ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ދޫކޮށްލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމެވުމުން އެކަމާއި ގުޅޭ ގޮތުން އެއްޗެކޭ ނުބުނެވޭނެ ކަމަށް ކުޑަކުދިންނާއި ބެހޭ ވަޒީރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ހޯރަ އިއްބެ ދޫކޮށްލަން ރައީސް ނިންމެވުމުން އެއްޗެއް ބުނެވެން ނޯންނާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވީ އެކަމާއި ގުޅިގެން "މިހާރު" ނޫހުން ސުވާލު ކުރުމުންނެވެ.

އެނޫހަށް މައުލޫމާތު ދެއްވަމުން ޝިދާތާ ވިދާޅުވީ ހޯރަ އިއްބެ ދޫކޮށްލުމާއި ގުޅޭ ގޮތުން ކޮމެންޓެއް ކުރެއްވެން ނެތް ކަމަށާއި ރައީސްގެ ނިންމެވުމަކާ މެދު އެއްޗެކޭ ވިދާޅުވެވެން ނޯންނާނެ ކަމަށެވެ.

ހޯރަ އިއްބެ ދޫކޮށްލަން ނިންމެވުމުގެ ކުރިން ޝިދާތާ ނުވަތަ މިނިސްޓްރީއާ ރައީސް މަޝްވަރާކުރެއްވިތޯ އެހުމުން އޭނާ ވިދާޅުވީ މަޝްވަރާ ނުކުރައްވާ ކަމަށާއި އެއީ ރައީސް ނުވަތަ ރައީސް އޮފީހުން ކޮންމެހެން ކުރަން ޖެހޭ ގޮތަށް އޮންނަ ކަމެއް ވެސް ނޫން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދުގެ ގާތް އެކުވެރިޔާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ދޫކޮށްލަން ރައީސް އިބްރާމިހް މުހައްމަދު ޞާލިހް ނިންމެވި ނިންމެވުން ބަދަލުކޮށް އޭނާ ބަންދުން ދޫކޮށް ނުލުމަށް ގޮވާލާ ޕެޓިޝަނެއްގައި ވެސް ގެންދަނީ ސޮއި ކުރަމުންނެވެ.

ހޯރަ އިއްބެ އަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ޙުކުމް ތިން ދުވަހަށް ކުރު ކުރަން އިއްޔެ ރައީސް ވަނީ ނިންމަވާފައެވެ. އެހެންކަމުން މާދަމާ އޭނާ މިނިވަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

91 ކޮމެންޓް

  1. އަލީ

    ސާބަސް ސިދާތާ ތިޔަހުރީ ގުއިނުފެންނަ ކާޅަަކަށް ގުއިފެނިފައި! ކަލެއަކީ ސުންޕާ ނުލަފާ މީހެއްކަން މީގެކުރިންވެސްވަނީ ފެނިފައި!

  2. ޖޭމްސް

    "ޝިދާތާ ވިދާޅުވީ ހޯރަ އިއްބެ ދޫކޮށްލުމާއި ގުޅޭ ގޮތުން ކޮމެންޓެއް ކުރެއްވެން ނެތް ކަމަށާއި ރައީސްގެ ނިންމެވުމަކާ މެދު އެއްޗެކޭ ވިދާޅުވެވެން ނޯންނާނެ ކަމަށެވެ." ރައީސް ކަމެއްކުރެއްވުމުން އެކަމަކީ ގޯސް ކަމެއް ވިޔަސް އެކަމަށް އެއްޗެކޭ ނުބުނެވޭ ވަރުގެ ވަޒީރުން މިތެބެނީ ތަންތަނަށްލާފަ! ހަބޭސް.. މަޤާމް ގެއްލިދާނެތީ...

  3. މުހައްމަދު

    އެއީ ސިޔާސީ ކުއްވެރި އެއްކަމަށް ބައްލަވާ ނިންމާފައިވަކަމެއް

    • ދެން ނުހުރެވޭނެ

      ސިޔާސީ ކުއްވެރިން ...
      މާނަ: މިނިވަނުން

  4. ލަބީބު

    ޙަރާމްކޯރު! ބަލަގަ ތިޔައީ ޖެންޑަމިނިސްޓަރެއްނޫންތަ؟ ޅަކުއްޖަކު ފަޅައިގެން ޖަލަށް ޙުކުމްކޮށްފަހުރި ގޮލައެއް ޤާނޫނާ ޚިލާފަށް އެ ދޫކޮށްލީ! މިނިސްތަރުކަން ގެއްލިދާނޭތީތަ އެއްޗެކޭ ނުބުނެވެނީ ؟

