މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ގައި ވޯޓުލުން ބޭއްވި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެއްވެސް ކަހަލަ ޖަރީމާއެއް ހިންގާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމޮޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބަށްފަހު ގިނަ ދުވަސްތަކަކަށްފަހު މީޑިއާއާ ބައްދަލުކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބު ޞައްޚަކަމަށް އަދިވެސް ޤަބޫލުފުޅުކުރައްވަން ދަތިކަމަށާއި، ފުލުހުން ތަހްޤީގު ކުރަމުންދަނިކޮށް ވޯޓް ކަރުދާސްތައް ނައްތާލުމަކީ އިލެކްޝަންސް ކޮމިޝަނުން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

އަކްރަމް ވިދާޅުވީ، ރިޔާސީ އިންތީޚާބުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާނީ ޤާނޫނުގެ ތެރެއިން، މިނިވަންކަމާއި، އިންސާފާއެކު ކަމަށެވެ.

"ރިޔާސީ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އެއްވެސް ކަހަލަ ޖަރީމާއެއް ހިންގާފައެއް ނުވާނެ، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔައީ ޤާނޫނުގެ ތެރެއިން، މިނިވަންކަމާއި، އިންސާފާއެކު" އަކަރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ގުޅިގެން ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްވި ހުކުމުން، ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަން އިތުރަށް ކަށަވަރު ވެފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށްބުނެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލެއްވި ކުރީގެ ރައީސް ޔާމީން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރެއްވީ، އިންތިޚާބު ބާތިލް ކުރަންޖެހޭ ފަދަ ކަމެއް ހިނގާފައިވާކަން އެ ކޯޓުގެ ޝަރީއަތުގައި ޕީޕީއެމް އަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި، ނަމަވެސް އެ ކަންކަން ފުލުހުން ތަހްޤީޤު ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

އިންތިޚާބާ ގުޅޭ މައްސަލަތައް ޕީޕީއެމް އިން ހުށަހެޅުމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަމުން ދަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ކަރުދާސްތައް ނައްތާލާފައެވެ. ތަހްޤީގު ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސްތައް ނައްތާލި މައްސަލައިގައި އީސީގެ ރައީސް އަޙްމަދު ޝަރީފް ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކުރެވުނެވެ. ނަމަވެސް އީސީން ބުނެފައިވަނީ ކަރުދާސްތައް ނައްތާލިއިރު، މައްސަލަ ތަހްޤީގު ކުރަމުންދާކަން އެ ކޮމިޝަނަށް އެނގިފައި ނުވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ނިމިފައިވާއިރު، އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބެއްވުމަށް އެ ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 އެޕްރީލް މަހުގެ ފަހުކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދެން ހީހީ

    ފާޅުގައި ޖަރީމާ ހިންގާ މީހުން އެކަމަށް ދުވަހަކުވެސް އެއްބަސްވާކަށް ބޭނުމެއް ނުވާނެ

  2. އީސީފޫ

    ދެންކީއްވެ އަވަސް އަރުވާލައިގެން ވޯޓް ކަރުދާސްތައް ނައްތާލީ، ހެކިފޮރުވުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ނުކުރެވޭނެތަ؟

  3. ހަނދާންކުރޭ

    މަޖިލިސް އިންތިޚާބު ނިމުނީމާ، ޝަރީފު ލައްވާ ތި ޖަރީމާ ހިންގުވާ މީހުން ޝަރީފުއާ ދެކޮޅަށް ނުކުންނާނެ. ޝަރީފުގެ ބޭނުން ކެނޑޭނެ. އާޚިރަތް ދުވަސް އޮތްކަން ޝަރީފަށް އަދި އީސީގެ މެންބަރުންނަށް ހަނދާން ކޮށްދެން

