ރިޔާސީ ގަނޑުވަރު މުލީއާގޭގައި މަސައްކަތް ކުރަމުން އައި 25 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށް، އެވަޒީފާތަކަށް އެމްޑީޕީ މެންބަރުންނާއި، އެމްޑީޕީގެ ސީނިއާ ބޭފުޅުންނާއި ގާތް ގުޅުމެއް ބާއްވަމުން އައި ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދީފިއެވެ.

މުލީއާގެ ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި ވެއިންޓަރުންނާއި ކައްކާއިންނާއި ބަނޑޭރިންނާއި އަދި މެނޭޖަރުން ފަދަ ސީނިއާ ވަޒީފާތައް އަދާކުރަމުން ގެންދިޔަ ބޭފުޅުން ވެސް ހިމެނެއެވެ. ނަމަވެސް އެއްވެސް މުވައްޒަފަކީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާ އުސޫލުން އައްޔަން ކޮށްފައިވާ މުވައްޒަފުންނެއް ނޫނެވެ.

މުލީއާގޭ ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ ތެރެއިން މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެމީހުން ވަޒީފާ އިން ވަކިކުރި ސަބަބު އަންގާފައި ނެތް ކަމަށެވެ.

"ނޮވެމްބަރ 26 ވަނަ ދުވަހު އެންގީ ކާޑު ހަވާލު ކޮށްލަން. ވަޒީފާ އިން ވަކިކުރި ސަބަބެއް ނާންގާ." މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ ކުރިން ފެށިގެން ވެސް އެމްޑީޕީ މެންބަރުންނަށް ވަޒީފާ ދޭން ފަށާފައިވާ ކަމަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.

"އަޅުގަނޑުމެން ވަޒީފާ އިން ވަކިކުރުމުގެ ކުރިން ވެސް އަށެއްކަ މީހުންނަށް ވަޒީފާ ދިން. އަދި މިހާރު އިތުރު މީހުންނަށް ވަޒީފާ ދީފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައި." އޭނާ ބުންޏެވެ.

މުލީއާގެ އިން ވަކިކުރި އިތުރު މުވައްޒަފަކު ބުނީ އެމީހުން ވަޒީފާ އިން ވަކިކުރީ އެމްޑީޕީ މެންބަރުންނަށް ނުވުމުން ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި މުލީއާގޭގައި ތިބި އެމްޑީޕީ އަށް ފާޅުގައި މަސައްކަތް ކުރަމުން ދިޔަ މީހުން. ރައީސް ސޯލިހްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަފްރާޒް ވެސް މުލީއާގޭގެ ވަޒީފާގައި ހުންނެވީ. ރައީސް ޔާމީނާއި މެޑަމް ފާތުން އަށް ވެސް މިކަންކަން އެނގިވަޑައިގަންނަވާނެ. ނަމަވެސް އެއިން ބޭފުޅަކު ވަޒީފާ އިން ވަކިކޮށްފައެއް ނުވޭ. މިހާރުގެ ސަރުކާރަށް އެބޭފުޅުންގެ އެކްޓިވިސްޓުންނޫން މީހުން ވަޒީފާ އިން ވަކިނުކޮށް މަސްދުވަހު ވެސް ކެތްކޮށް ނުލެވުނު." ވަޒީފާ އިން ވަކިކުރި މުވައްޒަފަކު ބުންޏެވެ.

މުލީއާގެ އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރި މައްސަލައިގައި ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު އަށް އިއްޔެ "ވަގުތު" އިން ގުޅުމުން ވިދާޅުވީ ޗެކް ކޮށްލެއްވުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާއި ގުޅޭ މައުލޫމާތު އޭނާ ހިއްސާ ކުރައްވާފައެއް ނުވެއެވެ.

މުލީއާގެ އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައި ވާއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ސިޔާސީ މަޤުޞަދެއްގައި ވަޒީފާ އިން ވަކިނުކުރާނެ ކަމަށް ތަކުރާރުކޮށް ވައުދުވެ ވަޑައިގެންނެވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

79 ކޮމެންޓް

  1. މުހައިމިން

    ހެޔޮ ވެރިކަން ފެށިފަ ތިއޮތީ. ރައީސް ވިދާޅުވިއެއް ނޫންތޯ އެއްވެސް ބޭފުޅެއްގެ ވަޒީފާގެ ބިރުވެރިކަމެއް ނީއްނާނެއޭ

    • ޖޭމްސް

      ރައީސް ދިރިއުޅުއްވާ ގެކޮޅުގައި ތިއްބަވަންވާނީ ރައީސަށް އިތުބާރު ކުރެވޭމީހުން.
      މިއީ އާދައިގެ ސަރުކާރުގެ އޮފީހެއްނޫން.

      • އަންނި

        އެމް.ޑީ.ޕީ މީހެއްކަން އެގިވަޑައިގެން ހުންނަވައި ވެސް ރައީސް ޔާމީންގެ ވެރިކަމުގައި މުލިއާގޭ މުވައްޒަފެއްގެ ގޮތުގައި، އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަފްރާޒް ބެހެއްޓެވިދޯ

        • މުޙައްމަދު

          ޝަފްރާޒް އެވަޒީފާގައި ބެހެއްޓީ ރައީސް ޔާމީންގެ އިތުބާރު އޮތުމުން. ރައީސްގެ ގެކޮޅުގައި ތިބެންޖެހޭނީ ރައީސް އަށް އިތުބާރު ކުރެއްވޭ ވަފާތެރިން. މުލީއާގެ އަކީ ޗޮކްލެޓާއި ކަދުރު ބަންދުކުރާ ފެކްޓަރީ އެއްނޫން.