  5. ޙށނ

    މިވަރުގެ މިނިސްޓަރެއްދޯ ޖެންޑާމިނިސްޓަރ މިއީ މީނައަށް ބަހެއްނުބުނެވެންޏާ އިސްތިއުފާ ދޭންވީންނުދެން

  6. ނީބުމަ

    އެހެންވިއްޔާ ގާނޫންއަސާސީ އުވާލާ. ގަވާއިދުތައްވެސް އުވާލާ.

  7. އަލީ

    ކޮބާ މަޖިލިހުން ރުހުންދިން ރައްޔިތުންގެ މެނަބަރުން! ރައްޔިތުންނަށް ހެއުގޮތަތައް ހޯދައިދޭން ލޮލަށް ނިދިނައިސްގެން ތެޅެބައިލާ މަޖިލިހުގައި ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން މިސާލު ޖައްސަވާ އޭދަފުށީ ސަލީމު ކަންބޮޑުނުވޭ މަޖިހަކު ނުތިބޭނެ ސަހަލު އެކަތިވެސް ބަލަ ރައީސް އިބޫ ބުނީމައި ހުރިހާކަމެއް ހުއްދަވީތަ

  8. ކުޑަކުއްޖާ

    ކުޑަދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ވެސް ގާނޫނީ ހަމަ ހަމަ ކަން ލިބެން ޖެހޭނެ ކަމަށް ދެކެން ދެންޖަލުގައި ތިބި މީހުންނަށް ވެސް ލުއި ދެއްވާ ނޫން ނަމަ ބެލެވޭނީ ރައްޔަތުން ދިންވޯޓް ބޮލާލާ ޖެހުން ކަމުގާއި

  9. ާއަލީ

    ފަށްޅިއަޅަން ރައީސްނިންމެވީމަވެސް އެއްޗެއް ނުބުނެވޭނެ ސިދާތާމެންނަކަށް. ޢެކަމު ސިދާތާ ހައްޔަރުކޮށްފިއްޔާ ބުނެވޭނެ. ދޫބަންދުކޮށްފަ

  10. ނފާ

    ކުޑަކުދިންގެ ހައްގުެއް ނެތީނުން. ރޭޕު ހުއްދަ ކޮއްލާ. މިގައުމުގަ އަމއެއް ބަފައެއް އެއްބަޑައް ކުޑަކުއްޖެއް މިސަރުކާރުގަ ނެއްކަން މިކަހަލަ ޖަރީމާހިންގަން ނެއްކަން މިމީހުން މިސާބިތުކޮއްދެނީ. އިޔާޒޫ މިދަނީ ރަގަޅަށްތަ. ޒައިދޫ ކޮބާ ކިހިނެއް.

  11. ކިންގްފިޝަރ

    މިކަމުން މި ދައްކައިދެނީ ޤާނޫނުގެ ބާރުގެ ނިކަމެތިކަން. އެހެނީ ކަންކަން ނިންމަން ޤާނޫނީ އިޖުރާޢަތުތަކެއް އޮވެ އޭގެ ތެރެއިން މިފަދަ ކަންކަން ހިފެހެއްޓިގެން ނުދާކަން. މިފަދަ ކަންކަމުގެ ނަޖީޖާއަކީ މުސްތަޤްބަލު ކަޅުވެގެންދިއުން.

  12. ނާނަ

    ދެން އެހެންވިއްޔާ ތީ ދިދަޖެހި ކާރުގަ ދުވާލު ދެދަޅަޔަށް ތިތަނަށް ކޮފީ ބޯން ވައްދާފައިން މީހެއްތަ؟

  13. ހުސޭނުބޭ

    އެއްޗެކޭ ބުނިއްޔާ މިނިސްޓަރުކަން އަތުލާނެ! ދީނޭ ދީނޭ ގޮވައިގެން ތަންމިނަށް އަނގަފުޅާކުރީ ދުނިޔަވީ އިއްޒަތާއި ލައްޒަތަށްތަކައިވިއްޔާ!

