ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް އަކީ އެއް ދުވަސްވަރެއްގައި އެމްޑީޕީގެ އެންމެ ބޮޑު ސިޔާސީ ދުޝްމަނެވެ. ނަމަވެސް އެމްޑީޕީ އާއި އެކު ފަހަކަށް އައިސް ބޭއްވި ގުޅުންތަކުގެ ސަބަބުން ވަނީ މިނިސްޓަރުކަން ލިބިވަޑައިގެންފައެވެ. އެއާއިއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖާގަ ލިބި، އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި މަހްލޫފް ރޭ ވަނީ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފައެވެ.

ފުރަތަމަ ފަހަރަށް ރީންދޫ ޓައީއެއް އަޅުވައިގެން ހުންނެވި މަހްލޫފް ރޭ ވާހަކަފުޅު ފައްޓަވަމުން ވެސް ވިދާޅުވީ ފުރަތަމަ ފަހަރަށް ރީންދޫ ޓައީއެއް އަޅައިގެން އެމްޑީޕީގެ ބައްދަލުވުމެއްގައި ބައިވެރިވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ނަމަވެސް އެއާއި އެކު ދެން ވިދާޅުވީ ބިރުވެރިކަމެއް ވެސް ހިތްޕުޅުގައި އެބައޮތް ކަމަށެވެ. "ހަމައެއާއި އެކު މިރޭ މިތަނުގައި ވާހަކަދައްކަން ތެދުވާއިރު ވަރަށް އުނދަގޫ. ބިރުގަނޭ އެބަ. (ހިތައް އަރާ) ބުނެވޭ އެއްޗަކުން ދެން ވާނީ ކިހިނެއް ބާއޭ" މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕީ އަށް ވެރިކަން ހޯދައިދިން ޕާޓީތަކާއިއެކު ވެފައި އޮތް އެއްބަސްވުމާއި ހިލާފަށް މަޖިލީހުގެ 87 ދާއިރާ އަށް އެމްޑީޕީ އިން ކުރިމަތިލުމާއި މެދު ވާހަކަަދައްކަވަން ލިބުނު ފުރުސަތުގައި މިނިސްޓަރ މަހްލޫފް ރޭ ވިދާޅުވީ އޭނާ އަށް ފެންނަ ގޮތުގައި މައްސަލައަކީ ކޯލިޝަން ކަމަށާއި ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ވާނެ ގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރަން ފެންނަ ކަމަށެވެ. އެގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރަން މެންބަރުންނަށް ގޮވާލާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑު ޤުރުބާނީއެއް ވެގެން ޔާމީންގެ ކިބައިން ސަލާމަތްވީ. އަޅުގަނޑަކަށް ހިޔެއް ނުވޭ ރައްޔިތުން އަލުން މަގުމަތީގައި ތިބެން އެދޭނެ ހެންނެއް. އަޅުގަނޑު އެދެނީ އަދިވެސް ކޯލިޝަން ދަމަހައްޓަން ވާހަކަ ދައްކައިގެން މިކަމުގައި ހައްލެއް ނެރުން. އެެހެން ނޫންނަމަ ހުރިހާ ޕާޓީތަކާއި ވާހަކަދައްކައިގެން 87 ދާއިރާ އަށް ހުރިހާ ޕާޓީތަކަކުން ކުރިމަތިލެވޭނެ ގޮތެއް ހޯދުން" މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި އެޕާޓީއަށް ނިސްބަތްވާ ތިން ވަޒީރުން ކަމަށްވާ މަހްލޫފް އާއި ފައްޔާޒް އިސްމާއިލް އަދި އަބްދުﷲ ޝާހިދު ވާހަކަދެއްކެވީ ކޯލިޝަން ދަމަހައްޓަންށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފު

    ތީ ގުއިރޯނުދަމާ ޕާޓީ

  2. ކާކު

    ބިރުގަންނާނެތާ. ބުނެވޭ އެއްޗަކުން މަޚުލޫފުގެ އަބުރު ކަތިލަމުންދާނެ މީޑިޔާގައި. މަޚުލޫފާއި އީވާގެ ގުޅުންތައް ފަޅާ އަރުވާލާނެ. ދެން އަނެއްކާ އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހަކީވެސް ރައީސަކީވެސް ލީޑަރަކީވެސް ރޫހާނީ ލީޑަރަކީވެސް ޕާޓީއަކީވެސް އެމްޑީޕީ އަކީވެސް އަންނި އެކަނި. އަންނި އާއި ދެކޮޅަށް އެއްޗެއް ބުނެފިނަމަ އެމީހެއްގެ ދުވަސްދާނެ. ބަލާ އިބްރާ، މުނައްވަރު، ޑރ.ޑީޑީ، އަލްހާން ފަދަ މީހުންނަށް ހަދައިލިގޮތް. މި އެންމެނަކީވެސް އެމްޑީޕީގެ އިސްސަފުގައި އުޅުނުމީހުން. ގައުމަށް ފައިދާއަށް ޑިމޮކްރެޓިކް ހަމަތަކަށް ގޮވައިލުމުން އަންނިގެ ވިސްނުމާއި ޚިލާފުވީމަ ބޭރުކޮށްލާފައި. އެހެންވީމަ މަޚުލޫފަށްވެސް އަންނިގެ ވިސްނުމާއި ޚިލާފަށް ވާހަކައެއް ދެއްކިދާނެކަމަށް ބިރުގަންނަންޖެހޭނެ. މާދަމާވެސް ސައްޕެއްޖަހާފައި ބޭރުކޮށްލާނެ. އެއީ ޑިމޮކްރަސީއަކީ.

  3. ހުސޭނުބޭ

    ބައިތުލްމާލު އަތަށް ނާރާތީވެ ބިރުން އެހުރީ! އޭރުން ބޭނުން ވަރަކަށް ބޭނުން ވަގުތަކު އަމިއްލައަށް ރިލޯޑްކޮށްލެވޭނެ!

  4. ރީދޫ ޓައި

    ރިދޫ ޓައިގެ ބޭނުމަކީ މަޖްލިސް އަތުލައި ކޯޅޭޝަން ރޫޅަލުން. އިންޑިއާ އަށް މިތަން ހިބަކޮށްދީ، 100% މުސްލިމުންގެ ގޮތުގައި އޮތް މި ރާއްޖެ ގައި ނަސާރާއިންނާ ހިްނދޫންނަށް ފުރްސަތު ހޯދައިދީ 100% ކަން ގެއްުވާލުން. އޭރުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި މިރާއްޖޭގައި ރައްޔިތުންގެ ގޮތުގައި ނަސާރާއިންނާ ހިންދޫން ތިބޭނެ. އެއީ ޝައްކެތް އޮތްކަމެއްޏޫން. އަނެއްކާ "ދިވެހި" ރާއްޖެ ކިޔާ ތަނެއް އޭރުން ނޯންނާނެ. އޮންނާނީ އިންޑީއާ ރާއްޖެ!
    އެަކމަކު ކަލޯ މަހުލޫފާ އެހެން ވިޔަކަ ނުދޭނަން އިގޭ! އެބަތިބީމޭ ފާރަލައިގެން ޖަހާ ސަކަރާތް ބަލަން.

  5. ޒާ

    ހުރިހާ ދާއިރާޔަކުން ވެސް ނުކުންނަން ޖެހޭނެ.40 ދާއިރާޔަކުން އމޑޕ އަކަށް ކުރި އެރުމެއް ނުލިބޭނެ.ވާނި ގޮތެއް ނޭގޭނެ.ޖުމްހުރީޕާޓީން އުޅެދާނެ އެހެން ހުރިހާ ޕާޓީ ތަކާ ގުޅިގެން ރައިސްގެ އިތުބާރު ނެއްކަމަށް ވޯޓެއް ނަގަން ވެސް. ޕީޕީ ޔާމިން ފެކްޝަނުއް އެތިބެނީ އެކަހަލަ ވަގުތަކަށް ބަލަ ބަލާ.ކޯލީޝަން ބައިބައި ކޮށްލެވޭތޯ.

  6. އެދުރުބެ

    މަހްލޫފް ދެންހުރޭ ބަލަން މިވަރަުން ދަންޔާ ރައްޔިތުމީހާ ތިސޮރު ދެކެ ފޫހިވާނެ

  7. ފިކުރު

    މަޙުލޫފް ބިރުގަންނާނެއްނު މިނިސްޓްރުކަން ދުވަސްކޮޅަކަށް ދީފަހުރީމަ މަޙުލޫފަކީ ނުލާހިކު ފޮނި މީހެއްވިއްޔަ ޔާމީނު ކައިރިން ގުއިވީ އިންޖީނެއް ގަންނަން ލާރި ނުދީގެން ޔާމީނު ކައިރިން ދުރަންދިޔައީ މިވަރުގެ މީހުން އަނިޔާއޭ ކިޔައިގެން މިއުޅޭނީ އެމް.ޑީ. ޕީއަކީވެސް ރައްޔިތުންނަށް ފައިދާ ކުރާކަން ވެރިކަމުގައި އަރާތިބި ބައެއްނޫ ޕާތީމީހުން ޖީބުބޮޑުކުރަން ވެރިކަމުއަރާ ތިބިބައެއް ލާދީނީ ފިކުރުގަ ވެރިކަން ކުރަމުން ގެންދަނީ!!!!!!!!!!

  8. އެދުރުބެ

    ކޮންއިރަކު ވީކަމެއްތީ! މަހްލޫފު ބުންޔަސަް ތީވަނެކަމެއްނޫން! ކޯލިޝަނުން ވެރިކަމަށްހޮވުނީމާ! ކޯލިޝަން ފެއިލްވާނެ! މަމިހުރީ ބަލަން މަހެއްވަރުވެސް ވިއްޔާ ކަލާކޯ

  9. Anonymous

    ބިރުގަންނަންޏާ އިސްތިއުފާދީފަ ރީލޯޑު ކޮއްގެން މަގުމަތީގަ ދުވަންހުރޭ. ކަލެއައް ރަގަޅުވާނީ ވަކަރުގޭކުދިން އުޅޭގޮތައް އުޅުން

  10. އެދުރުބެ

    ޔޫތު މިނިސްޓަރަކަށް އެރީ ރައްޔިތުންނަށް ހެޔޮ ހިތުންތަ

  11. އަނާރާ

    ކިހާވަރަކުންދާނެބާއޭ ހިތައްއަރާ...

  12. ހެރަ

    އައްނިގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ދަމާ ކޫއްތާފައި ގެން ގޮސް ޕާޓީ އޮފީހަށް ވައްދާފައި ވަގުތުން އިސްތިއުފާދޭން ގޮވީވެސް އެބައި މީހުންނެވެ. މަހްލޫފަށް ތިކުރެވުނީ ރަނގަޅު އިހްސާސެއް.

  13. ކެޔޮޅު

    ކޯޅޭސަން ދަމަހައްޱާކައް އައްނި ބޭނުމެއް ނުވާނެ މަކުނު ބޯކިބާ ބަހަމުން ގޮސްހުސްވީނޫން މިހާރު ތިބޭނީ ބިސް ކެވިފަ ހަތަރު މީހެއްގެ މަސްލަހަތައްޱަކައި މުލިޤައުމު ޤުރުބާންކުރި މީހުނައް ހަލާކުހުރި!!!!

  14. ބިރު

    ތީ ބިރުކުޑަ އަލީ!

  15. މުޙައްމަދު

    މަހުލޫފު ބުނާގޮތައް ގާނޫނު އިސްލާހު ކޮށްފިއްޔާ ހޮވާނީ ތަރައްޤީގެ ބާނީ ރައިސް ޔާމީން

  16. އަޑަފި

    ދޮންކަލޯ ތިއޮތީ ގުއިރޯނުގަ ޖެހިފަ، ދެން ހުރޭ، އަމިއްލައަށް ވަސް ބަލަ ބަލާ، ހަމަ ހިނި ގެޅެނީ، ދޮންކަލޯ ތީ މި ޤައުމުގެ ހަލާކަށް ދުވަމުންދާ ބޮޑުބާޤީ އެއް،

  17. މިގޭ

    މިހާރު ކަލޭ ބިރުގަންނާނެ. ވަކަރުގޭ ސޮރު އުޅުނުގޮތް އަހަރުމެން ތިބީ ބަލަން . ހަޔާތެއްނެތިގެން އުޅުނީ ކޮންގޮތަކަށް. ވަކަރުގޭކުދިން ދެނެއް އަހަރުމެނެއް ބަލައެއް ނުގަންނާނަން. ވަރަށް ސަލާމް......