      • ޚާލޫ

        މުލިއާގޭގައި މަސައްކަތް ކުރާމީހު ގިނަ މީހުންނަކީ ވަރަށް ދުވަސްވީ ޕުރޮފެސަނަލް މީހުން. އެމީހުންނަށް އިތުބާރު ނުކޮށް ދެން ވަކި އިތަބާރު ކުރެވޭނެ ބަޔަކު ނާންނާނެ..

      • Anonymous

        އެހެންވެ މޑޕ ހަރުގޭގަ އުޅެންވީ އެއްނު. އާދައިގެ ނިކަމެތި ވެއިޓަރުންނާއި ބަނޑޭރިން ރައީސް ޔާމީން ކަނޑައެއް ނުލާ. އެއީ ކީއްވެބާ.

        • ޙުސެން

          ޣުންޑާމީން ވަޒީފާއިން ކެނޑި. މީހުންނާއި އެމީހުން ގެ ޢަދަދު އެނގޭމީހަކު ޕީޕީއެމްގައިނުހުންނާނެއެވެ. ސިވިލް ސާރވެނޓުން ވެސް ވަޏީ ކަނޑާލަަފައެވެ. މަގޭ ހުރިހާދަރިން ވަނީއެއްވެސް ކުށަކާނުލާކަނޑާލަަފައެވެ.

          • ހައްގުބަސް

            ހުސެންގެ ދަރިންނަކީ ހުސެން ތިހަދާލި މޮޅު ދޮގުތަ؟ ހުސެން ނޫނަސް އެމްޑީޕީއަކަށް ތާއިދު ނުކުރާނެ ދުލުން ދޮގެއް ނުހަދާ އެކަކުވެސް އެކަން އިނގޭނެ އުފަން ނުވާ ކުދިންނަށްވެސް

          • ޢައިން

            ކަލޭގެ ދަރިން ހުރޭތަ؟

    • ނޫސްކިޔާމީހާ

      އަދި ނޭގެ ކުންފުނިތަކަށް ވާނެގޮތެއް ވަރަށް ބިރުން މިހުންނަނީ ނަޝީދު ސަރުކާރުގަވެސް ކަނޑާލަން ނިންމާފަ އޮއްވާ ސަރުކާތު ބަދަލުވީ ހިތާމައިގެ ކޮޅެއްނެތް

    • ދދދދދދދ

      ރައީސްގެ ޕާސަނަލް ސެކެޓްރީ އަކަށް މިހާރު ތިހިރަ ފެންނަ އިންތިގާލީ ރައީސްގެ ކޮއްކޮއެއް ގެންގުޅެންވެސް ޔާމީނަށް ކެރުނު. ބުރުން ފިތް ކަނޑައިގެނަ ދާން ވެފަ ތިބޭ މީހުން ގައިމުގެ ވެރިކަން ހޯދަން ނުދުވާނީ. ތިމާގެ ހަތަރު ފާރުން ބޭރު މީހަކު ވައި އެޅޭ ހިސާބުން، ފެނުނަސް ބިރުން ސިހިސިހި. ވެރިކަން ވެއްޓެނީ ވެރިިކަން ވެއްޓެނީ ހިތަށް އަރާ ލޮލަށް ނިދިި ނައިސް. ބޮޑުވަރު.

    • ޙައްގުބަސް

      މިހާރު ދެން މާގިނަ އަނގަ ތަޅާނެކަމެއް ނެތް! މިއީ ގިނަ ދިވެހިން ބޭނުންވި ވެރިކަން!!

  2. ބިކަ

    ދެން ޖަހާ ދެއަތާ ދެފަޔާ ހެހެހެ

    • އާދަނު

      އަތް އެކަނިތަ؟ އިންސާފު ފެނިފައި މަ މިހާރު މި ނެގިނެގިފައި ޖެހެނީ!

  3. ކެކެ

    ހަޖަމް ކޮއްލާ ތީތިކަން ވާންވީގޮތް. ރ ޔާމީން ސަރުކާރުގަ ޕަރޓީ އަށް ނުވަދެގެން ނޫނީ ރ ޔާމީނަށް ތާއިދު ނުކޮށްގެން ވަޒީފާއިން ވަކިކުރި މީހުން މަދެއްނޫން. އަހަރުން ލޯކުރިމަތިން އެކަން ފެނިފަ މިތިބީ

    • މާރިޔާ

      ކަލޭ ނިކަން އެންމެ މީހެއްގެ ނަންވެސް ބުނެލަބަލަ، ނުބުނެވޭނެ، ނުވާކަމެއްގެ ވާހަކަ ނުބުނެވޭނެ

    • ވާނުވާ

      ރައީސް ޔާމިނު ކަމުނުދާތީ ވަޒީފާއިން މިޙުންވަކި ކުރާތީ އެއްނޫންތަ އިބޫ އަށް ވެރިކަން ދިނީ، އެކަން އެމަގުން ނުކުރާނެ ކަމައް ރައްޔިތުން ކުރިމަތީ ރޮއި ހޭރުނީމައެތްނު. ދެން މިހާރު ކޮންޔާމިނެކޭ ކިޔާކައްތަ؟؟؟؟

    • ..

