ރާއްޖޭގައި ފުޅާދާއިރާއެއްގައި ގޭތެރެއަށް ބޭނުންވާ ސަމާނާއި، އޮފީސްތަަކަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ އެސްޓާސްއިން އަހަރު ނިންމުމުގެ ގޮތުން ބާއްވާ ހާއްސަ ސޭލް ފަށައިފިއެވެ.
އެސްޓާސް އިން ބުނީ، މި ސޭލްގައި ވަރަށް ގިނަ އެއްޗެހި ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މި ސޭލްގައި ފަރުނީޗަރުތަކާއި، ޓީވީ, ފްރިޖް، އަދި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނުތައް ވަނީ އަގުހެޔޮކޮށްފައެެވެ. މީގެ ތެރެއިން ބައެއް ސާމާނުތަކުން 50 ޕަސެންޓާއި ހަަމައަށް ޑިސްކައުންޓް ލިބޭކަންވެސް އެސްޓާސްއިން ފާހަގަ ކޮށްފައިވެއެވެ. އަދި ސްޓޮކް ހުސްވަންދެން މި ތަކެތި ގަނެވޭނެކަމަށްވެސް އެސްޓާސް އިން ބުންޏެވެ.
އެސްޓާސްގެ މި ސޭލްއަކީ ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ސޭލްއެކެވެ. އަދި ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ސޭލްއެއްކަންވެސް ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ ސޭލްއިން ތެކެތި ގަތުމަށް މިހާރު ވަރަށް ފަސޭހައެވެ. އެސްޓާސް އޮންލައިން ޝޮޕް މެދިވެރިކޮށް މި ތަކެތި ގަނެވޭނެއެވެ. އަދި ބޭނުންނަމަ އަގު ބަލާލުމަށްފަހު ފިހާރައަށް ގޮސްވެސް ގަނެލެވޭނެއެވެ.
އެސްޓާސް އިން މާލޭގެ އިތުުރުން ހުޅުމާލޭގައިވެސް މިހާރު ފިހާރައެއް ހިންގަމުން ދެއެވެ.
އެޓްޓާ !! އޯޔޭ!!!!!
އެބޭބެ މަތިން ވަރަށް ބޮޑައް މިސް ވޭ. ޙީ ވޯޒް އަ ލެޖެންޑް . ޑޯންޓް ޔޫ ގައިޒް އެގްރީ؟
ޔެސް އައި އެގްރީ..އެ ބޭބެ މަތިން ވަރަށް ހަނދޭން ވޭ!
މަރުޙޫމު ބަނޑޭރިދޯ.....!!! އޭނާގެ މަރުދުވަހަށް ދާންދެންވެސް އެތަނުން އޭނާއަށް މަހު މުސާރަދިން.