ދިވެހިރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހުގައި އޮތީ "ކޮލެރާ" އާއި "ސިގެއްލާ" ކަމަށް ވިދާޅުވެ 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ވިދާޅުވި ބަސްތައް ތަކުރާރު ކުރައްވައި ސިޔާސީ ލީޑަރުންނަށް އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެއެވެ.

މިވަގުތު ސިޔާސީ ޕޯޑިއަމްތަކުން ފެންނަމުން ނުދާ އުމަރު ނަސީރު "ވަގުތަށް" ދެއްވި ހާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ ރައީސް ޔާމީނާއި ދެކޮޅަށް ނަމަވެސް އިދިކޮޅު ކޯލިޝަނާއި އެކުގައިވެސް ނޫން ކަމަށެވެ.

"އަޅުގަނޑު ސަރުކާރާ އެކުގައިވެސް، ކޯލިޝަނާ އެކުގައިވެސް ނުފެންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި (މިއީ) ކޮލެރާ އާއި ޝިގެއްލާ." އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ކޮލެރާ އާއި ޝިގެއްލާއަށް ވޯޓު ނުދެއްވުމަށް އެދި ދިވެހި ރައްޔިތުންނަށް އިންޒާރު ދެއްވި ކަމަށާއި، ކުރިއަށް އޮތް އިންތިހާބުގައިވެސް ބުނާނީ އެހެން ކަމަށެވެ.

"އަޅުގަނޑު 2013 ވަނަ އަހަރު ހުރިހާ ދިވެހި ރައްޔިތުންނަށް މި އިންޒާރު ދިނިން. ކޮލެރާ އާއި ޝިގެއްލާއަށް ވޯޓު ނުދެއްޗޭ ކިޔާފައި. އަދިވެސް އަޅުގަނޑު ބުނަން އޮތީ އެވާހަކަ. 2018 ގައިވެސް އެވާހަކަ ބުނާނީ." އުމަރު ވިދާޅުވިއެވެ.

"ގިއަރު" ތަފާތު ވެދާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި، ދެ ވެރިކަމުގައިވެސް ފަނޑިޔާރުން ހައްޔަރުކޮށް ޤާނޫނު އަސާސީން ބޭރުން ކަންކުރައްވާފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

"ޤާނޫނު އަސާސީއާއި ހިލާފުވެ ނަޝީދު ވިދާޅުވީ ތިމަންނަ ދާނީ ޗާޓުން ބޭރުންނޭ، ޔާމީން ޗާޓު ބަދަލު ކުރެއްވީ. ފަނޑިޔާރުން ހައްޔަރުކުރުންވެސް ހަމަ އެހެން އިނގޭތޯ! ހައްޔަރު ކުރަންވީމަ ހަމަ ހައްޔަރު ކުރަނީ. ނަޝީދުވެސް ޔާމީން ވެސް ހަމަ ހައްޔަރު ކުރީ." ސިޔާސީ ލީޑަރުންނާއި މި ވެރިކަމަށް ފާޑުވިދާޅުވަމުން އުމަރު ނަސީރު ވިދާޅުވިއެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޮޑު ބައްޔަކުން ބަލިވި ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލާ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އަޑު ހަރުކޮށް މައިދާނުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އުމަރު ނަސީރު ހިމެނިވަޑައިގަތެވެ.

އުމަރު ނަސީރަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާނު ކުރެއްވި ސިޔާސީ ލީޑަރުވެސްމެއެވެ. ނަމަވެސް އެމަނިކުފާނުގެ އަޑު ސިޔާސީ މަޝްރަހުން ވަރަށް ބޮޑުތަނުން ފަނޑުވެފައިވާއިރު، އެމަނިކުފާނު އަރާވަޑައިގަންނަވާނެ ސިޔާސީ އޮޑިއެއް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ދިރާސާ

    އޮޑިއޮޑިޔަށް އަރާ ސިޔާސީ ފަރާތްތަށް ކޮރަޕްޓުވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.

  2. ހުސޭނު

    އެއޮޑިއެއްޖެހޭނީ ބަންނަން. އަރާކޮންމެ އޮޑިއަކުން ކައްސާލާގެން އުމަރު ވެއްޓެނީ ކަނޑަށް. އޮޑިފަހަރުގައި ތެޔޮލާފާ ހުންނަލެއް ގިނަކަމުން އެއްވެސްއޮޑިއެއްގައި އުމަރުގެ ފައެއް ހަރެއްނުލާ.