  4. މަންޓޭ

    ކަލޭމެން ހިންގި ޖަރީމާގެ ނަތީޖާ މިއޮއް ފެންނަނީ

  5. މިއަދު

    ސްޕްރިންކޯޓުގެ ނިންމުންތައް ހުރިގޮތް މިއަދު ދިވެހިންނަށްއެގޭ އެހެންވީމަ ސްޕްރިންކޯޓޭ ނުކިޔާ ނިމިދިޔަ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ބޭއްވުނު އެއްމެ މަކަރުވެރިއޮޅުވާލުން އޮތް އިންތިޙާބު އެކަން ސާބިތުވާ ކިތައް ކިތައް ކަންތައްތޯއެހުރީފެންނަން މަތްﷲ ގަންދީ ހުވާކޮށްފައި ޝަރީފް ބުނެދީބަލަ
    1 ވޯޓުކަރުދާސް ޕްރިންޓް ކުރުމުގައި ކެމިކަލް ބޭނުން ނުކުރަމޭ
    2 ތުޑުލެއްވި އަގޮޓި ވޯޓުގައި ބޭނުން ކުރުމަށް ނުގެންނަމޭ
    3 ވޯޓް ގެ ދުވަސްވަރު ރިސްވަތު ނޫންނަމަވެސް ހަދިޔާގެ ގޮތުގައި ފައިސާ ނުލިބެޔޭ
    4 ދައުލަތުގެ ޚަރަދުން ބޮޑުހެދަކޮށްގެން ގެނައި ސްކޭނިން މެސިންތަކުގެ ބޭނުން ހުރިހާ މަރުކަޒެއްގައި ކުރިޔޭ
    މިހިރަމިހިރަ ކަންތައް ހުރުމުގެ ސަބަބުން ޕޮލިހުންތަހުގީކު ކުރަމުން ގޮސްގޮސް އޮއްވައި ވޯޓުކަރުދާސްތައް ނައްތާލުމަކީ އެކަން ސީދާ ސާބިތުވުން

  6. މަސްވެރިޔާ

    ދިވެހިރާްއްޖޭގެ ރައްޔިތުންގެ އެއްވެސް އިތުބާރެއް އީސީ އަކަށް ނެތް... ސްޕްރިމް ކޯޓްގެ ވާހަކަ ދެއްކުމަށްވުރެ ރަގަޅުވާނީ އެވާހަކަ ނުދެއްކިއްޔާ. ޝޡަރުއީ ނިޒާމުގެ ހާލަތު އޮތީ ވަރަށް ގޯސްކަމަށް ދޭހަވާ ގޮތަކަށް ހުވާކުރި ދުވަހު ރައީސް ސޯލިހު ވިދާޅުވި ނުންތޯ. އަދި މަޖުލިސްގެ މެންބަރ އަލްއުސްތާޒް އިމްތިޔާޒް ފަހުމީ މަޖުލިސް ތެރޭގަ ވަނީ ކަންހިނގާ މަގު އަޑު ހަރުކޮށް ކިއުއްވާފަ. އީސީ އަށް ޗޭންޖެއް ބޭނުންވޭ.

  7. ވަގު ވޯޓް

    މަށެއް ނެތިން ދެން ރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވޯޓުލާކަށް. ކީއްކުރަން ކުރާ ބޭކާރު މަސައްކަތެއް. އީސީ އެއްކޮށް އިސްތިއުފާދޭން ގޮވާލަން. ކަލޭމެން ތިތާތިބެގެން ހުރިހާ މަގާމެއް ނީލަން ކިޔުން ނޫން ކަމެއް ނުކުރޭ. މިހާރު މިތާ މި ހިނގަނީ ޑިމޮކްރަސީ އޮފް މަނީ. ޕަވަރ އޮފް މަނީ

  8. Anonymous

    ކަލޭމެން ޕީޕީއެމް މެމްބަރުންގެ އެތައްހާސް ރީރަޖިސްޓަރީ ފޯމް ނައްތާލީ، އަދި ކޮރަޕްޝަނަށް މަގުފަހިކޮށްފަ ބޮޑުއަގުގައި 7 ފީޗާސް ލާފަ އެމްސެވެން އިން ވޯޓުކަރުދާސް ޗާޕްކުރުމުގެ ބޭނުމަކީ ކޮބާ؟؟، ޗައިނާއަށް ބަޔަކު ފޮނުވައިގެން ކޮންގަނޑެއްގަތީ؟؟ޗައިނާއިން ގެނާ އަނގޮޓި ފުރަތަމަވެސް ޓެސްޓްކޮށްފަ އީސީި ޝަރީފޫ ބުނީ މިކަންމިއޮތީ ނިމިފައޭ، އަދި ތިމީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާހާ ބިލިއަން ފައިސާތައް ސްޓޭޓްމެންޓުން ފެންނަންއެހެރީ، ދެން ޖަރީމާ ހިންގީއޭ ނުބުނެ ބުނަންޖެހެނީ ތެދުވެރި އަމާނާތެރިކަން ހިންގީއޭތަ؟؟

