ގޭންގްތަކާއި މަޝްވަރާ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، މިހާރުގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފަށް ރައްދު ދެއްވައިފިއެވެ.

ގޭންގުތަކުގައި އުޅޭ ޒުވާނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައި އެކަންކަމަށް ހައްލެއް ގެނައުމަށް ގޭންގްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ ސަރުކާރު ފަރާތުން ގޭންގްތަކާ ވާހަކަ ދައްކާ މިނިސްޓަރަކުވެސް އެކުރައްވަނީ ޤާނޫނީ ކުށެއްކަމަށާއި، މިކަން ވަނީ ރާއްޖޭގައި ގޭންގްތަކާ ބެހޭ ޤާނޫނުން މަނާކުރެވިފައެވެ.

"ގޭންގްތަކުގައި ކުދިންނެއް ނޫޅޭނެ، އެއީ ރޭޕިސްޓުންނާއި މާޑަރާސް. އެމީހުން އިޖުތިމާއި މަސައްކަތްތަކަކަށް ނުނެރެވޭނެ" އުމަރު ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ގޭންގްތަކުގެ މެދުގައި ހިނގާ ކަންކަން ވަޅި ނުޖަހާ ހައްލު ކުރާނީ ކިހިނެއްތޯ ބަލަން މަޝްވަރާއަށް ދައުވަތު ދެއްވާ ކަމަށެވެ.

"ވަރަށް އޯޕަންލީ އިންވިޓޭޝަނެއް މި ދެނީ އަޅުގަނޑުމެންނާއެކީ ރީއްޗަށް އިށީންދެގެން ވާހަކަދައްކައިގެން އިތުރަށް އެއް ބަޔަކު އަނެއް ބަޔަކު ވަޅި ހަރައި މަރާ އެކަން ނުކޮށް، ކިހިނެއްތޯ އެކަން ހައްލުކުރާނީ." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފް ގޭންގްތަކާއި މަޝްވަރާ ކުރައްވަން ނިންމެވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. އެދުރުބެ

    ޢުމަރު ނަޞީރުވަރެއް ނެތް

  2. އެދުރުބެ

    ޢުމަރު ނަޞީރަކީ މީހަކު ބުނާހާގޮކަކަށް އެނބުރޭމީހެއްނޫން! އެތިބި ރީކޯމެން ނިކަން ބަލާބަލަ އުޅޭވައްތަރު! ހީވަނީ އެނބުރޭ ވަހްތާނެއްހެން ! އެއީ ގައުމުދެކެ ލޯބިވާ މީހުންނެއްނޫން! އެއީ ގައުމަށް ގައްދާރުވާމީހުން

  3. އެދުރުބެ

    މަހްލޫފަކީ ގޭންގްތަކުގެ ލީޑަރޭ ! އެހެންވީމަ ގޭންގުތަކާ މަޝްވަރާކުރާނޭނުން!

  4. އެދުރުބެ

    ޢުމަރުމެން ކަހަލަ މީހުން އަހަރެމެމް ވެރިކަމަށް ބޭނުންވަނީ

    • ޞޮޮނޮތި

      ޢުމަރު ތި ބޮލެއް

  5. މުބީން

    މަސްވަރާކުރުމަކީ ކޮބާތޯ އުމަރު ބުނެދެއްވަ ފާނަން ތޯ؟

    • ޟިފް

      ކީއްވެ؟ ނުޖެހޭ ބުނާކަށް .އުމަރު ބުނީ މަޝްވަރާ ކުރާކަށް ނުޖެޔެ.

  6. ފްރީޑަމް މޫވްމެންޓް

    ވޭތިވެ ދިޔަ 10 އަހަރު ގޭންގް ތަކުން ދަނީ ސަރުކާރު ކޮންޓްރޯލް ކުރަމުން. އޭގެ ނަތީޖާ އަކީ އުމަރު ޓެގް އަޅުވަމުން ދާ ފެށުމުން ވަޒީރު ކަމުން އިސްތިއުފާ ދިނުމައް ޔާމިން އެންގެން އަދި ޓެގް އެޅުވުނު ބައެއްމީހުން މިނވަންކަން ލިބުން.

