އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެންބަރުން މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޟިރު ކޮށްފައެވެ. މާލިއްޔަތު ކޮމިޓީ އަށް ހާޟިރުކުރުމަށްފަހު ކޮމިޓީގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އޭސީސީގެ މެންބަރުންނަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.

އެގޮތުން، އޭސީސީ އަށް ކޮރަޕްޝަން ނުހުއްޓުވެނީ ކީއްވެގެންތޯ މެންބަރުން ސުވާލު އުފައްދަވާފައިވެއެވެ. ހަމައެހެންމެ، ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް އޭސީސީ އަށް ލިބިދީފައިވާ ޤާނޫނީ ބާރު އެންމެ ފުރިހަމައަށް ބޭނުން ނުކުރަނީ ކީއްވެތޯވެސް ސުވާލު އުފައްދަވާފައިވެއެވެ.

އެހެންނަމަވެސް، އޭސީސީގެ މެންބަރުންވެސް ރައްދުގައި ކޮމިޓީއަށް ކުރިމަތިކުރުވީ ވަރުގަދަ ސުވާލުތަކަކާއި ހޫނު ރައްދުތަކެކެވެ. އެގޮތުން އޭސީސީ އިން ކޮމިޓީ އަށް ފުރަތަމަ ކުރުވި ސުވާލަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް އެތައް ފަހަރަކު މަޖިލީހަށް ފޮނުވާފައިވާކަމާއި އެކަމަށް މަޖިލީހަށް އަޅައިދެވިފައިވަނީ ކޮން ފިޔަވަޅެއްތޯއެވެ.

ހަމައެހެންމެ، ކޮންމެ އަހަރަކުވެސް މި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާކަމަށާއި އެހެންނަމަވެސް، ކޮންމެ އަހަރެއްގެ މަޖިލީހުގެ ދައުރު ނިމިގެންދާއިރުވެސް މިކަމަށް އެއްވެސް ފިޔަވަޅެއް ނޭޅޭކަމަށް ވިދާޅުވެ، ކޮމިޝަންގެ ރައީސް އިތުރު ސުވާލެއް އުފައްދަވާފައިވެއެވެ.

މީގެއިތުރުން، އެސެޓް ރިކަވަރީއަށް ގެންނަން ޖެހޭ މުޙިއްމު އިސްލާހުތައްވެސް މަޖިލީހަށް ފޮނުވާފައި ހުންނާނޭކަމަށާއި އެހެންނަމަވެސް އެކަންކަމަށްވެސް އެދެވޭ މަސައްކަތްތަކެއް މަޖިލީހުން ނުކުރާކަމަށް ވިދާޅުވެ އޭސީސީ އިން ވަނީ މާލިއްޔަތު ކޮމިޓީއަށް ރައްދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯދީ

    ތީ އެއް ބައެއް. ޙިއްސާދާރުން. ރައްޔިތުންގެ ލޮލުގަ އަޅުވާ އަނދުން. އެންމެން ގުޅިގެން ވައްކަން.

  2. Anonymous

    ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނުބާއްވާ މުސާރަނަގައިގެން ގޭގަތިބޭ!!
    އެހެންމީހުން ޖަހާ ފޮޑީގެވަސް ދުވާތީއެވާހަކަ ނަގަނަގާގެން ދެއްކުން އެއީތިޔަމަޖްލީހުްގެއް ފުރަތަމަ ބޭނުން. އަނެއްބޭނުމަކީ ރިޝްވަތުކެއުމާ ރިޝްވަތުދިނުން. ތީބޮޑުވަބާއެއް . ރައްޔިތުންގެމަޖިލީސް ނަމުގަ ތީރައްޔިތުންގެފައިސާ ކާމަޖިލީހެއް.

  3. ރަޝީދު އ

    ލުތުފީ އަމިއްލަ ނަފްސާއި މެދު ވިސްނާލައްވާ، ކޮރޮޕްޝަންގެ ބޮޑުންނާއި ރޭގަނޑު ދަންވަރު ބައްދަލު ކުރައްވަނީ ހަމަ އޮފީހުގެ ނަޒާހާތް ތެރިކަން ކުރިއަރުވަން ތޯ؟

    ތިމާޔަށް ފްލެޓް ނުލިބުނީމަ، އޭރުގެ ވެށިފަހީގެ އޮޑިޓްކޮށް ބަލަން ވަރަށް ވަރުދެއްކި.. ނަމަވެސް ތިމާޔަށް ނަހަމަ ގޮތުގައި (އަސްލު ކޮސްޓަށް ވުރެންވެސް) ކުޑަ އަގެއްގައި ޔާމީނުގެ ސަރުކާރުން ފްލެޓް ދިނީމަ އެވީ ހަމަ ރަގަޅު ކަމަކަށް

    އޭގެ ފަހުން ސަރުކާރުން ކުރި އެއްވެސް ކަމަކީ ގޯސް ކަމަކަށް ނުވި، އަދި މައްސަލަ އެއް ހުށަހެޅިޔަސް ބެލޭ ކަމަކަށް ވެސް ނުވި..

    މިހާރަށް ބަލާ ނަމަ ޓެކްސް ޕޭޔަރުންގެ ފައިސާއިން މުސާރަ ނަގައިގެން ހުރެ.. އެ ޓެކްސް ޕޭކުރާ އާންމުން ހުށެހެޅި (ސީލައިފްގެ) މައްސަލަ ވެސް ބެލޭކަމަކަށް ނުވި.. ސަބަބަކީ ޔާމީންގެ ނުފެންނަ ހިއްސާ ވާ ކުންފުންޏަކަށް އެކުންފުނިވެސް ވާތީ

    ދެންވެސް މިކިޔަނީ ނަޒާހަތޭ.. ކޮރޮޕްޝަން ނައްތާލާށޭ..

    މިޤައުމުގެ އެކަކުވެސް ތިބޭފުޅާޔަށް އިތުބާރެއް ނުކުރޭ..އަމިއްލަ އާއިލާއިންވެސް އިތުބާރު ނުކުރޭ..

  4. މަހުމޫދު

    ތިދެބައިޑުވެސް އުޅެނީ ގުޅިގެން ފައިދާނަގަން! އެއްބަޔަކު ފުލެޓް ހޯދާއިރު އަނެއްބަޔަކު ކޮންމެވެސް އެހެންކަކުން ފައިނަގަނީ ހުސްއަތާ ތިބެނީ ރައްޔިތުން!

  5. Anonymous

    ނާގާބިލު މީހުން މަގާމުތަކަށް އައްޔަކޮށްގެން މުޅި ގަމުމު ބޮޑިބަތްގަޑެންހެން ހިލާިހިލާ ތިބޭ. މެމްބަރުންވެސް މުސާރަ ނަގައިގެން ފުޅި އަގަމައްޗަށް ޖަހައިގެން އަބަދުވެސް ކަލޭ ކަލޭ ގޮވަންތިބީމަ ހުންނާނީ ތަރައްޤީ އެންމެ އުހުގަ.