ސްޓެލްކޯ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ސްޓެލްކޯ އާއި އެމްޕީއެލް އަށް ޕްރައިވަޓައިޒޭޝަން ބޯޑުން މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަަދު ނިޒާރު ވިދާޅުވީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ސ.ހުޅުދޫ ވާރުގެ ޝާހިދު އަލީ ކަމަށެވެ. ޝާހިދަކީ ނަޝީދުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ވަހީދުގެ ވެރިކަން ނިމި ޔާމީންގެ ވެރިކަން ފެށުމާއި ހަމައަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވީ ހ.ސަންދަލީގެ ހަސަން މުގުނީ އެވެ. އޭނާ އަކީ ވެސް ނަޝީދުގެ ވެރިކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ބޮޑެތި ކުންފުނިތަކަށް ގެންދަވަނީ ވެރިން އައްޔަން ކުރައްވަމުންނެވެ. ނަމަވެސް ބޮޑެތި ކުންފުނިތަކަށް ވެރިން އައްޔަން ކުރެއްވުން ލަސްވެ ކުންފުނިތަކުގެ ހިންގުން ހުއްޓިފައި ވާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދިވެސް ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފެނަކަ ފަދަ ކުންފުނިތަކަށް ވެރިން އައްޔަން ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީދު އިސްތުފާދިން 3 އަހަރުގެ ވެރިކަމުގަ އެސްޓީއޯ އެމްޑީ އަކައްހުރު ސާޑްވަނީ ރ.އަތޮޅު ފުރަވެރި ނަގާ އަމިއްލަ ރިސޯޓެއް ތަރައްގީކޮއްފަ. މިފަސް އަހަރުނިމޭއިރު ކިތައްރައް މިފަހަރު ކާލާނެބާ

  2. ސިވިލް ސަރވިސް ޕެރެލައިޒް ވެފައި އޮންނާތީ ވަރަށް ކަންބޮޑުވޭ... ސިވިލް ސަރވިސްގެ ވަޒީފާ ތަކަށް މީހުން ނެގުމުގެ މަސައްކަތް ފެށޭނެ ގޮތެއް ހަމަޖައްސަވާދެއްވުން އެދި ސަރުކާރަށް ގޮވާލަން... ނިކަމެތި ރައްޔިތެއް