނެތޭނެޔޭ ނޫނީ އެހެންގޮތެއްގައި މަޖުބޫރުވާނެޔޭ ދެން މިލަވަ ކިޔާ

  30. Anonymous

    ވައްﷲ އަޢުލަމް. މިބައިގަނޑު މީ މުސްލިމުންނަށް ވާ ބިރަކީނަމަ ބަލިކުރައްވަވާށި.

  31. ދެން އަނބުރާއަނބުރާ ބާރަށް އަނބުރާ ދޫ!

    ސައިތޯނު ނޫން ކޮންބައެއްތަޮ މި ރާއްޖޭގަ އުޅެނީ. ނަމުން މުސްލިމުން. ޙުރިހާ ޕާޓަިއެއްގަވެސް އޭގެ ޖަނަވާރުން. ޓެދުމަގުލިބުމެއްނުވާ ޙުރިހާ ކާފިރުން މަރުގަންނަވާށި. ޏަމާދުނުކުރާ މެޖޯރިތީއެއް އޮތް ގައުމެއް. ނަމާދުއެޅުމަކީ ދީނުންބޭރުވާކަމަކަށްވާހިނދުގާ ކިތައް މުސްލިމުން މި ގައުމަށް އަސްލު ނިސްބަތް މިވަނީ. ؟

  32. ޜިޒާ

    ޢެމީހުން ވަޢުދުކުރަނީ ފުއްދަން ނިޔަތް ގަނެގެންނޫނެވެ. ޥެރިކަމށްޓަކައި ނިފާްުވުމީ ދިވެހި ޑިމޮކްރަސީގެ ލާޒިމު ސިފައަކަށްވާތީއެވެ.
    ޜަގަޅު ލިޔުނކޮޅެކވެ. ޭޭޭޭ އޭގަ ބަޔާންވި މިހާރުގެ ސަރުކާރުގެ ޚިޔާނާތްތަކަކީ ތާރީޚް މީގެކުރިން ދެކެފަނުވާނެފަދަ ހިތާމަ އާ ހިތިކަން ދިވެހިންނަށް ގެނެސްދޭނޭކަންކަމެވެ.
    ޙިތާމަކީ އިންސާފޭގޮވަމުން އައި މީހުންނަކީ ތަކުރާރުކޮށް ބަހާ ކުރާކަންތައް ދިމާނުވާބައެ ކަން އެނގިފައި ވާއިރުވެސ ގިނަދިވެހިން ހޭވެރިކަން ނުވާތީއެވެ.