ވިލާ ޕެޓްރޯލް ޝެޑް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

މި ގަވައިދަށް އިސްލާހު ގެނެސް އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ވަނީ ގެޒެޓްކޮށްފައެވެ. އެގޮތުން ހުޅުވާފައި ބެހެއްޓޭނީ ކަމާބެހޭ ގާނޫނާއި ގަވައިދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަންކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މީގެ ކުރިން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު ފަހަކުން މެންދަމު ބާރައަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަންތަނުގަ ހުޅުޖަހުވަން ފަސޭހަވާނެތާ، މިމީހުންނަކީ އެކަމަށް ވަރަށް ކުޅަދާނަބަޔެއްވީޔާ، މިނޫން ކޮންކަމެއްގަތޯ 24ގަޑިއިރު ތަންތަން ހުޅުވާފަ ބަހައްޓަނީ؟؟؟ މިހާރުވެސް ނުނިދާ މަސައްކަތެއްނެތި އުޅޭޕާޓޭއިން އެތިބެނީ ކާއެއްޗެއް ނުލިބެނީސްވެސް! ތަންކޮޅެއް ހަރުދަނާ ނިންމުންނިންމާ މީހަކަށް އިބޫވާއެބަޖެހޭނޫންތޯ!

  2. ކަމެއް ކޮށްފީމޭ ބުނުމުގެ ބޭނުމުގައިވެސް ތިޔަޒާތުގެ ކަންކަން ނުކުރެއްވިއްޔާ ރަނގަޅުވާނެއެވެ. ރޭގަނޑު މެންދަމު ޕެޓްރޯލް ނުލިބިގެން ޓެކްސީ ނުކުރެވޭ ޙާލަތަށް މިރާއްޖޭގެ ޙާލަތު އަދި ނުދެއެވެ.

  3. މިއޮތީގައުމު ހިންގިފަ

  4. ޒުވާނުން ސައިކަލަށް ޕެޓްރޯލް އަޅައިގެން ހޮޓާހޮޓަލުން ކައިގެން ޒިނޭ މާރާމާރީ މަޖާކުރުމުގެ ފުރުޞަތު ދީނިންމައިފި.