      ބުހުތަާން. ޙަމަ ބުހުތާން. ޢެއްކޮށް އާޓިކަލް ކިޔަާބަލަ!!!!!

    • Anonymous

      ނޭނގޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ. މުލީއާގެއިން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރޭ ޕާޓީއަށް ވަންނާކަށް. ޕާޓީއަށް ނުވަދެގެން ކަނޑާ ވެސް ނުލާ. ސިޔާސީ މަގާމުތަކުގަ އިސް ފަންތީގަ ތިބި ދެތިން މީހަކު މިސާލަކަށް ޗީފް އޮފް ސްޓާފް ބަދަލުކުރީ. ނިކަމެތި އާދައިގެ މީހުން ވަކި ނުކުރޭ. މޑޕ ވެރިކަމުގަ ވައްދާފަ ހުރި އެކަކުވެސް ޓާގެޓް ކޮށްގެން ނޫޅޭ. ތީ މޑޕ ވެރިކަމުގަ އުޅުނު ގޮތް.ޕާޓީއަށް ސޮއި ވެސް ކުރަން މަޖުބޫރު. ފިތުނަ އުފައްދަން ދޮގު ހަދާނެ ކަމެއް ނެތް.

    • ކަމާލު

      އެހެން ވެގެންނޫންތޯ ރައީސް ޔާމީނަށް ނޫނެކޭބުނީ، ކަލޭ ހީކުރީ އޭނާ އެކުރިކަންތައް އިތުރުމީހަކުލައްވާ ކުރުވަންކަމައްތަ އޭނާއަށް ނޫނެކޭ ބުނީ

  4. އައްޑޫ މީހާ

    ތިޔަ ވައުދު ވެވުނީ އޮޅުމަކުން ކޮންމެވެސް މީހަކު ކަރުދާސްކޮޅުގަ ލިޔެފަ އެމަނިކުފާނު އަތްޕުޅަށް އެރުވީމަ އެހެން ބުނެވުނީ އެއީ ގަސްތުގަ ވީ ވައުދެއް ނޫން މިހާރުވެސް ބަލާ އެއްވެސް ވައުދެއްގަ ސޮއެއް ކޮށްފަ ނޯންނާނެ އެހެންވީމަ އެގޮތަށް ވައުދެއް ވެވިފަ އޮތަސް އެއާ ހިލާފް ވެވޭނެ އަދި ނޭގޭ ކިތަށް ވައުދު ކަމެއް ހިލާފް ވާން އޮތީ ތިބޭ ބަލަން

  5. މިއަދު

    "ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ރައީސް އޮފީހުން ފޯމެއް ތައާރަފް ކޮށްފިއެވެ"

    "ރިޔާސީ ގަނޑުވަރު މުލީއާގޭގައި މަސައްކަތް ކުރަމުން އައި 25 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށް، އެވަޒީފާތަކަށް އެމްޑީޕީ މެންބަރުންނާއި، އެމްޑީޕީގެ ސީނިއާ ބޭފުޅުންނާއި ގާތް ގުޅުމެއް ބާއްވަމުން އައި ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދީފިއެވެ."

    މިއީ ކީކެ ކިޔާބައެއް ދައްކާވަހަކަ އިން ހަމަ ބޯބުރާންތި

    • ފަހުމް

      ތިޔަ ފޯމެއް ތައާރަފް ކުރީ ޔާމީނުގެ ވެރި ކަމުގަ ވަޒީފާއިން ވަކިކުރި މީހުން އެކަނި ހުށަހެޅުމަށް މިސަރުކާރުން ވަކިކުރާ މީހުން ތިޔަ ފޯމް ހުށަހެޅިޔަސް ޢަމަލެއް ނުކުރާނެ ތިޕާތީގެ މީހުން ދައްކާ ވާހަކައާ ކުރާ ކަންތަކާ ދިމާ ނުވާނެ މުނާފިގުންގެ ގޮތް ގަނޑު ބަހާ ޢަމަލާ ދިމާ ނުވާނެ

  6. Anonymous

    ތިޔައީ އެއްވެސް މައްސަލައެއްނޫން. އަވަހަށް ރައީސްއޮފީހުން ފޯމް ނަގައިގެން ފުރާލާފައި ރައީސް އޮފީހަށް ހުށަހެޅުމުން އަލުން ވަޒީފާ ލިބޭނެ. ސިޔާސީ ފިކުރު ހުރިގޮތުން ވަޒީފާއިން ވަކިކުރި އެންމެނަށް މި ސަރުކާރުން ވަޒީފާ އަލުންދޭނެ. އެހެންވީމާ ސިޔާސީ ފިކުރު ހުރިގޮތުން ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކަށް ވަޒީފާ ދިނުން އެއީ މި ސަރުކާރުގެ ވައުދެއް. ހާސްނުވޭ

