ގއ.އަތޮޅު ކައުންސިލްގެ މެމްބަރުން

ދިގު ތިން މަސް ދުވަހުގެ ސަސްޕެންޝަނަށް ފަހު ގއ. އަތޮޅު ކައުންސިލް ބުދަ ދުވަހު އަލުން ރަސްމީކޮށް ކައުންސިލްގެ މަސައްކަތަށް ނުކުމެ ސަރުކާރަށް ވަރުގަދަ އިންޒާރެއްދީފިއެވެ.

ތިން މަސްދުވަހަށްފަހު އެނބުރި ކައުންސިލްގެ މަސައްކަތަށް ނުކުންނެވުމަށްފަހު ގ.އ އަތޮޅު ކައުންސިލެގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ، ކައުންސިލް އެއްކޮށް އެނބުރި މި އައީ ވަރަށް ގަދަކޮށް ކަމަށެވެ.

"ކައުންސިލްތަކަށް ބިރު ދައްކައިގެން އެއްވެސް ކަމެއް ހާސިލު ނުކުރެވޭނެ. ރަސްމީ މަސައްކަތަށް ވުރެ މިވަގުތު ދިވެހި ރައްޔިތުންނަށް މުހިއްމު ވަނީ ސަރުކާރު ހަމަ މަގަށް އެޅުވުން" ފުއާދު ވިދާޅުވިއެވެ.

އެއްވެސް އިތުުރުކަމެއް ކުރެވޭނީ ސަރުކާރު ސައިޒުކޮށްފައި ކަމަަށް ވިދާަޅުވެ ފުއާދު ވިދާޅުވީ އެލްޖީއޭ އަށާއި ހޯމް މިނިސްޓަރު އަޒުލީން އަށްވެސް ދަންނަވަން އޮތް ވާހަކައަކީ، ކައުންސިލްތަކަށް ބިރު ދައްކައިގެން ކުރަން އުޅޭ އެއްވެސް ކަމެއް ހާސިލް ނުވާނެކަމަށެވެ.

ފުއާދު ވިދާޅުވީ ކައުންސިލްގެ މަސައްކަތަށް އެނބުރި ނުކުތުމާއެކު ފުރަތަމަވެސް ލާމަރުކަޒީ ގާނޫނާއި ޚިލާފަށް ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔަކު، ސެކްރެޓޭރިއޭޓްގައި ހިމެނޭ ސިވިލް ސާވިސްގެ މުއައްޒަފުންގެ ތެރެއިން ހޮވުމަށް އަންގާފައިވާކަމަށެވެ.

" ކައުންސިލް އުވާލިޔަސް އެއްވެސް ބިރެއް ނުގަންނާނެ. އަދި ދެވަނަ ފަހަރަށް ސަސްޕެންޑް ކުރިއަސް އަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނެ " ފުއާދު ވިދާޅުވިއެވެ.

ވިލިނގިލި އަތޮޅު ކައުންސިލް ގައި ހިމެނޭ ތިން މެންބަރުން އެއްކޮށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ސަސްޕެންޑްކުރީ، އިޖުރާއަތްތަކާ އެއްގޮތައް ހުއްދައް ނުހޯދައި ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރިކަމަށް ބުނެއެވެ. ވިލިނގިލީ ކައުންސިލަރުން މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބައްދަލުކުރީ، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔިތުން

    ހެޔޮވެރިކަމެއް ނުހިނގާނެ ހެޔޮ ވެރިން ތިބެގެންނޫނީ - މަރުހަބާ ރައްޔިތުންގެ ވެރިންނަށް

  2. ޢަލީ / ވިލިގިލި

    ގަދަބަސް ނުބުނޭ! އިމްތިޙާނުން ފާސްވޭ! ދުނިޔެއަކީ އިމްތިޙާނެއް! ތިބޭފުޅުން ތިޔަ ގޮނޑިޔަށް ހޮވުނު ހޮވުންވެސް އެއީ އިމްތިޙާނެއް! ﷲގެ ޢަޒާބު ގަދަފަދަވެގެންވާކަން ދަނޭ!

  3. ދެފައިކޮޅު ތުރުތުރު އަޅާނީ. އެކަމަކު ބިރެއް ނުގަނެޔޯ. ހެހެ.

  4. ބަލަ ތިކަހަލަ ކަށިންހިއްވަރުނެގިޔަސް ސައޒް ވާންދަސްކުރޭ އިޔަޕާޓީއަކީ ބަިގަޑެއް

  5. ގަދަބަސް ބުނައްޏާ އަނެއްކާވެސް ސަސްޕެންޑް ކޮށްލަން ވަރަށް ފެނޭ....

  6. ބުއްޅަބޭޭ

    ވާސަރީ! ހާދަ ގަދަ ފުވާދަކޭ ތިއީ. ފުވާދު ކަލޯ، އެއްމެ ކުއްލިޔަކުން މުޅި ކައުންސިލް އެއްކޮށް އުވާލުމުގެ ބާރު އެބައޮތޭ! ތި ތިންމީހުނަށްވުރެ 12 މެމްބަރުން މާ ގަދަ ވާނެ!

  7. މީ ކައުންސިަރުންގެ ހާަލަކީ.މިމީހުން ސަރުކާރައް ފާޑުކިތީ އަޖައިބުވެއްޖެ. ކައުންސިލްތައް އުވާަންވީ

  8. ޢައްދޭ. މީ ކާކު؟ މާސައިޒް އޮޅިގެން މިއުޅެނީ.
    ތަނެއްގަ ހުރި ފަޑުއްކަ އެއް ތީ.

  9. އެމެންގެ އިންޒާރާގުޅިގެން މަމެންގެ ޕިންކީ ސަރުކާރުގެ ރައްދުވެސް ވަރުގަދަވާނެއޭ!! އަނބުރާ ރައްދުނުކުރެވޭވަރުގެ ރައްދެއް އެމެންނަށް ދޭންވާނެއޭ!! މަމެންގެ އޯސަމް އެންޑް ބިއުޓިފުލް ސަރުކާރާކީ ސުޕަރ ޓައިޓޭނިއަމް ސަރުކާރެކޭ ތިޔަހެން އަދި ތެހެލާނުމެން ފުއްޕާލިޔަސް އެހެލާނުމެން ބިރެއް ނުގަންނާނެއޭ.. އަނަދަރ ސަސްޕެންޗަން ކުއިކް ގޮތަކަށް ދިނީމައޭ މަމެން އުފާވާނީ..ކުއިކް ކުއިކް ކުއިކް

  10. ތެހެލާނުން

    ތެހެލާނުމެން ތިޔަހެން އަދި ފުއްވާލިޔަސް މިހިލާނުންނަށް ކަހެރުވަކެކޭވެސް ހީނުވާނެ.. ތަހެލާނުން އަދިވެސް ސައިޒުކުރާނަން..

  11. މަށަށް އޮޅިއްޖެ! ދިވެހި ސަރުކާރު ހިންގަނީ ރައްޔިތުންގެ ކަންތައްތައް ބަލަނީ ގދ. ކައުންސިލުންތަ؟