  18. ދަރީ

    ވެރިކަން ލިބުނީ އެމްޑީޕީ އަށް

  19. އިޚްލާސް

    މަޙްލޫފުގެ ވާހަކައިންވެސް، އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓުންގެ ހުންނަ ގޮތްކުޑަކަމާއި ހަޔާތްކުޑަކަން ހަމަވެގެންދެއެވެ. އެމްޑީޕީގައިހުރެ ޕާޓީގެ އިސްލީޑަރުގެ ވިސްނުމާ އެއްގޮތަށް ނޫންގޮތަކަށް ވާހަކަ ދައްކައިފިނަމަ، އެމީހެއްގެ މުޅި ޒިންދަގީ ދުއްވާލާނެކަން މަޙްލޫފުއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. މަޙްލޫފުއަކީ ވަރަށް ކެރިގެން އުޅޭމީހަކަށްވިއަސް، އެމްޑީޕީގައި ހުރެގެން ކޮންމެކޮންމެ ވާހަކައެއް ނުދެއްކޭނެކަންވެސް މަޙްލޫފަށް އެނގޭނެއެވެ. އެހެންކަމުން މިހާރު ތިޔަ ހުންނެވީ ފާޑަކަށް ކަސްތޮޅު އެޅިފައެވެ.

  20. ބޮލި މުލައް

    ބަލަ ވަޒީރުކަމުގަ ޓައީ ނާޅަންބުނި މީހާ މިހެދީ ކިހިނެތް

  21. ހަސަނު

    ތީ މަހުލޫފު ޤައުމަށް ހެޔޮއެދިގެން ޤައުމަށްޓަކާ ކުރެއްވިކަމެއްނޫން. އަމިއްލައެދުމަށް ކުރެއްވިކަމެއް. ތިޔަކަހަލަކަންތައް ގިނަފަހަރަށް ނިމިފައި ހުންނަނީ ވަރަށް ހިތިކޮށް.

  22. ދެބުރާންތި

    އަމިއްލަ އެދުމުން ފުރިފާވާ ބައެއް، އެއްބަސްވުމާއެއްގޮތަށް ކަންތައް ނުކުރެވެންޏާ އެއްބަސް ވުމަކަށް ނުދިޔާމަ ނިމުނީނު. ހުރިހާ މޮޅެއް ހޯދަން ވެގެން އުޅޭނީ، ޔަހޫދީންގެ ވިސްނުން ގެންގުޅޭނީ ހުރިހާ ކަމެއްގަވެސް އޮޅުވާލުން.

  23. ނިންނި

    މީނަ އުޅޭނީ އަބަދުވެސް މީހުންގެ ސަމާލުކަން ހޯދަން....

  24. ސަމާ.

    އެމްޑީޕީ އަކީ މުނާފިޤު ޕާޓީއެއް. އޭރުވެސް އެނގޭ އެމްޑީޕީ ބޭނުމަކީ ހުރިހާމީހުން ހައްލާލައިގެން ވެރިކަން އަތުލުންކަމަށް.އެމީހުންގެ ސިކުނޑީގައި އޮތްހާވެސް ކަމަކީ އެތަންކޮޅު .މިހާރު މަގު ކޮށަމުން އެދަނީ ވެރިކަމާދިމާލަށް. އަދި ތި ކޯލިޝަންގެ ބައިވެރީންނަށް ބޮނޑި ލިބޭނެ.އެމީހަކު ފޭހުނު އިލޮއްޓެއް ހެރޭނީ އެމީހެއްގެ ލޮލަށް.

  25. ވަހިއްޓޭ

    ވެރިކަމަށް އައިތާ ހަފްތާއެއް ނުވޭ ލާދީނީ ވާހަކަ ދައްކަން ފެށީއޭ މަރުގެ އަދަބު ތަނފީޒެއް ނުކުރާނަމޭ ކިޔާގެން.އިބޫ ވެއްޖެ އެންނު މި ލާދީނީ ފިކުރުގެ މީހުން ސައިޒު ކުރަން