  7. ރަހުމު

    ވަޒީފާއިން ވަކި ކުރި މުވައްޒަފުން ކެއްކޮއްލާ ގިނަވެގެންވާނީ 5އަހަރު ތި އެމް.ޑީ.ޕީ މީހުން ބޭނުންވާނީ އެމީހުން އެކަނި ކާން ވޯޓަށް އުޅޭއިރު ނޭގޭނެ މިހެދެނީ ދޮގުކަންވެސް މަވާ ދެން ސަލާމް ދެން އެމް.ޑީ.ޕީ މީހަކަށް މަގޭ ބޮލަކަށް ނުވަދެވޭނެ ކުރިން ހީކުރިން އިބު ވަރަށް ތެދުވެރިވާނޭ އެކަމަކު ވީއެހެނެތް ނޫންދޯ ވަކިޕާޓީ ަކަށް ނުބަލަން ބުނި

  8. ލަކުނު

    އިބޫގެ ދައްތަ ވެސް ހުރީ ޔާމީންގެ ވެރިކަން ނިމުމާހަމަޔަށް އަދި މިހާރުވެސް ރައީސް އޮފީހުގެ ސެކެޓްރީއަކަށް

  9. ބޮލި މުލައް

    އިތުބާރު ހިފޭ މީހުން ބައިތިއްބައިގެން މުލީއާގޭގައި ސްޕާ އާއި ބާ ހިންގޭނީ.

  10. މުނާފިގުން

    ދުލުން ހެޔޮވެރިކަން، އަމަލުން އެމެންގެ ނުބައިނުލަފާކަން.

  11. ޒާ

    އެކަމަކު ބުނި ނޫންތޯ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނަމޭ.

  12. ޢިންތިޙަ

    މިއީ އޯގާތެރިކަމުގެ އިންތިހާ ދަރަޖާގެ ކަމެއް....

  13. ހޮސެން

    ހަޖަމް ޕްލީސް... މުލީއާގެ އަކީ ރައީސް ޔާމީން އާއި ފާތުމަގެ ހަރު މުދަލެއް ނޫން.. ސިޔާސީ ބޭނުމަށް އެތަނަށް އެތައް މުވައްޒަފުން ލައިގެން އުޅުނީ... މަރުހަބާ ސޯލިހު.. އެންމެން ބޭރު ކުރޭ

    • މޮަޔަ

      ދެން ޔާމީނާ އިބޫގެ ތަފާތެއް ކޮބާ؟ އިބު ސިޔާސީ ބޭނުމަކަށް ނޫންތަ މީހުން ކަޑާފަ މީހުން އެލަނީ..އިބޫގެ މައްސަލަ އަކީ އިސްލާހު ކުރާށޭ ކިޔާފަ ވެރިކަމަށް އައީމަ

  14. އާކާސް މުހައިމިނު ކުޅުދުއްފުށި

    ޔަހޫދީން ތެދުހަދާނެކަމަށް ކަލޭމެން ވޯޓް އެޅީތާދޯ

  15. ޙުސެން

    މިރަށުގައި އެމްޑީޕީއާގެން މަރުދޭ 70 އަހަރުގެ ފިރިހިނަކު ހުރެއެވެ. އެމްޑީޕީ ހަރުގޭގައި ދިދައެއްސުމާ މަޖާކުރުމަކީ އެމީހާގެ މަޤާމެވެ. އެމީހާގެ މައިފުށާ ބަފައިފުށުގެ ޢާއިލާގެ އަނބި ފިރިންނާއި ކުދިބޮޑު އެންމެންނަކީ ޕީޕީއެމްގެެ ސަޕޯޓަރުންނެވެ. މިމީހާ ބަލަހައްޓާ ކާންބޯންދީ ފަރުވާކޮށްދީ ފެންވަރުވާ ނިންދަވާ ދޮވެއިސްތިރިކޮށްދީ ހަދަނި ޢާއިލާއިންނެވެ. އެމްޑީޕީ ވެރިކަމަށް އައިުމާއެކު ފުރަތަމަވެސް މިރަށުން ވަޒީފާއިން ވަކިކޮށްލީ އެމީހާގެ ކޮއްކޮއެވެ. މިހާރު އެމީހާ ރާކަނިމަސް ކައިގެން ގޭދޮށު ޖޯލީގައި އެއްލިފަ އަގަ ހޮޅިކޮށްގެން ހަތަރުދަމު އެބަ އޮވެއެވެ.

  16. ވަގު ވޯޓް

    ދެން ވަޒީފާއަށް މީހުން ނަގާއިރު ސަރުތުތަކުގެ ތެރޭގައި އެމް. ޑީ . ޕީ އަށް ތާއީދު ކުރާމީހަކަށްވުން ލާޒިމުކޮށް. ގިނަވަގުތު ޕާޓީގެ ކެންޕެއިންގައި އުޅޭމީހުންނަށް އިސްކަންދެވޭނެކަމަށް ލިޔެލަން ފެނޭ. މަންމަނު އިބޫ ބުނާނެ އެއްވެސް ދިވެހި ރައްޔިތަކު ބާކީ ނުކުރާނަމޭ. ބަހާއި އަމަލް ހާދަ ދިމާނުވެޔޭދޯ؟

