ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅުންހުރި މައުލޫމާތު ވަޒީރުންނަށް މިއަދު އަރުވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އިސްނަންގަވައިގެން ކުރިއަށް ގެންދެވި މި ސެޝަނަކީ ހުރިހާ އިންތިޚާބީ އަދި އައްޔަނު ކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ތިމާވެށި ރައްކާތެރި ކުރުމާ ގުޅޭ ޕްރޮގްރާމްތައް ހިންގުމުގެ ވައުދާ ގުޅިގެން ކުރިއަށް ގެންދެވި ސެޝަނެކެވެ.

ތިމާވެއްޓާބެހޭ ވައުދުތަކުގެ މަޢުލޫމާތު ވަޒީރުންނަށް ދިނުމަށް ބޭއްވި ބައްދަލުވުން – ފޮޓޯ: ރައީސް އޮފީސް
ތިމާވެއްޓާބެހޭ ވައުދުތަކުގެ މަޢުލޫމާތު ވަޒީރުންނަށް ދިނުމަށް ބޭއްވި ބައްދަލުވުން – ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ސެޝަންގައި، ދައުލަތުގެ ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތިމާވެށީގެ މިހާރުގެ ހާލަތާއި، ރާއްޖޭގެ ތިމާވެށީގައި ހިއްސާވާ އެކިއެކި ދިރުންތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތަކާއި، ތިމާވެއްޓަށް ކުރިމަތިވާ ނުރައްކަލާއި، އެކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    އީކޯ ކެއަރ އަކީ އަހަރެމެން ކުރިން ވަރަށް ބަލައިގަތް ޖަމިއްޔާއެއް. އެކަމަކު ޒާހިރު މިހާރު އެތަންވެސް ސިޔާސީ ކޮށްފި. ހީކުރަން މ.ޒ. މި މެސެޖް ކިޔާނެކަމަށް.