    މި ސަރުކާރު އައިސް ހަފަތާ އެއް ނުވަނީ ސްމިތް (އެމްޑީޕީ) ނަޝީދު (އަންނި މާ ގަތް އެކްޓީވިސްޓެއް) ސިދުގީ (ޕީޕީއެމް) ކިޔާ މީހެއްގެ ގަޔައް ބޮލައް އަރާ، މަރު ގެ އިންޒާރު ދީ ހެދިމަސްއަލަ ގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކުރީ ގަޑިއެއްގެ އިރު ނުވަނީސް މަޖލިސް މެމެބަރު އީވާ އަދި ޔޫތްމިނިސްޓަރ މަހުލޫފް ސްމިތް ދޯކޮއްލަން ގޮވާލި އަދި އެމްޑިޕީ ގެ މަދު އެކްޓިވިސްޓުންކޮޅެއް މުޒާހިރާ ކުރާނެ ކަމއް ބުނިތާ 8 ގަޑި އިރު ހަމަނުވަނީސް ސްމިތް ދޫކޮއްލުމައް އެމްޑީޕީ ގެ އިސްފަރާތް ތަކުން ޕޮލިހުންައް ގުޅާހަދަން ފެށި. މި ސްމިތަކީ ވެސް ގޭންގް ތެރޭގައި އުޅޭ މީހެއްކަމާ ، މީގެ ކުރިންވެސް ޕޮލިހުން މީނަވަނީ އަފްރާޝީމް ގެ މަރުގެ ތުހުމަތުގައިވެސް ހައްޔަރު ކޮއްފައި.. އެހެން ވީމަ ބުނަން ޖެހެނީ އެމްޑީޕީ ވެސް ކޮންޓްރޯލް ކުރަނީ ގޭންގް ތައްބޭނުންކޮއްގެން މީހުނައް ބިރުދައްކައިގެން ކަމައް.

  7. ހައްޤުބަސް

    ގޭންގުތަކަކާ މަޝްވަރާއެއް ނުކުރޭ ހަލަ ބޮލިވެގެން ކުޅޭ ކުދި ވެރިންތަކަކާ މަޝްވަރާކޮށްލީ..މ ރައީސް ޔާމީނު އެ ބުނާ ޒުވާނުންނާ...

  8. އަސްލުހާލަތު

    އުމަރު ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންތޯ ސާފުކޮށްދެއްވަ ފާނަންތޯ؟ ޤާނޫނެއްގަ ކަނޑައެޅިގެން މަނާ ނުވާ ކޮންމެ ކަމެއް ކުރުމުގެ އިޙްތިޔާރު ހަމަ ކޮންމެ މީހަކަށް ލިބިގެންވާކަމަށް ޤާނޫނު ބުނަނީ..

  9. ނަޖްވާ

    އުމަރު ވިދާޅުވިޔަސް، ތިއީ ތެދުފުޅެއް ހަމަ! ގޭންގް މީހުންނަކާ ކުރާނެ މަސްވަރާ އެއް އޮވެގެނެއް ނުވާނެ!

    • Anonymous

      އެކަމަކު ދެންވެސް ވޯޓަކަށް އަހައިފިއްޔާ ހަމަ ވޯޓް ލާނީ މޑޕ އަށް. ދޯ ނަޖްވާ؟ މިއީ އޭ މިމީހުންގެ ހާލަތަކީ

  10. ޓިންޓިން

    މައުމޫނު ގެ ވެރިކަމުގައި ބިނާކުރެވުނު މީހުންގެ އެއްވެސް ޝަޙްސިއްޔަތެއް ނުވަތަ ހަރުދާނާކަމެއް އަދި ފުޅާކޮށް ވިސްނުމުގެ ޤާބިލްކަމެއްނެތް. އެއީ ގަސްދުގައި މައުމޫނު ކުރެއްވި ކަމެއް. މައުމޫނުގެ ވެރިކަމަށް ތްރެޓެއް އަތުވެދާނެ ކަމުގެ ބިރުގައި ސުކޫލުތައް ހަރާބުކޮށްލައްވާ ޤާބިލް ކުޅަދާނަ މީހުން އުފެއްދުމުގެ ފުރުސަތެއް ނުދެއްވި. ސައިންސް އާއި ހިސާބުގެ ރޮގުން މޮޅަށް ކިޔަވައިދިންކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން އެކަމަކު އިލްމާ ހިލްމަކީ ވަރަށް ފުޅާއެއްޗެއް، މުޖްތަމަޢުގައި ޒިންމާދާރުކޮށް ވިސްނާ ދިރިއުޅެން ވެސް އެއީ ދަސްކޮށްދޭންޖެހޭކަމެއް. އެކަމަށް ވަނީ ގަސްދުގައި ސިޔާސީ ސަބަބުތަކަށްޓަކާ އިހުމާލުވެފައި. އޭގެ ނަތީޖާ މިރާއްޖެއިން މިފެންނަނީ!!!!!!!!މަހުލޫފަކީ ވެސް މައުމޫނުގެ އުފެއްދުމެއް.

  11. ޟުސް

    ބަޔަކާ ނުވަތަ މީހަކާ ވާހަކަ ދެއްކުމަކީ ގާނޫނީ ކުށެއްކަމެއް ނުދެނަ ހުރިން!

    • ރުޒާނާ ޗޮއްޕަޓު

      އެއްވެސް ގާނޫނެއްގަ ނަޝީދު ކިޔާ ޓެރަރިސްޓަކު ޖަލަށް ނުލެވޭނެއޭ އޮންނަ ކަމެއް ނުދެނަހުރިން. ކިތަންމެ ވަރަކަށްވެސް ޖަލަށް ލެވިދާނެ. އެއީ ގާނޫނުން މަނާ ކަމެއް ކަމެއް ނުދެނަހުރިން.

  12. ލަކީ

    ޙެހެ އުމަރު ދެން ހުރޭ

  13. ޒާ

    އިބޫ ވެރިކަމާއި ހަވާލުވީއްސުރެން އެދަނީ ކުށްކުރި މީހުންނާއި ޖަރީމާ ހިންގި މުޖުރިމުންނާއެކު ގާތްކަން ބާއްވައި މުޅި ގައުމު ނުބައި، ފަސާދަވެގެން ވާ ދިމާލަކަށް ގެންގޮސް ވައްޓާލަމުން. ހަލާކުހުރި.

  14. އުމަރުބެ

    ކަލޭ މިނިވަން ނޫހުގެ ދޮރަށް ވަޅިޖެހި މީހާއާއެކު ހޯމްމިނިސްޓްރީތެރޭގައި ބައްދަލުކުރީޔޯ؟ ކިޔޭނުކިޔޭއެއް ނޭންގޭދޯ.

  15. ނުރަބޯ

    ގޭންގް ތަކަކީ ދުނިޔޭގެ ހުރިހާ ގައުމު ތަކުގައިވެސް މަނާ ތަންތަން. އެހެންވީމާ ގޭންގް ތަކެއް މިހާރު ހުރިނަމަ އެ ގޭންގް ތަކަށް ނިސްބަތް ވާ ބަޔަކު ހިފާހައްޔަރުކޮށް ޖަލަށް ގަޅާލަން ޖެހޭނެއެވެ. ކޮންމެހެން އެމީހުންނާ މަޝްވަރާކުރާކަށް ނުޖެހޭނެއެވެ.

  16. ހދ

    ސަރުކާރުން ގޭންގްތަކާ މަސްވަރާކުރުން ކުށްވެރި
    ކުރަމެވެ.

  17. އތރ

    މަހްލޫފަކީ ނާގާބިލްމީހެއްކަމަށް މިއަންނަނީ ބުނަމުންނެވެ މިހާރުމިއޮތީ އެކަން ރައްޔިތުންނަށް
    ޔަގީންވެފައެވެ މިހާރުން މިހާރަށް މަހޭ އިސްތިއުފާ ދިނުމަށް ގޮވާލަމެވެ ތަސައްރަފް
    ނުފުދޭ މީހުން ޒިއްމާދާެރު މަގާމުތަކުގައި ތިބުމަކީ
    ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ގެއްލުމެކެވެ.

  18. ނަސީމް

    ސިފައިންގެއަށްވަންނަން ހަރުގަނޑުހަދަންއުޅެ ސަލާމަތުންހުރެވޭތީތޯ އޭނަވަރުމީހެއްނެތީ އެސޯލިހުއަމަލުގެސަބަބުންތޯ

  19. ޢަހަންމާ

    ދެން ތިވާހަކަ ނުދައްކާ. ޔަހޫދީ ވެރިކަމާ ދެކޮޅަށް އެއްވެސް އެއްޗެކޭ ނުބުނެ މިއޮއްހާދުވަހު ފިލާއޮތީ. ޢެންޓިކެމްޕޭން ކޮށްލަން ނުކެރުން

  20. ސާބެ ހަބޭސް

    އުމަރު މޮޔަފުޅުވީތަ... ކަންކަން ހައްލެއް ނުކުރެވޭނެ ވާހަކަ ނުދައްކައެއް.

    • ޣަލި

      ގަޅި ސާބެ. ގޭންގް ކިޔާބަޔަކު އުޅޭތަ ؟ހަކުރު ބޯ މީހުންނާ މަޝްވަރާ ކުރަން ވީނު

  21. މިނިވަން ހިޔާލު

    ގޭން މަޝްވަރާ.. މީގެ މާނައަކީ ފުރަތަމަ ގޭންގަކީ މުޖުތަމައުގައި އޮންނަން ޖެހޭ އެންގެއްކަން ގަބޫލުކުރެވުން. ކްލަބް ޖަމިއްޔާ އެކޭ އެއްފަދައިން. އެންކަމުން އެންޓި ގޭންގް ނުވަތަ ގޭންގް ތައް ނައްތާލަން ކުރާ ހުރިހާ މަސައްކަތްތައް ހުއްޓާލާ. އެއައްފަު މަޝްވަރާ.. މީ މިގައުމުގެ ހާލަތު....

  22. މަރީ

    މަގޭ ވޯޓު އުމަރަށް

  23. ދޮގެއް؟

    ރީލޯޑު ވަޒީރަކީ ގޭންގް ހިންގާ މީހެއް. ސިނަމާލެ ފްލެޓް ތެރޭ އޮންނާނެ އޭނަގެ ބައިގަނޑު. ރޯމާ ދުވާލު ޑްރަގް ބާޒާރު ސޭލް އަޅުވާފަ.

  24. 100%

    ގޭންގް ތަކުގެ ލީޑަރުން ގޭންގްތަކާއި ބައްދަލުކުރުމަކީ ކުށެއްނޫން އުމަރު.

  25. ނަފީލް

    ބަލަ އެ މިނިސްޓަރަކީ އޭގެ އެކެކޭ!