  9. ހަހަހަ

    މިސްކިތުގައި ހުޅުޖެހި ސޮރުވެސް ތިކަހަލަ އެއްޗެކޭ ދޯ ބުނީ. އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމޮޝަނުގެ މެންބަރު އަޙްމަދު އަކްރަމް 4* ވިދާޅުވެއްޖެއެވެ.

  10. ޑިމޮކްރަޓިސްޓް

    ހިންގި!!!! ކާކުހޭ ޖަރީމާ ހިންގާފަ ހިންގީމޭ އަމިއްލަޔަށް ބުނާނީ!!!! ރައްޔިތުން ގަޅިހައްދަން އަދިވެސް ތިއުޅެނީ!!!! އެހެންނޫންނަމަ ރިޝްވަތުބެހި ކަމުގަ ޖަލަށްހުކުމްކޮށްފަތިބިމީހުންވެސް އަމިއްލަޔަށް އެއްބަސްވީހެއްނު؟؟؟؟

  11. ާއައްޑޫ އަލިބެއްޔާ

    ވޯޓު އޮޅުވާލައިގެން ގެނައި ވެރިކަން ބަދަލު ވާ ދުވަހަު ކަލޭ މެން ގަން ހިންގާނަން..
    މިއަދު ކަލޭ އަނގަ ފުޅާ ކުރޭ.....

  12. އައްޑޫ މީހާ

    ރިޔާސީ އިންތިހާބުގައި ޖަރީމާއެއް ނުހިންގާ ކުޑަ ފައިސާކޮޅަކަށް ވިކުނީ އަދި ވީގޮތަކީ ފުލުހުން ވޯޓްކަރުދާސްތަށް ޗެކުކުރަން އުޅުނު ހިސާބުން ކުޑަކޮށް ހުން އަންނަކަހަލަ ގިޮތެއްވެފަ އޯކަށްދެމި ހޮޑުލެވޭކަހަލަ ގޮތެއް ވެގެން ފާޑެއްގެ ޕޮލިޓިކްސް އެލާޖިކެއް ވެގެން އަވަސް އަރުވާލައިގެން ކަރުދާސްކޮޅު އަންދާލެވުނީ ދެން އެބޭފުޅުން ހިންގި ޖަރީމާއެއް ކިހިނެއް ފެންނާނީ؟

  13. ހޭޔަންބޯ

    އާނ ތީ އިންސާނުންގެ ސިފާގައި ތިބި މަލާއިކަތުން ތަކެއްވިއްޔާ ،، ﷲ އިރާދަ ކުރެއްވިއްޔާ ތިޔަ ބައިގަޑު ފަލީހަތް ކުރައްވާނެ އިންސާﷲ

  14. ހަސަންބެ

    ވަގުވޯޓް ވަގުވޯޓް ވަގުވޯޓް ވަގުވޯޓް ޝަރީފު ވޯޓް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ވޯޓް އޮޅުވާލިކަމަށް ބުނަމުންދަނިކޮށް ކަރުދާސްތައް އަންދާލީ ކީއްވެތަ ގާނޫނީ މުއްދަތު ހަމަވިނަމަވެސް މިހާލަތުގައި އެންމެ ރަގަޅުގޮތަކީ ނަޒާހަތްތެރިކަން ޢައްމުންނަށް ދެއްކުމަށްޓަކައި ވޯޓް ކަރުދާސްތައް އަންދައި ނުލައި ބެހެއްޓުން މިކަން ވަގުވޯޓް ޝަރީފަށްވެސް ރަގަޅަށް އެގޭނެ

  15. Anonymous

    މިކަލޭގެމެން އެއިރު ހާދަ ދަތުރެއްވެސްކުރިއޭ ޗައިނާއަށް ދޮތަ؟؟ ވޯޓްނެގުމުގެ ކުރިންވެސް ކިތައް ފްރެންޑުންނަށް މެސެޖުފޮނުވީ އިބޫއަށް %60 ޔާމީނަށް %40ޕަސެންޓޭ، އެގިފައިވަނީ މިއީ ކުރީއްސުރެން ޕްލޭންކޮށްފައިވާ ފިގަރ އެއް ކަމެވެ.

