ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ކުންފުންޏަކަށް ގެނައި ބިދޭސީންތަކެއްގެ ތެރެއިން ތިން މީހަކު އެޗުއައިވީ އަށް ޕޮޒިޓްވެގެން ފޮނުވާލަން ގެންދިއުމުން އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެޗްއައިވީ ޖެހިފައި ތިބި މޫސަގެ ދެމުވައްޒަފަކު ފިލާފައިވާކަމަށް އޭނާ ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އޭނާ ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެޗްއައިވީއަށް ޕޮޒިޓިވް ވެފައި ހުއްޓާ އަޅުގަނޑުމެން އެމީހުން ފޮނުވާލަން ގެންދިޔައީމާ. ގެންދިޔަ މީހުން ކައިރީގައި ބުނީ ތިމަންނަ މެން ދޭނަމޭ ފަސް ހާސް ރުފިޔާ ދޫކޮށްލަ ދޭށޭ. އޭގެ ތެރެއިން ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައި ވެއްޖެ. އެކަކު އަޅުގަނޑުމެނަށް މި ތަނުން ބޭރުކުރެވުނީ،" މޫސަ ވިދާޅުވިއެވެ.

އެޗްއައިވީ ޖެހިފައި ތިބި މުވައްޒަފުންތައް މަސައްކަތް ކުރީ ކޮން ތަނެއްގައި ކަމެއް މޫސަ ވިދާޅެއް ނުވެއެވެ. މޫސަ އާއިލީ ކުންފުނި ހެވީލޯޑް އަކީ ފުޅާ ދާއިރާއެއްގައި ތަފާތު ވިޔަފާރިތައް ކުރަމުން އަންނަ ކުންފުންޏެކެވެ.

މޫސަ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފުލުހުން ބޭނުންވި ނަމަވެސް ފުލުހުންނަށް އެކަށީގެންވާ ޤާނޫނީ ބާރުތަކެއް ލިބިފައި ނެތް ކަމަށެވެ.

"ފުލުހުންނަކަށް ނޯވޭ މި މީހުން ހޯދައިގެން ގެންދިއުމުގެ ބާރެއް. އިމިގްރޭޝަންގައި ހުރިހާ ވެސް ކޮންޓްރޯލެއް އޮންނަނީ. ފުލުހުން ބޭނުންވޭ މިކަންތައް ކޮންޓްރޯލް ކުރަން." މޫސަ ވިދާޅުވިއެވެ.

މޫސަ އިމިގްރޭޝަން ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން، މަސައްކަތަށް ގެނަސްފައިވާ ބިދޭސީއަކު ފިލައިގެން ގޮސްފި ނަމަ އެ މީހާ އާއި އެ މީހާ ވަގަށް ގެން ދިޔަ މީހާ އާއި އެކަމަށް އެހީވި މީހާ ވެސް އެއް އަހަރަށް ޖަލަށް ލައި ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ މުއްދަތަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހަސަނުފުޅު

    ތި ގާނޫނު ފާސްކޮށް ނިމުމުން ތަންފީޒު ކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބޭ ގޮތަށް ހަދާ. ނުގަވާއިދުން އުޅޭ ބިދޭސިން ހޯދާ އެމީހުންގެ އަމިއްލަ ޚަރަދުގަ ރާއްޖެއިން ބޭރަށް ފޮނުވާލެވޭނެ ގޮތެއްވެސް ހޯދަން ޖެހޭ. ހަމަ އެކަނި ޖަލަށްލާ ޖޫރިމަނާ ކުރުމަކުން އެމީހުނަށް އެފައިސާ ދެއްކޭނެ ގޮތެއް ނެތިއްޔާ އޭގެ ފައިދާއެއް ނުކުރާނެ. ދެން އެއެންމެން ތިބޭނީ ޖަލުގަ ސަރުކާރު ޚަރަދުގަ.

  2. މަރިޔަމް

    މޫސަ ބުންޏަސް މީ ވަރަށް ނުރައްކާތެރި މައްސަލައެއް ، ހެޕެޓައިޓިސް އާއި ޓީބީ ކަހަލަ ނުރައްކާތެރި ބަލިތައް ހުންނަ ބޭރު މުއައްޒަފުން މި މުޖްތަމައު ތަކުގައި އެބަ އުޅޭ ... އެ މީހުން ނިދާ ތަން ބާލާލީމަ އިނގޭނެ ކިހާ ވަރަކަށް ގައިން ގަޔަށް ބަލި އަރާނެކަން .... ރަނގަޅަށް ހުންނަ މީހާވެސް ބަލިވާނެ މިހެން މީހުން ދޫ ވންޏާ

  3. މަރިޔަމް ނިޝާ

    މޫސަބުނެގެން މަގޭ އެނދުގަ މިނިންދެވީ ކުރިން ނުބުނީމަ ހުރިހާދެރައެއް މަށާ މަގޭ ދަރިއަށް ،، އަބަދު މޫސަގެ ފަރާތުން ލިބެނީ މިކަހަލަ ބޮޑެތި ލަނޑު ވވވ. ދެރަ .