  17. ނަހޫ

    ތިވާނީ މަޖާކުރާކޮޓެރިއެއްް އަންނި އިރުގައިވެސް އެތާތެރޭގައިހުރި ނަމާދުކުރާތަނުގަ ހުރިކަމަށްވޭ، އެހެންވީމާ، ތިއުޅެނީ އަނެއްކާވެސް އެތަންހަދަންވެގެންކަމަށްތިވާނީ، މަޖާކުރާތަންތަނުގައި އުޅެވޭނީ މަޖާޖުރާމީހުންނަކައްނު،

  18. ހަލަގެލި

    ކޮބާ ކޮބާ ކިހިނެއް މިވަނީ... ޖަޒީރާ ރާއްޖެއިންގޮވި ދޯ ހަމަހަމަކަން ޤާއިމްކުރަން. ކޮބާ ހަމަހަމަ ކަމަކީ ކަނޑާލީވެސް ރައްޔިތުމީހާދޯ! ވަރަށް ހެއްވާ އެމް.ޑީ.ޕީ ބަލާވެރިކަން އައީ ދެން އުޅެން އުޅޭނެކަމެއްނެތް

  19. ޛިން

    ތީރިޔާސީ ގަޑުވަރު. ޢިތުބާރު އޮއްނަންޖެހޭ

  20. ހުސޭނުބޭ

    އަޅެ 3 އަހަރުގެ ވެރިކަން ފަދައިން މުލިއާގެއަކީ އައްޑާއެއްކަމަށް ހެދޭނީ ހުސް އެމީހުންގެ މީހުން އެތަނަށް ވައްދައިގެންދޯ!

  21. އަލްޖިބްރާ

    ޔާމީނު ވެރިކަމުގައި ޔާމީނުއަށް ތާއިދު ނުކުރާ ކިތައްމީހުން ވަޒީފާއިން އަތްދޮވެލަން ޖެހުނުތަ ؟ އެމީހެއްގެ ބާރުއޮތްދުވަހު އެމީހެއްގެ ކައިރީގާ ބައިތިއްބާނީ އެމީހަކަށް އިތުބާރު ކުރެވޭ ބަޔަކު ! މީ އަބަދުވެސް ދުނިޔޭގައި ކަންހިގާމަގު !

    • Anonymous

      އަލްޖިބްރާ ކަލޭ ރައީސް ޔާމީނާ ޖައްސާލައިގެން އުޅުނަސް ތީ ބޮޑުވަރު. ނޭނގޭ ވާހަކަ ނުދައްކާ. ކަލޭމެންގެ ލާދީނީ ޕަޕެޓު ބެދޭނީ އަނގަ ތެޅުވި ވަރަކަށް.

  22. އިބޫ

    ބަލަ ޔާމީނުވެސް ބޭނުންވި މީހުންނަށް ދޯ ވަޒީފާ ދިނީ. އަހަރެން ވެސް ބޭނުންވާ މީހަކަށް ވަޒީފާ ދޭނީ. ކޮއްކޮ، ޔާމީނު ކައިރީގައި އުޅުންކަން ނޭންގުންއެއީ އަހަރެންގެ މައްސަލައެއްނޫން.

  23. ސޯބެ

    ވަތްކެނުކުރާނެ ތީހުވަފެނެއް ކަމަށް ވާނީ އެއީ ވަރަށް ސާލިހު ބޭފުޅެއް " ރަސޫލާ ސަލަވާތް ބާވާލަށްވާފައި" ވާފަދަ ބޭފުޅެއް

  24. އެންމެންގެ ރައީސް

    އެންމެންގެ ރައީސްތާ؟؟؟!!!!!!

  25. ާއަހުމަދު މުހައްމަދު

    މުލީއާގޭގައި ތިބެންވާނީ މުޅިންވެސް ރައީސް ޔާމީން އަށްތާއީދުކުރާމީހުން.

  26. އަލީހަމީދު

    ރައީސަކަށް އެހުރީ ޕަޕެޓެއް ދެން ވަނީ ވާނެގޮތެއް ޝަހިދުވެސް ބުންޏެއްނުނ ރުކަށްއެރިމީހާގެ ނަދުރަށޭ މިހާރު ވީއެއްވެސްވައުދެއްހަނދާނެއްނުހުންނާނެ.

  27. ކާކު

    ތީހަމަވާނެ ވަރު. ވަކި ޔާމީނެކޭ ސޯލިހެކޭ ވެރިކަން ލިބުނީމަ ވާނީ ހަމަ އެއްވަރު. ދަންނަ ތިމާގެ މީހުންނަށ ވަޒީފާ ދީފަތާ އެހެން ބަޔަކަށް ޖާގަ އޮންނާނީ

    • Anonymous

      ކޮއްކޯ މޑޕ މީހުން ވާހަކައެއް ދައްކާ އިރަށް ދެލޯމަރާފަ ތެދު ދޮގު އޮޅުން ނުފިލުވާ ގަބޫލު ނުކޮށްބަލަ. ރައީސް ޔާމީނެއް މުލީއާގެއިން އެކަކުވެސް ކަނޑައެއް ނުލައޭ. ކިނބުލުގެ ދައްތަ ވެސް ރައީސް އޮފީހުގައޭ ހުރީ ދައުރު ނިމުނު އިރުވެސް. ދެންވެސް ވޯޓް ދޭއިރު ވިސްނާލާތި.