  16. ރަންނަމާރި

    ކޯންޗެކޭ ކިޔާކަށް ތީ ރިޝްވަތުކާބައެއް.

  17. ދދދދދދ

    ޖަރީމާ ހިންގި ވާހަކައެއް މީހަކު ނުދައްކާ. ފަސްމާމުލު 5 ވަގުންގެ ވާހަކަ ކީމަ ދަލު ބޭރުން ޖެހެނީޔޯ؟ އެއީ އަހަރުމެން، ކުޑައިރުއްސުރެ ކިޔާ އުޅޭ ވާހަކައެއް.

  18. ހުސެއިނީ

    އަހަރެމެން ޝަރީފް ދޫކޮށެއް ނުލާނަން ޝަރީފް ހަނދާން ބަހައްޓާތި ކަލޭ ލާރި ނަގައިގެން ތިހިންގި ޖަރީމާ.

  19. ބުއްަްބޭ

    ސިންގަޕޫރުގެ ބޭންކް އެކައުންޓްތަކަށް ވަނީ ކޮންތާކުން ހޯދި ލާރިއެއްތަ؟

  20. ލަބީބު

    ކަލޭ ވޯޓުއޮޅުވަލަން ކުރި އެންމެ ގަދަ މަސައްކަތް ކިޔާލާ!
    * އެމްޑީޕީ ، ޖޭޕީ ، އަދާލަތު ، މައުމޫނުގެ މީހުން އިސްވެތިބި 176 ފޮށީގެ ވޯޓު ނަތީޖާ ކިޔަން ކަލޭ އަންގާފައޮތީ ވޯޓުތައް ގުނުމުގެކުރިން. އެމީީހުން އެކަންކުރި! ދެން ކަލޭ ކުރިކަމަކީ ފޮށިތައްލިބުމުން ނަތީޖާ ކީ ޢަދަދަށް އެފޮށިތަކުގެ ވޯޓު ބަދަލުކުރީ! އެއީ ޔާމީންގެ ވޯޓުތައް ނަގާފަ އިދިކޮޅަށް އެ ޢަދަދަށް ވޯޓުއެޅީ!
    * ކަލޭ އަނގޮޓިތަކެއް ހަދައިގެން ގެނައީ އަޞްލުގައި ރައީސް ޔާމީން މޮޅުކުރަން. ރައީސް ޔާމީން އެގޮތް ޤަބޫލުނުކުރީމާ އިދިކޮޅަށް އެގިއްޖެނަމަ ފަޅާއަޜާނޭކަމުގެ ބިރަށް އަގަތައް ބަންދުކުރުމަށް އެ އަގޮޓިތައް ދިނީ އިދިކޮޅު މީހުނަށް. އެމީހުން އޭގެ ބޭނުންކުރި!
    * ރީރެޖިސްޓްރޭޝަނަށް ޕީޕީއެމް އިން ހުށައެޅި ފޯމުތަކުގެތެރެއިން 15000 ފޯމު ކަލޭވަނީ އަންދާލާފަ! އެ 15000 މީހުން އެއްވެސްތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފާނެތުމުން އެމީހުން ވޯޓެއް ނުލައި! ވޯޓުވަގު!

  21. ސައްތާރު

    އީސީ ޝަރީފޫޫ ކަލެއް ހީކުރީ ލާރިގަނޑުކައިގެން ރައްޔިތުންގެ ހައްގަކަށް އަރާފަ ދުނިއުމުރު ކަލޭޭޭެގެ އާއިލާމީހުންނަށް ހަރަދުކޮށްގެން ހުރެވޭކަމެއްތޯ؟؟