ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެއިޑްސް ބައްޔަށް ޓެސްޓް ކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން އިންތިޒާމްކުރާ "ނޯ ޔުއަރ ސްޓޭޓަސް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު އިފްތިތާޙްކޮށްދެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެއިޑްސް ބައްޔަށް ޓެސްޓް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ވީހާވެސް ގިނަ މީހުން އެއިޑްސް ބައްޔަށް ޓެސްޓްކުރުމަށް ގޮވާލައްވައިފައެވެ. އަދި ވަކިން ޚާއްޞަކޮށް ވީހާވެސް ގިނަ ޒުވާނުން އެއިޑްސް ބައްޔަށް ޓެސްޓުކޮށް އަމިއްލަ ހާލަތު ދެނެގަނެ، މި ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއިމެދު ހޭލުންތެރިވެ އެވާހަކަތަށް ދެއްކުމަށް ނައިބު ރައީސް ގޮވައިލެއްވިއެވެ.

މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އެއިޑްސް ބަލިން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން ހުރިހާ ދާއިރާއެއް ހިމޭގޮތަށް ހިންގާ އެކި އެކި ޕްރޮގްރާމްތައް ބެލުމާއި ހިންގުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި، މި ނިޒާމު ޤާއިމުކުރެވިގެންދިޔުމަކީ ޚަރަދުކުޑަވެ، ފަސޭހައިން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވާނެކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވަނީ ރާއްޖޭގައި އެއިޑްސް ޖެހޭ މީހުންގެ މިންވަރު އިތުރުނުވެ ހިފެހެއްޓިފައިވުމީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި، މިފަދަ ކާމިޔާބީއެއް ހާސިލްކުރުމުގައި އެއިޑްސްއަށް ޓެސްޓުކޮށް އެމީހެއްގެ ހާލަތު ދެނެގަނެވިފައި އޮތުމަކީ މިބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައިފައެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެއިޑްސް ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ މަސައްކަތް ފާހަގަކުރައްވައި މިފަދަ ތަންތަނަށްދެވޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ބާރުއެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނު

    އުޅެވިފަތިބިގޮތުން ކިތަންމެ ފޮރުވައިގެން އުޅުނަސް އަމިއްލަހިތުގަ ސައްކުއުފޭދޭނެ. ތީ ގްރޫޕް އެންމެން މަހަކު އެއްފަހަރު ޓެސްޓްކުރުން ބުއްދިވެރި.

    1
    1
    • ޢައިސާ

      ތެދެއް. ޑިވެހި ރައްޔިތުންނަށް އެނގޭ

  2. އަންނި

    އަނެއްކާ ކަމެއް ކުރެވުނީތަ...

  3. ޑިމޮކްރަޓިސްޓް

    ޑްރާމާ ކުޅުންނޫންކަމެއް ކޮށްބަލަ!

  4. عبدالله

    ތިމާގެ ހިތުގައި އެފަދަ ކަމެއްގެ ޝައްކުކަމެއް އޮތް މީހަކު އެކަން ކުރާނެއެވެ.