  28. މުޙައްމަދު

    ބިރުވެރި ރާއްޖެ

  29. ބޭބެ

    މމިރައީސް މީހާ މިހާރު އެއޮތީ ތިގޮތަށް ޤާނޫނީ އިމުގެ ބޭރުން ވޒީފާއިން ވަކިކުރާމީހުން މިރައީސް މީހާގެ އޮފީހަށް ޝަކުވާހުށަހަޅާ ފޯމެއް ފަރުމާކޮށް އަޕްލޯޑް ކޮށްފަ އަވަހަށް ފޯމް ފުރާފަ ހުޝަހަޅާ އޭރުން މިރައީސް މީހާއަށް އެގޭނެ މީނަ މިކުރާ ގާނޫނާއި ޚިލާފު ކަނަތައްތައް

  30. މަސްވެރިޔާ

    25 މީހުންވެސް އިހުތިޖާޖުކުރަން ފަށަންވީ އޭނާ ހުވާކުރިއިރު ވިދާޅުވި ހަމަ ހަމަ ކަން ނެތުމުން
    25، 25000 ހާހަށް ބަދަލްވެ މިފަދަ ރައްޔިތުންނަށް ޖައްބާރު މީހުން ތިރިވާނެ. އަގައިން ނުބުނެ ރައްޔިތުން މަޑުން ތިބެއްޖެނަމަ ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ނޮރޯވަރަށް ރޯނެ އަސްލުގަ އަހަރެންގެ އެއްވެސް މީހަކު ދިވެހި ސަރުކާރުގަ ވަޒީފާގައި ނެތް، އެކަމަކު މިފަދަ އިންސާފެއްނެތި މީހުން ވަކި ކުރާތި ވަރަށް އަސަރުކޮށްފި. އަޅެ މީފަހެ ދިވެހިން ނުންތަ.

  31. ސޭލު އިސްމާލް

    ފޯރި ގަދަ! ވަޒީފާ ސޭލް އަޅުވާފަ މިއޮތީ!!! ވޮރެންޓީ 5 އަހަރު ދުވަސް!!! ލައްކަ ކުޅަދާނަ

  32. Anonymous

    ސަރުކާރު ޒިންމާ ދާރު ކުރުވަން ޖެހޭނީ މިސަރުކާރު ގެންނަން މަސައްކަތް ކުރި ނުވަތަ ވޯޓް ދިން 130،000 ރައްޔިތުންނެެވެ. ރައީސް އިބޫގެ ވެރިކަމުން 15 ދުވަސް ފާއިތު ވެގެން ދާއިރު ވެސް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް ހައްލެއް ނައިސް ދިގު ދެމިގެންދާއިރު ވެސް އެމެންގެ ފިނޭންސް މިނިސްޓަރު ކަމަކީ އަލިފުލައިލާ ވާހަކަ ކިޔުމޭ އެކަން އެގޮތަށް ނުވާނެެއޭ ތަމެން ނަށް މިކަން ނުވާނަމަ ގެއަށް ކަނޑާލަންވީއޭ މަމެން ނުދަންނަމޭ އިންޑިއާ އަށް މަމެންނަށް އެހީވެވިދާނެ ކަމަށް އެއީ މަމެންނަށް ވުރެން ފަގީރު ކިބަޅި ގައުމެކޭ އިންޑިއާ އަށް އެއުޅެނީ ހިޖްރަ އޮޅިގެންނޭ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ހަދަން އިނގޭ ޕޮލިސީ އެއް ނުހުންނާނެއޭ މިއުޑު ދަށަކު ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް ދޭބަލަ ކޮން ކަމެއް ކުރެވުނީ ތަމެންގެ ވެރިކަމުން 20 ދުވަސް ދިޔާ ތޮޅި އަށް ދޯ ހަނީމޫން ސްޓޭޖް ގައި ވެސް ނުކުރެވުނު ދޯ އެއްވެސް ކަމެއް ތަމެންނަށް ނުވަންނާ ގެއަށް ކަނޑާލަންވީއެއް ނޫންތޭ..

  33. ބުރުގާ

    މާޝާﷲ. ދެން ޕީޕީއެމް ކުދިން ފަސް ފެހެތިން ބައްލަވާ. ތިއާލާތުންނައް މިހާރު އޮންނާނީ ކާވަރައް ކެވިފަ.

    • ހޭހުރި

      މާޝާﷲ ކިޔާފަ ތި ހެދީ ކިހިނެތް!؟؟؟

  34. ހުސޭނު

    ނުފޮށޭ ގުރާ ބާރައްދައިގަންނާނެ. އިބޫއަކީ އޭގެ މީހެއް. ވަރައް ހަސަދަވެރިވެފަ ހީލަތްތެރިވާނެ އެކަމު މީހުންނައްފެންނަ ހިސާބުގަ ވަރައް ވާހަކަރީތިވެފަ އޮމާންވާނެ. މޑޕގެ 90% އެކަހަލަ ވިސްނުމުގެބަޔެއް

  35. ޢަލީ

    ޔާން ތިގޮތަށް ނުކުރީމައޭ ދެވަނަދައުރަށް ނުހޮވުނީ، ހުރިހާތަނެއްގަ ޖާސޫސުންތިބީ، މަނިޓަރީ ފިނޭންސް މުޅިންވެސް އެމްޑީޕީ ކުދިން އުޅުނީ ހުރިހައި ސިއްރެއް އެމީހުންދިޔައީ ބޭރުކުރަމުން.