  3. ހައްލު

    މީ ކާކުތޯ؟ މީނައަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގަ ބަސްވިކޭމީހެއްނޫން. ކޮންމެސް މަޝްހޫރުކަމެއްހޯދުމުގެ ނިޔަތުގައި ނޫހަށް އިންޓަރވިއުދެނީ. ސިޔާސީގޮތުންވެސް އެއްވެސް ބުރަދަނެއްނެތް. ފޮނި އަނގައެއްތަަޅައިގެން ނަމަވެސް ޖާގައެއް ލިބޭތޯ އެއުޅެނީ. ކުރިން ޖޭޕީގެ ޓިކެޓުގަ ވާަދަކުރާނަމޭ ކިޔައިގެން ނޫސްތަކުގައި އަޑުއެރުވީ. އެކަން ނުވާނެކަން އެގުނީމަ އަލުން ކޮންމެސް ފޮނިވާހަކައެއް ދައްކަނީ.

  4. ާޔުުޫސެެޭ

    އުމަރު ދެލްވެސްނެތިީތަ

  5. ސާން

    ޢަދިކިރިޔާ ގުއި ޑަކްޓާ މިއެގުނީ

  6. ފާތުމަ

    އުމަރު ތީ މިހާރު މަމެން ކުރިމަތީ މީދޅަކަށްވެސް ނުފުދޭމީހެށް

  7. ހަހަހަ

    12 ދޫ ގެންގުޅޭ ގޮލައެއް ތީ، މި ރާއްޖޭގެ ސިޔާސީ މައިދާނުން އުމަރަށް ފުރުސަތެއް ނެތް

  8. ހަސަނު

    އަސްލަށް ބަލާއިރު، ބަޔަކު ޤަބޫލުކުރިޔަސް ނުކުރިޔަސް، އުމަރު އެބުނީ ރަނގަޅަށް. އެތާނގަ ސަހަލަތަކު ހަމައެކަތިވެސް ނެތް.

  9. ޒާ

    އެމަނިކު ފާނަކީ ވެސް ހަރުދަނާ މަނިކުފާނެއް ނޫން. އެހެން ތެޅެން ބަހައްޓާ.

  10. މުހައްމަދު ފިކުރީ

    ސާބަހޭ ޢުމަރާ ޖަމާޢަތެއް/ކެމްޕެއިން ގްރޫޕް ހަދަމާ ހިގާބަލަ ނިކަން އަވަހަށް

  11. ޝާން

    ނަގޫ ފިތިފަ ހުރީ ހަރުގަނޑުގަ. އެހެންވީމާ ހެލިލެވެންނެތްކަން ރައްޔަތުންނަށް އިގޭ. ހެލިލައިފިއްޔާ ދެން އޮތީ ޖަލުގެ ކުޑަ ގޮޅި.

  12. ކުއްތާތައް

    ތީ ބުމަރެއް! މާތާހިރުމީހެއްނޫން ތީކީ އަގަ ގަޅާކަށް.. ކޮލެރާގެ މިނިސްޓަރުކަން ކޮށްފަ، މިހާރު ސިގެއްލާ އާ ގުޅިގެން އުޅޭ ބައިގަނޑާ ގުޅިގެން އުޅޭ ބުރާންޗެއްތީ! ތީ ފިނޑިއެއް! ތީ ސެއްޅިއެއް!

  13. ބުއްޅަބޭޭ

    އުމަރުބޭ ދެން ގުޅެންވީ ޑީއާރުޕީ އާ، އެއިރުން ހަތެރެސްކަން ހަމަވީ! ކޮއްމެވެސް ޖަހާލަތު ޕާޓީއާ ނުގުޅޭތި! އެތާ މުޅިންވެސް ތިބޭނީ ތުބުޅިތެރޭ މަސްތުވާ ތަކެތި ލައިގެން އުޅޭމީހުން!

  14. މަހަށްދޭބަލަ

    ކޮބާ ހުންނާނެ މިހާރު ރަންރީނދޫ ޓްވިޓަރޭ މެންނަށް ރަނގަޅަށް ރާކަނި މަސް ކެވިފައި. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ ދެން ރަންރީނދޫ ޓްވިޓަރޭ މެން. މަހަށް ދޭބަލަ.

  15. ޖުނިޔަރ

    މިހާރު ރާއްޖޭގެ މަޝްރަޙް އޮތް ގޮތުން އުމަރު އެންމެ ރަގަޅީ...

  16. ބުރުހާނުއްދީން

    ސިޔާސީ މީހުންނަށް ރަނގަޅަށް ވެކްސިންދިނުމަަށް އައިޖީއެމް ހޮސްޕިޓަލަށްގޮވާލަން.

