ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ގިނަ ކަންތައްތަކެއް ނިންމަން ހުރުމާ އެކު، މި މަހުގެ 15 އަށް ދައުރު ދިގު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިދައުރުގެ ޖަލްސާތައް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މިހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މިދައުރުގެ ޖަލްސާތައް މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުން ބޭނުން ވަނީ ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ދެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހުށައަޅާފައިވާ ބިލް މި ދައުރު ނިމުގެ ކުރިން ފާސް ކުރަން ކަމަށް މައުލޫމާތު ލިބެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިއަދުގެ އެޖެންޑާގައި ހުރި މަސައްކަތްތައް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށްވެސް ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުމަ

    ލާރިކާންވެގެން ކުރާކަމެއް.މިއޮއްހާދުވަހު މަޖްލީހައްނުގޮސް ތިބީކީއްވެތަ.ތިކެވެނީ އަލިފާން.

  2. ޖަރީމާރާއްޖެ

    މިއީ އަވަސްއަރުވާލައިގެން ބަޔަކު މަޖިލިސް އިންތިޚާބުގެ ކުރިން ކޮންމެވެސް ތުހުމަތެއް އަޅުވައި ގޮޅިއަށްލުމަށް ފާސްކުރަން އުޅޭ ޤާނޫނެއް. މިކަމުގެ އަޑީގައިހުރީ އަންނި އާއި އެމްޑީޕީ. އަދި މިކަމަކީ ކުރިންވެސް ޤާނޫނީ ދިގުއަތް އޮންނަ އެހެނަސް ކުރު އެއްޗެއް އޮންނަ ހުސްނުސ. މީނާ އުޅެނީ މިހާރު ޤާނޫނު ކިޔަވައިގެން ނުކުންނަ ކުދިންނަށްވެސް ކޯޓުތަކުގައި ވަކާލާތުކުރުމަށް ފުރުޞަތު ލިބުނަ ނުދޭންވެގެން. މިބައިމީހުންގެ ވިޔަފާރިއަށް އެކަމުން ގެއްލުންވާތީ.

  3. މިއަދު

    ބިލްތައްހިފައިގެން ކުނޫޒުއަށްގޮސް 4 ލީޑަރުން މަޝްވަރާކޮށްނިންމާލާ މިހާރު އޯކޭ ވާނެ

  4. ނަޖްވާ

    އިސްކޫލު ކުދިންގެ ޗުއްޓީ އާ އެއްކޮށް މި ކުދިންވެސް ޗުއްޓީ ނަގަޔޯ! ހައިރާނެއް އަޅެ ފަހެ ނުވާނެތަ މީހަކު!

  5. ސަައްބެ

    ކިހާވަރުގަދަ ކަމެއްތަ! ބަލަރައްޔިތުނަށް ފައދާހުރިކަންކަންކޮއްބަލަ ފާޑުފާޑު ކޮމިޝަންތައް ހެދިޔަކަސް ރަތްޔިތުންނަކަށް ފައިދާއެއްނުކުރާނެ ފެހި މާދަމާއެއް ބޭނުން ރަތްޔިތުން ކުރީގެސަރުކާން ކުރިކަހަލުގެ ރަނގަޅުވެރިކަމެއް ދއްކަންވީ ކަލޯމެން މޮޔަވެގެންތިއުޅެނީ...!!