  14. އަލީ

    އެއްޗެކޭ ބުނެފިއްޔާ ވަޒީފާ ގެއްލޭނެ ވިއްޔާ، އިސްތިއުފާ ދޭން ގޮވާލަން މަޤާމުގެ މައްސޫލިއްޔަތު ނޫފުލެންޏާ އަހަރުމެންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން އަހަރެމެންގެ ދަރިންގެ ހައްޤަށް މަސައްކަތް ނުކުރެވެންޏާ، ދަތްރޮނޑު

  15. އަންނި

    މަޤާމު ގެއްލިދާނެތީ ބިރުން އެއްޗެއް ބުނެވެންނެތީ، އަސްލު އެކަމަކީ ކޮއްގެންވާނެ ކަމެއް ނޫންކަން ކަލޭވެސް ޤަބޫލުކުރާނެ،

  16. ޖޯކް

    ރައީސް ކީއްވެގެންތޯ ހޯރައިއްބެ ދޫކޮއްލި އިރު އެގާނޫނުގެ ދަށުން ހައްޔަރު ކޮށްފައިވާ އެހެން މީހުން ދޫނުކުރަނީ ކީއްވެބާ މިހާރު ދެން ކުޑަކުދިން ނާއި ބެހުންވެސް ހުއްދަވީތާ

    • ހޯހޯ

      އެއީ ރަސޫލާގެ ދުއާ ލިބިގެންވާ ރައީސް އެއް. އަބަދު ހުދު ގަމީސް ލައްވާފަ ބަހައްޓާ..

  17. ައިއްބެ

    ސާބަހޭ ސަރުކާރޫ...
    އެމްޑީޕީގެ އެންމެން މިނިވަން ކުރަންވާނެ....
    ހައުދަހާ އިންސާފުވެރިއޭ....

  18. ނީރާ

    ކިހާރަނގަޅު ޝިދާތާ އެހިއްވަރު ދެނީ ކުޑަކުދިންނާއި ބެހެން މަގާމުގެ ދަހިވެތި ކަމުގަ ހުރިހާ ކަމެއްވެސް އޯކޭވާނެ މިހާރު މިއަދު ތިޔަހެން އުޅެވިދާނެ މިނުން ދުވަހެއް އަދި އެބައޮތްކަން ހަނދާން ކުރޭ

  19. Miadhu

    ސިދާތާއަކީ ޤާނޫނާ އެއްގޮތަށް ކަންކުރަން ނުކެރޭ ރައިސް ވިދާޅުވާހާ ގޮތަކަށް ކަންކުރަން ބޭނުންވާ ފިޑިއެއް ކަން މިފެނުނީ ތިއީ އަދާލަތު ޕާޓީއަށްވެސް ލިބުނު ހުތުރެއް ޤާނޫނު ތަންފީޒުކުރަން ނުކެރޭ އަދި ހައްގުގެ މަގުގައި ބަސް ބުނަން ނުކެރޭނަމަ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަން

  20. ޢަސީލާ

    މިއަށްކިޔަނީ ހެޔޮވެރިކަން. ކޮންމެ ފަދަ ކުށެއްކޮށްފައި ހުއްޓަސްހެޔޮ ޢާއިލާ މީހުންނާ ތިމާގެމީހުންނާ ރައްޓެހި ރަޙްމަތްތެރިން ޢުމުރަށޤ ޖަލަށްލާފަ އޮތަސް ވަގުތުން މިނިވަންކުރަނީ. ކިހާ ހެޔޮ. ކިހާ ރަނގަޅު. ނިކަމެތިންނަކަށް އެފަދަ ޙުކުމެއް ނުހިނގާނެ. މިއޮތީވާ އިންސާފު ޤާއިމުވެފަ.

  21. އިންސާނާ

    ކަމަނާޔާ ތިޔަސުވާލު ކުރެއްވި މިހާ މޮޔައީ އަހަރެމެންނަމަ މިސަރުކާރުން ކުރާ އެއްވެސްކަމަކާ ގުޅޭގޮތުން ކަމަނާޔާ ސުވާލެއް ނުުރާނަން ސަބަބަކީ ކަމަނާ ތިޔައީ މަގާމެއްލިބުމުން މަގާމުގެ ދަހިވެތިކަމުގަ އިސްލާމްދީނުގެ ހުކުމްތައް ހަނދާންނައްތާލާހުންނެވި ކަނބަލެއް އެހެންކަމުން މިސަރުކާރުންކުރާކަމަކައް ކަމަނާއަކައް ދެއްވޭނެ ކޮމެންޓެއް ނޮއޮންނާނެ