  36. ބަނޑުބޮޑު

    ތިޔަތާނގައި މަސާޖުކުރުމާއި އެއްޖިންސުން މަނާކުރުމާއި މިފަދަކަންކަން ކުރެވޭނީ އިތުބާރު ހިފޭ މީހުން ތިބެގެންދޯ

  37. ރުޒާނާ ޗޮއްޕަޓު

    ހަމަހަމަކަން އެއީ. އެންމެނަށް ކޮށްދޭ ވެރިކަން އެއީ. ޕީޕީއެމް އިން ވަޒީފާ ދިނުމުގައާއި ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަމުގަ ތަފާތު ނުކުރީމަ ކަމުނުދިޔައީ. ރީނދޫ މީހުނަށް ކިތަންމެ ކަމެއް ކޮށްދިނަސް އެމީހުންގެ ލާދީނީކަމެއް ނުކެނޑޭނެ. ޕީޕީއެމް އަށް މިކަން ނޭނގުނީމަ އެ ޖާސޫސުންގަނޑުގެ ދަންތުރައިގަ ޖެހުނީ. ރީކޯ މޫސަ މެން ކޮނަ ބައެއް އެއީ. ނުވިތާކަށް ޕާޓިއަށް އިޚްލާސްތެރި މީހުންނަށް ކުރި މަންފާއެއް ނެތީމަ އެމީހުންވެސް ހިތްހަމަނުޖެހުނީ. އެކަން ވާނީ އެހެން.

  38. hs

    yaameen ge meehunakah nuthibeveyne muleeaageyga.geah dhaan jeheynee. e ee ekan onnagoiy

  39. އާދޯ

    ތަމެންގެ ވަޒީރުން ވަނީ ވަކަަރަށް ޖަހާ ޓެސްޓް ކުރެވިފައޭ ތަމެންގެ ވަޒީރުންނަށް ރައްޔިތުންގެ ތަރައްގީ އަށް ކަމެއް ކުރުމަށް ޓަކައި ރޮނގެއް ވެސް އަޅާ ނުލެވުނޭ ތަމެން އިހަށް ދުވަހު ކ. ދިއްފުށީގައި ހުޅުވި ބޯފެނާއި ނަރުދަމާ ނިޒާމަކީ އެއީ މަމެން ޕިންކީން ގާއިމް ކުރި ނިޒާމެކޭ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ ދޯ ތަމެން އޭގެ ތެރެއަށް ބޭނިގަނެގެން އުޅޭނީ ތަމެންނަށް އިންޑިއާ އާއި ގުޅިގެން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެންގެ ފިނޭންސް މިނިސްޓަރު އާދޯ

  40. ބަރުގޮނު

    ޕާޓީ ސިސްޓަމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ވީފަހުން ކޮންމެ ސަރުކާރެއް އައިސްފައިވެސް ތިޔަކަން ތިހެން ކުރި. އެހެންވީމާ އެއްވެސް ބަޔަކު އެވާހަކަ ދައްކާނެ ޖާގައެއްނެތް.

  41. އަހާށޭ

    ވަށް ދެރަކަމެއް ތިޔައީ، ތިޔަ ކަނޑާލި މީހުންގެވެސް އާއިލާއެއްވާނެ އެމީހުން ބިކަހާލުގައި ތިޔަ ޖެއްސީ. ތިފަދަ ކަނތަކާ އަހަރެން އަބަދުވެސް ދެކޮޅު. އަބަދުވެސް ރައީސަކު ވިސް ނަވަން ޖެހޭނީ އެއީ މުޅި ހުރިހާރއިޔަތުންގެ ރައީސް ކަމަށާއި ވަކި މީހަކަށް ވަކި ކުލަޔަކަށް ބަލައިގެން ނުވާނެ އަބަދުވެސް ވިސްނުން ހުންނަނވާނީ އެންމެންނަށް ހަމަހަމަ ސިޔާސަތެއް އޮތުން

  42. ކަލޯގަޔާ

    ބަލަ ރައީސް އެއީ ޕަޕެޓް ރައީސެއް. އެމް. ޑީ. ޕީ އެކްޓިވިސްޓުން ބޭނުންވާގޮތަކަށް މިގައުމުހިންގަންޖެހޭނީ. މިއޮތީ ފުރިތާޖެހިފަ.

  43. ރ. މާހިރު

    ކޯއްޗަކަށްވީ މުއަށްޒަފުން ވަކި ނުކުރާނެމޭ ކިޔައިގެން ރައްޔިތުންގެ ލޮލުގަ އަނދުނެއްއަޅުވައިގެން ވެރިކަމަށްއައިމާ ވާނީ ތިހެން

  44. ހުސްނީ

    ކިހަާަ ހެޔޮފުޅު ސަރުކާރެއްތޯ؟ މި މީހުން ސަރުކާރާއި ހަވާލުވެ މީހުން ވަޒީފާއިން ވަކި ކުރީމަ އެއީ ހައްޤު ގޮތުގައި ވަޒީފާއިން ވަކި ކުރުން. ކިހާ މޮޅު. މަހަމަ މޮޔަވެއްޖެ.

