ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރުމަށް އަމްޖަދު ވަހީދާއި އެ ކޮމިޝަނުގެ މިހާރުގެ ނައިބް ރައީސް މުހައްމަދު އަސްލަމު ހިމެނޭ ގޮތަށް ފަސް ނަމެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުއްވައިފިއެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް އަސްލަމް އަދި އަމްޖަދުގެ އިތުރުން ދެން ފޮނުވާފައި ވަނީ ހ.ޕްރިޓީވިލާ، މުހައްމަދު ޝަމީމްއާއި ނ.މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުއާއި، ރ.އިނގުރައިދޫ، ކީސްވިލާ، މުހައްމަދު ސައުޒަމްގެ ނަމެވެ.

މިއަދުގެ މަޖިލީހުގައި އެންނަތަށް އިއްވުމަށް ފަހު ނަންތައް ދިރާސާ ކުރުމަށް ވަނީ ކޮމެޓީ އަށް ފޮނުއްވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސް ނަންތަށް ފޮނުވާފައިވާއިރު ލިސްޓުގެ އެންމެ ކުރީގައި ހިމަނާފައި އަމްޖަދު އަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނަންތަކެއް ފޮނުއްވާފައި މިވަނީ ބްރޮޑްކޮމްގެ ނައިބް ރައީސް ކަމުގައި މިހާރު ހުންނެވި އަސްލަމުގެ ދައުރު ހަމަވާތީއެވެ.

އަސްލަމް ބްރޮޑްކޮމްގެ މެންބަރު ކަމަށް  އައްޔަނުކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު