ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް

ޗެނަލް 13 އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަބުރަށް ހުތުރުވާގޮތަށް ޕްރޮގްރާމްތައް ގެނެސްދޭކަމަށް ބުނެ ޖުމްހޫރީ ޕާޓީން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފާ މައްސަލަ ބަދަލުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު "ވަގުތަށް" މައުލޫމާތުދެމުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު، ޕަބްލިކް ރިލޭޝަންގެ ކޯޑިނޭޓަރ އަޙްމަދު އަރުޝަދު އަލީ ވިދާޅުވީ ޖުމްހޫރީ ޕާޓީން އެކޮމިޝަނަށް ހުށަހަޅައިފާ މައްސަލަ ބަދަލުންދާ ކަމަށާއި މިކަމާ ބެހޭ އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

މިދިޔަ ހޯމަދުވަހު ޖުމްހޫރީ ޕާޓީން އެ މައްސަލަ ހުށަހަޅައި ވަނީ ގާސިމް އިބްރާހީމްގެ އަބުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ޚިލާފް ޕްރޮގްރާމްތައް ޗެނަލް 13 އިން ދައްކަމުންގެންދާ ކަމަށާއި ނަމަވެސް އެކަމާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު ނާޅާތީ ކަމަށް ބުނެއެވެ.

އެ ކޮމިޝަނަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި "ގާސިމްގެ އަނދިރި ފަރާތް" ގެ ނަމުގައި ޕްރޮގްރާމެއް ދައްކާނެ ކަމަށް ޗެނަލު 13 އިން އިސްތިހާރުކޮށް، އެ ޕްރޮގްރާމް ދައްކާފައި ކަމަށެވެ.

އަދި އެފަދަ ޕްރޮގްރާމްތައް ދެއްކުމަކީ ބްރޯޑްކާސްޓް ކުރުމުގެ އާންމު މިންގަނޑުތަކާ ޚިލާފް ކަމެއްކަމަށް ފާހަގަކޮށް އެ މައްސަލަ ބަލައި ދިނުމަށް ޖޭޕީން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މީހަކު މައްސަލަ ޖެއްސުމުން އެކަނި ދޯ ކަލޭމެނަށް ކަމެއް ަބަލަން އެގެނީ.

  2. އަބުރު އޮތްނަމަތާ އެއަށް އެރޭނީ.

  3. ގާސިމަކީ އަބުރު އޮއްމީހެއް ނޫން އިގޭތޯ ގައްދާރެއް ކުރިއައް ގެންދޭ

  4. އޮޅޭ ބޮޅޭ

    ތި ބުރުމާ އަކީ މިގައުމުގެ ހަލާކު. އަބުރޭ ކިޔައިގެން ވާހަކަ ނުދައްކާ މުވައްޒަފުންގެ މުސާރަ ކޮޅު ހަމައެއް ދީފަ އަދި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކަބަލަ. މިނޫނިއްޔާ މިގައުމުގަ މަހުޖަނަކުވެސް ނެތްދޯ. މި ގާސިމަކީ ބޮޑު ނޮހޮރުއްޕާނެއް މިހާރު. އިމާދުމެން ކަހަލަ ބަތާ ހަރާމީހުން ގާސިމުއަށް ސަނާ ކިޔާ ލިއުނަކަސް އަދި ކަމަކު ނުދާނެ.

    • ރީތި މޫސަ

      ޤާސިމް ކޮންމެސަރުކާރަކާއި ގުޅުމަށްފަހު ދެންބަލަނީ އެސަރުކާރެއް ފުނޑާލެވޭތޯ

  5. އަބުރޯ. ބުރޯ.

  6. ހާމިދު ދާއީ

    ޗަނަލް 13 ގެ ސީއީއޯ އެއޮތީ، މިހާރު ބްރޯޑް ކޮމްއަށް ލާފައި. ދެން ލަލަލާ!

  7. ޙަފްޞާ / މާލެ

    ވީޓީވީން އަބަދާއި އަބަދު ރައީސް ޔާމީންގެ ޢަބުރަށް އަރާ އެރުމޯ؟