  4. ވެންސީ

    ހެވީލޯޑަކީ ރާއްޖެއަށް އެޗްއައިވީ އިމްޕޯޓް އޭގެ ވިޔަފާރި ކުރާ ބައެއް ކަމަށް އަމިއްލަ އިއުތިރާފުން އެގެން އޮތް އެކުންފުނީގެ ވެރިޔާ ހާޒިރުކޮށް މިތަހްގީގު ވަރަށް ރަނގަޅަށް ހިންގަންޖެހޭނެ ކަމަށް ފެނޭ

  5. އެދުރުބެ

    މޫސަވެސް ޓެސްޓްކުރަންފެނޭ

  6. މާރިޔާ އަޙްމަދު

    މޫސާ ތި ފެންނަނީ ޤިޔާމަތް ދުވަހުގެ އަލާމަތްތައް
    މޫސާއަކީ އެނބުރޭ ވަހުތާނެއް ފަދަ މީހެއް އެތޯ ހެވީ މިތޯ ހެވީ

  7. މާރިޔާ އަޙްމަދު

    މޫސާ ތި ގޮނޑިގައި އިނުމަށްވުރެ ރަނގަޅުވާނެ އަދިވެސް ފިލްމެއް ކުޅެން ފެއްޓިއްޔާ

  8. މާރިޔާ އަޙްމަދު

    އެޗްއައިވީ ޖެހިފައި ތިބި ރީކޯ މޫސަގެ ދެމުވައްޒަފަކު ފިލައިފި

  9. މާރިޔާ އަޙްމަދު

    އެޗްއައިވީ ޖެހިފައި ތިބި މޫސަގެ ދެމުވައްޒަފަކު ފިލާފައިވާކަމަށް އޭނާ ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އޭނާ ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

  10. މާރިޔާ އަޙްމަދު

    މާރިޔާ އެދޭ ގޮތަށް މޫސައޭ މިތާހުރީ

  11. ޑިމޮކްރަޓިސްޓް

    ބަރާބަރު ނިންމުމެއް.. މި ދިވެހިރާއްޖެނޫނި ނޯންނާނެ މިނިވަންކަމުގަ ބިދޭސީން ހިތުހުރިގޮތަކަށް އުޅޭ އެހެން އެއްވެސް ގައުމެއް..

  12. ޙަސަންބެ

    ފަސްލައްކަ އާއި އެއްމިލިއަން ރުފިޔާގެ މުއްދަތުގެ ޖޫރިމަނާ އަކީ ލިހާދުވަހެއްތޯ؟؟

  13. ފަޓްލޫން

    ތިބުނާ ދެމީހެއް ހޯދަން އުޅޭތޯ! އެބަޔެގެ ފޮޓޯ ޖަހާ އާންމު ސަމާލު ވުމަށް ޖަހާ! މިފަދަ ކަންތައް ސިއްރު ކުރުމަށްވުރެ ހާމަ ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެން....

  14. އިބުރާހިމޮ

    އޭނަ ޓެސްޓުކުރަން ފެނޭ. ޕޮސިޓިވް ވެދާނެ. ނުރައްކަލަކަށްވެސް ވެދާނެ.

  15. މިދުނިޔެއަކީނުބައިމީހުންގެސުވަރުގެ

    ޜައްރަށުގައި އުޅޭ ފުލުހުންނަށް އެނގިތިބެމެ ފިލައިގެންއުޅޭ ބިދޭސީ ން އެބަ ހިމާޔަތްކުރޭ. ޢެމީހުންގެ ގާތް މީހުންގެ ދަނޑުގަ މަސައްކަތްކުރަން ދޫކޮށްފައި ތިބެނީ. ރާ ކައްކާތީ ފެނިގެން ރިޕޯޓުކުރުމުން އަޅާނުލާ . ޢެމީހުންގެ ގާތް މީހުނަށް ވީމަ. ފުލުހުންގެތެރޭވެސް މަދުބަޔަކު މެނުވީ އިންސާފުން ކަންކުރާ ނެތް. މީ ހިތާމަކުރާ ކަމެއް.

  16. ރަސީދު

    ރީކޯ މޫސާ 100އަހަރަށް ޖަލަށް ލާންޖެހޭ... މުޅި ރާއްޖެއަށް އެއިޑުސް ފެތުރިފައި ވަނީ މޫސާ ގެނައި ބަންގާޅިންގެ ސަބަބުން.. ކޮބާ އިންސާފު.. އަންދާގާނޫނު...

  17. ނައިސް

    މެންބަރު ގަފޫރުގެ ބެލުމުގެ ދަށުގައި ހުރި ބަންގްލަދޭސް މީހަކައް މުސާރަ ނުދޭތާ 6 މަސް، ވިސާ ހަމަވެއްޖެ، އެމީ ބުނެބުނެ އެވެސް އާނުކޮއްދިން. އެމީހާގެ ޕާސްޕޯޓުވެސްވީ ގަފޫރުގެ އަރިސް މުއައްޒަފެއްގެ އަތުގަ، އެމީހާ އާދެސް ކުރީމަވެސް އެނުދިން. މިވަރުގެ ތޯހިރު އޯގާތެރި މީހުން ރައްޔިތުންގެ ހިދުމަތުގަ އިންސާފްގެ މަގުން. ތަންތަނައް އަރާ އެހެންމީހުންނައް އެކި ނަންނަމުންގޮވާ އެކިބަދުނާމު އަޅުވާއިރު މިއެންމެންގެ ހަގީގަތަކީ މީ.

  18. عبدالله

    ކާރުގެ ޑިކީގައި ބަނގުރާ ހުއްޓަސް، މަގުމަތީގައި ކޯޓްހަދައި ޙުކުމްކުރިޔަސް، އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ ބަޔަކު ތިމާގެ އަމިއްލަ އިހުމާލުން މުޖުތަމަޢަށް ދޫވެފައިވާކަން އެނގިހުރެ މިހުރިހާ ދުވަހު އެކަން ސިއްރު ކޮށްގެންހުއްޓަސް މޫސަގެ މައްޗަށް ކުރިހޯދުމުގައި އަބަދުވެސް ފެއިލްވަނީ، ޤާނޫނެވެ.