މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ހައްޔަރުކުރި އެ މީހާއަކީ ކޮން ގަައުމަކަށް ނިސްބަތްވާ މީހެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅުން ހުރި މައުލޫމާތުތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮތަރު

    އޭނާ ވަގުތުން ދޫކޮށްލާ. ބަންދުގަ ނުބެހެއްޓިޔަސް ތަހުގީގު ކުރެވޭނެ. މި ބުނި އެއްޗެއް އެނގިއްޖެ ދެއްތޮ؟ ސުމިތު ކޭސް. ވަރަށް ވެދުން.

    • ހީވޭ

      ބަރާބަރު ވާހަކައެއް ސްމިތު ވަލް ޕަލޭލާ އެކަނި އެއްނޫ ދޫކޮށްލަންވީ އެންމެންވެސް ދޫކޮށްލަން ވާނެ
      ބޮވޭނެ ބޮވެންވެސް ވާނެ ދޯ ގެރި މޯދީގެ ނަޝީދޫ

  2. މިދީބު

    ބުނެވޭ ގޮތުގައި އެއީ އަދީބުގެ ކޮންމެވެސް ގާތް ރިލޭޓިވެއް..

  3. ލަބީބު

    ޖަޒީރާ ރާއްޖޭގެ މައިގަނޑު ސިފަތަކުގެތެރޭގައި ހިމެނޭ އެއް ސިފައަކީ ފުނިފުންޏަށް އެކި ވައްތަރުގެ ޑްރަގު އެތެރެކުރުން.

  4. އައްޑޫ މީހާ

    ޕޮލިސް ތިޔަކުރީ ވ.ކަޑަ ކަމެއް ތީ އިސްރާފް ތީ މޑޕ ކުދިން މަޖްލިސް އިންތިހާބު ކެމްޕެއިން ފައިސާ ހޯދުމަށާއި ޒުވާނުން ހިތްހަމަ ޖައްސަން ގެނެސްހުރި އެތިކޮޅު ތިޔަހެން ހަދައިގެން ނުވާނެ ފުލުހުން އަވަހައް އެމް.ސީ ހަމީދު ޕޮލިސް ކޮމިޝަނަރަކަށް ލާފަ ހުސްނާސުވާދު ކޮމިޝަނުން ތިމައްސަލަ ތަހްގީގުކޮށް ސުޕްރީމް ކަޑަޔަށް ވައްދާފަ އެބޭފުޅުން ދޫކޮށްލާ

  5. މާލޭ ބޭފުޅެއް

    އެއީ ބުރޯގެ ޅިޔަނެއް، އެމައްސަލަ ނުބަލާނެ.

  6. ހިޔަޅު

    ނުކުރާނެ. މިޤައުމު މިވަނީމަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރައްވާފަ. މި އިބޫގެ ވަގު މަކަރުވެރި ވެރިކަން އައީ ރައްޔިތުންނަށް އަމާން އޮމާން ވެއްޓެއް ކަށަވަރުކޮށްދިނުމަށް. އެހެންވީމާ ވެރިކަމަށް މަސްދުވަސް ނުވަނީސް މި ފެންނަނީ އެކަމުގެ ފޮނި މީރުކަން