  45. ޖޭޑް

    ވާނުވާތަ! މަ މީ ޔާމިން ވެރިކަމުގަ ވަޒީފާއިން ވަކިކުރި މީހެއް.. މިހާރު މިއޮތީ އަހަރުމެންގެ ސަރުކާރު، ކުންފުނި ތަކުގެ މެނޭޖަރ ލެވަލުން މަތީގަ ތިބި އެންމެން ކަނޑަން ވީ ވަޒީފާތަކުން.
    ބަލަ ތިކިޔަނީ ރައީސްގެ ގެކޮޅޭ!! ރައީސް މީހާއަށް އިތުބާރު ނުހިފޭ ބަޔަކު ގެކޮޅުގަ ނުބާތިއްބާނެ އެއްނުން، ތިދެން ދައްކާ ކަހަލަ ވާހަކައެވެސް ނޫނެއްނު... ކޮމެންޓު ކުރާކުދިން ހާދަ މޭކަރައޭ ދޯ!!! ހިނި އަންނަނީ....

  46. ދަތްދޫނި

    ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރަޢީސަކު ދިރި އުލުއްވާ ގެ ކޮލުގައި އިދިކޮލު ފަރާތް ތަކުގެ ޖާސޫސުން ނުގެންގުލޭނެ. މިވަރު ވިސްނެންޖެހޭނެ އެހެން މީހުންވެސް.

  47. ދޮގެއް؟

    ކުޑަކުދިންނާ ބެހޭ ހޯރައަށް ވަޒީފާ ދީ ރާފޮށިތައް ބަލަހައްޓަން ހަވާލު ކޮށްފި ކަމަށް ވަނީ.

  48. މަޒް

    މުލިއާގޭގައި މިއޮއްހާ ދުވަހު ތިބަޔަކު ވަޒީފާ އަދާކުރި ގޮތެއް ބަލަށްވެއްޖެއެއްނުން

  49. ޝައުފާ

    މުލިޔާގޭގަ ދެން އޮންނާނީ ކުރީގަވެސް އޮތްހެން ސުޕާ ހިންގުމާއި މީހުން ހޭނައްތައިގެން ފުރޭމް ކުރުމާއި، ސަރުބަތު ބުއިމާއި، ހިކި އަދި ދިޔާތަކެތި ބުއީމެއް ނޫންތޯ.. އަހަރެމެން އަދި ހަނދާނެއް ނުނެތޭ ތިޔަ ގެއިން ނަޝީދު ނެރުނު ދުވަހު ބޭރުކުރި ރާފުޅިތަކުގެ މަތީން.. އަދި ވީޑިއޯ ކެމެރާ ހަރުކޮއްފަ ހުރި ސުޕާ ރޫމްގެ މަތީންނެއް.. ލައްކަ ގިނަ ސަކަރާތް އޭރުވެސް ވަނީ ޖަހާފަ.. މިފަހަރު އަދި ޑަބަލް ބޮޑައް އިތުރުކުރާނެހެން ހީވަނީ..

  50. ހަދީޖާ

    އިބޫގެ ވެރިކަން ވެއްޓިއްޖެ.. ދެން އޮތީ ނަޝީދު އަރައިގަތުން.. އެއީ ދައްޖާލު އަރާގޮތައް..

  51. ވަަރައް

    މިއީ ވަރައް ރަގަނގަޅު ކަމެއް. ކުރީގެ ސަރުކާރުގެ މީހުންނަށް ޖާސޫސް ކުރާނެ މިމީހުންތައް. މިއީ މިހާރުގެ ސަރުކާރުންނެގި ވަރަށް ރަގަނގަޅު ނިންމުމެއް

  52. ޖޮއްބެ

    ގައުމު މުޅިން ދޮވެލާނެ މިފަހަރު ވެސް.

  53. ރައީސްގެ ކޮޅު

    މުލީއާގޭގައި ތިބޭނެ މީހުން ނިންމަވާނީ ރައީސް.

  54. އެމްޑީޕީ

    ބިރުވެރި ސަރުކާރެއް ދޮގާއި މަކަރާއި ޔަހޫދީވަންތަ ސަރުކާރެއް އަވަހަށް ރައްޔަތުންވެގެން ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވާންވީ އެންމެންވެސް އާނބަސް ބުނޭ.

  55. ހުދުހުދު

    ބަރާބަރަށް ތި ހަދަނީ. އެމްޑީޕީ މީހުނަށް ޖެއްސި ބަލާގެ ހަގުނަ ޖައްސާލާތި!

  56. މީނަ

    ގަނޑުވަރުގަ ތިބޭނީ ރަސްގެފާނަށް އިތުބާރު ކުރެވޭ ގާތް މީހުން. މީ ސަރުކާރުގެ އޮފީސް އެއްނޫނޭ ސީވީ އައް ބަލާފަ ވަޒީފާ ދޭން...

  57. ޙުކުމް

    ކަންކަމުގަ ހޭބަލިވީމަ ކަމުދާނެކަން ރަގަޅައް އެގޭނީ ޢަދިދުވަސްކޮޅަކުން އޭރުއޮންނާނީ ވާނޭ4 އެތިވެފަ!!!!؟