  17. ސާދާ

    ޢަންނިއާ ޔާނާ ވަރަށް ތަފާތު ޔާނުކުރާ ކަންތައްތައް އެބަ ފެނޭ ހޮސްޕިޓަލްގަ އެންޖޮއި ޕްލާސްޓީ ހެދޭ ކިޑްނީ ހިތް ކެންސަރ ގެ ބަލި ތަކުގެ އޮޕަރޭޝަން ތަކުގެ އަގު ސަރުކާރުންދޭ އަންނިގެ ވެތިކަމުގައަހުން ކިޑްނީ ޕޭޝަންޓެއް ގޮވައިގެން ދުވެ ދުވެ ހަރާންވީކަމެއް

  18. އަން

    މީނަ ގާސިމްއާއި އަންނިޔާ އެކު ޑީލެއް ހެދި ހަބަރު އެބަލިބޭ. އޭ ހޯތޯ މީހޯތޯ ބަލަނީ

  19. ދަތްދޫނި

    ބަލަ ކާކުތަ ބުނީ ކަލޭ ޕާރޓީ ތަކުން ޕޯޑިއަމް ތަކުން ފެންނާށޭ. ބަލަ ރައްޔިތުން ބޭނުމެއް ނުވޭ ތިކަލޭގެ ފެންނާކަށް. މިހާރު ރަޢީސް ކަން ނިލިބޭނެ ކަން ކަށަވަރު ވީމާ އަމިއްލަ އަށް ތިހިރަ ކޮސް ގޮވަނީ. މަނިކުފާނު ހުރީ ބުއްދި ސަލާމަތުންތޯ ވެސް ބަލަންޖެހޭ.

  20. މަސްރަހު

    އުމަރު ނަސީރު އެވިދާޅުވީ ތެދު ފުޅެއްް
    އު މަނިކުފާާނީ އެ ހުންނަވާ ގޮތއް ގައި ހުންނަވާ ރައްޔިތުން ނައް ހަޤީޤތް ހާމަ ކުރްވާ ބޭފުޅެއް
    މީ ޙަޤީޤަތް

  21. ްާގާސިމޫ

    އުމަތަކީ މި ބަލުތަކުގެ ޖަރާސީމު. ޤާސިމުގެ ދުވަސް ދުއްވާލީ ޔާމީނު ކަރުގަ ހިފަން އުޅުނީ މިހާރު އުޅެނީ ބައިވެރި ވާނެ ބައިވެރިއަކު ނުވެގެން.

  22. ހުސޭނުބޭ

    ގައުމު ފަސާދަކުރުމަށްވުރެ ތިގޮތްވެސް މާ ރަގަޅު.

  23. ޖާދުވީ

    އުމަރަށް ރައީސް ޔާމީން އަދިވެސް އިތުބާރު ކުރޭ އަޅުގަޑަށް މިކަން ވަރަށް ރަގަޅަށް އިގޭ ސަރުކާރުގެ އޮޑިޔަށް އަރާ އަވަހަށް ޤައުމަށްޓަކައި

  24. ޖޮއްބެ

    އެމްޑީޕީ އަކީ މިގައުމަށް ޖެހިފައިވާ ކެންސަރެއް......!!!

  25. ނަސީދު

    އެއްވެސްއޮޑިއްކަށްއަރާނެ ކަމެއްނެތް. ތީހަމަ ފިނޑިއެއް. މަގާމެއްދިނަސްމާބޮޑުކަމެއްކުރާކަށްނުކެރޭ...

  26. ހާމިދު ދާއީ

    އުމަރު އެދައްކަވަނީ ރަނގަޅު ވާހަކައެވެ. ދެ ގޮތްވެސް ގޯހެވެ. މިއަދު އަމިއްލެއަށް އުފެއްދި ޕާޓީ އޮވާ ނުލާ އޮތްނަމަ، އަޅެ ކިތަންމެ މަދު މީސްކޮޅަކައިގެންވެސް އޭނާ ގޮވާލަމުންދާ ސިގެއްލާއާއި ކޮލަރާ އާ ދުރުވާން އެބުނާ ބަހައިގެން ކުރިއަށް ދެވުނީހެވެ.

  27. ހިތްވަރުދޭ ވަގުތު ނޫސް

    ޤައުމަށް ހެޔޮ އެދޭ މީހަކީ އުމަރު... ޤައުމަށް ހެޔޮއެދޭ ވެރިއަކު ބޭނުމިއްޔާ އުމަރު އިޚުތިޔާރު ކުރޭ..

  28. Anonymous

    ތީ ބުމަރެއް! މާތާހިރުމީހެއްނޫން ތީކީ އަގަ ގަޅާކަށް.. ކޮލެރާގެ މިނިސްޓަރުކަން ކޮށްފަ، މިހާރު ސިގެއްލާ އާ ގުޅިގެން އުޅޭ ބައިގަނޑާ ގުޅިގެން އުޅޭ ބުރާންޗެއްތީ! ތީ ފިނޑިއެއް! ތީ ސެއްޅިއެއް!

  29. ނަސީދު

    އައި.ޑީ.ޕީ ފައްތާލި،ޑީ.އާރު.ޕީ،ފައްތާލި،ޕީ.ޕީ.އެމް ނުފެއްތުނީމަ ޔާމީން ދެކެ ރުޅި އައީ ދޯ