ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހަމަހަމަކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައެވެ.

މިނިސްޓަރ ވިދާޅުވީ، އެ ފަރާތްތަކަކީ މުޖުތަމަޢު ތެރޭގައި ހަވާސާވެފައިވާ ބައެއްކަމަށާއި، އެފަރާތްތަކަށް އިޙްސާސްކުރެވޭނެ ޖާގަ މިހާރަށްވުރެ ކުޑަކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ކަމަށެވެ.

އަދި އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގައި ޝާމިލްވެ އުޅޭ ބަޔަކަށް ހެދުމަށް އެފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލުއަޅުވާލާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެފަރާތެއްގެ ކިބައިގައި ހުރި ހުނަރާއި ޤާބިލްކަމަށް ބަލައި އެކަށޭނެ ވަޒީފާތައް ދިނުމަށް ޙާއްޞަ ސަމާލުކަމެއްދީ އެފަރާތްތަކަށް ރައްކާތެރި އަދި އިޙްތިރާމް ލިބިގެންވާ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް ބޭނުންވާކަމަށާއި، ޤައުމުގެ އިޤުތިޞާދީ ނާރެހުގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތައް ޝާމިލްކުރުމުގެ ގޮތުން މަސައްކަތްތެރިކަމުގެ ބާޒާރުގައި ހުރި ތަފާތު ކުރުންތައް ނައްތާލުމަށް އެންމެހާ ފަރާތްތަކުން ބާރުއަޅާ މަސައްކަތްކުރަން ޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މި އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހަށް އދ އިން ކަނޑައަޅުއްވާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، ބައިވެރިވުން އިތުރުކުރުމާއި އަދި ހަމަހަމަކަން ކަށަވަރުކުރުން" މި ޝިޢާރުގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ތެރޭގައި އެހެންމީހުންނެކޭ އެއްހަމައެއްގައިވާ ފަރާތްތަކެއްކަމުގައި ބަލައިގަތުންކަމުގައިވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މިސަރުކާރުން ކުރުމަށް ރާވާފައިވެއެވެ. އަދި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކޮށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުންނާއި އިދާރާތަކުން މިހާރުވެސް ކުރައްވަމުންދާ މުހިއްމު މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށްވެސް އެކަމަނާ ވަނީ ޝުކުރު ދަންނަވާފައެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    ނުކުޅުދުން ތެރިކަން ހުންނަ ކުދިންނަށް ދެމުންދާ (2000ރ ބޮޑު ކޮށް ދެއްވުމަކީ އެފަރާއް ތަކަކުން އެދެމުންދާ ކަމެއްކަން ހަދާން ކޮށް ދެމެވެ

  2. ސީދައިތަ

    ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހަމަހަމަކަން ކަށަވަރު ކުރުމަކީ މުހިންމުކަމެއް ކަމުގައިވަންޏާ....
    މިއުޅޭ ޖެންޑަރ މިިނިސްޓަރު އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު، އެދަރިފުޅުގެ ޓެކްސީ ދުއްވާ ބައްޕަގެ ބޮލަށް ޖަހާފައި ސިޔާސީ ވެގެން އުޅޭއުޅުން ބަލާދެއްވާ ފިޔަވަޅު އަޅަންވީނު...

  3. އަލީ

    އިބުތިހާލުގެ މަރުގެ ހަދާން އިބަހުރިތޯ މިކަހަލަ މުޖިރިމުންނަށް މިނިސްޓަރކަން ދީފައި! މިއީ މުޖުރިމުންގެ ސަރުކާރެއް! އިބޫއަކީވެސް އެއްވެސް ސަބަބެއްނެތި ރައްޔިތުންގެ މަޖިހަށް ފުޅައްމަތިން ފުންމާލި މީހެއް!