  22. އިންްސާނާ

    ކަމަނާޔާ ތިޔަސުވާލު ކުރެއްވި މިހާ މޮޔައީ އަހަރެމެންނަމަ މިސަރުކާރުން ކުރާ އެއްވެސްކަމަކާ ގުޅޭގޮތުން ކަމަނާޔާ ސުވާލެއް ނުުރާނަން ސަބަބަކީ ކަމަނާ ތިޔައީ މަގާމެއްލިބުމުން މަގާމުގެ ދަހިވެތިކަމުގަ އިސްލާމްދީނުގެ ހުކުމްތައް ހަނދާންނައްތާލާހުންނެވި ކަނބަލެއް އެހެންކަމުން މިސަރުކާރުންކުރާކަމަކައް ކަމަނާއަކައް ދެއްވޭނެ ކޮމެންޓެއް ނޮއޮންނާނެ

  23. ޖަހާންގީރު

    ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ބަދަލުކުރެވޭ ކަލޭމެންނަށް އެކަމަކު އެކަމަު ރައީސްގެ ނިންމުން ބަދަލެއްނުކުރެވޭ އެކަމާ ބުނާނެ އެއްޗެއްވެސް ނޯވޭ

  24. ލާމި

    ވަޒީފާ ގެއްލި ދާނީ ބިރުން. ކޮބާ މިހުރިހާ ދުވަހު ތެޅި އަނގަ. ކޮބާ ޝޭޚުން.

  25. ޢާއިޝާ

    ޢެހެންވިއްޔާ ރައީސް ރާބޯށޭ ބުންޏަސް ބޯނެތާދޯ.

  26. މޫސާ

    މަޤާމް ގެއްލިދާނެ. އެއްޗެކޭ ނުބުނާތި! ދީން ފުނޑުފުނޑު ކޮށްލިޔަސް އެއްޗެކޭ ނުބުނާތި! މަގޭ މިނިސްޓަރ ކަން.

  27. ޑިމޮކްރަސީ

    ބުނާކަށް ނުވާނެ ނަޝީދަކީ މި ޤައުމަށް އެއްމެ ގެއްލުންދޭ މީހާ އެއަރޕޯރޓް ނުއަގުގަ ޖީއެމް އާރ އަށް ދިން މީހާ އޭނަގެ ރައްޓެހިން އޭނަދޫކޮލި ގޮތަށް ދޫކޮށްލަން ވާނެ.

  28. ޙޯރަ

    ކަމުގެ ހަގީގަތް ނޭނގޭ ނަމަ އަނގަ ނުތަޅާށެވެ
    މި ގައުމުގަ ބާވަރު ވިއްކާ އަންހެން ކުދިން އެބަ އުޅެ އެވެ ގަދަކަމުން ބެހޭކައް ނުޖެހެ ްް އެވެ އަދި މީގެ އިތުރުން އެއީ އިއްބެ ގެ ލޯބި ވެރިޔާ މިހާރުގެ އަނބި މީހާ އެވެ

  29. އާދަނު

    ސިދާތާގެ ތުބަށް ގޮބޮޅި ޖެހިފާ. ދެން މަޑުމަޑުން ހުރެ. އަޑެއް ލައްވާލިއަސް. ގެއަށް.

  30. މޯދީ

    މީ އެ ބުނާ ކުޑަ ކެކުރި އާއި ބޮޑު ކެކުރި. ފެނޭތަ. ކިހާ އިންސާފްވެރި.

  31. މަރިޔަމް

    ހަމަ ޝިދަތާ ދޯ ނުބަޔަކީ ! ބަލަގަ ރައީސް ނިންމި ނިންމުނެކޭ އެއީ ... ކީއްވެތަ އެކަކުވެސް ރައީސް އަށް ހަޅޭ ނުލަވަނީ ... ރައީސް އަށަް ލިބޭ ހާއްސަ ބާރުގެ ދަށުން ދޯ އޭނަ އެ މިނިވަން ކުރީ ... ސާބަސް އިނގޭ ކަލޯ މެންނަށް

  32. ޢަލިބެ 7

    ސިދާތާ އެވެ. ރައީސް މީ މަތިން ފައިބާވަޑައިގެންނެވި މީހެއްތަ؟ ރައީސް ހޮޔޮތަ ކޮންމެފަދަ ކަމެއްކުރެއްވިޔަސް ހަމަ އަނގަ ލައްޕައިގެން އިންނަންވީތަ. ތީ ފުކެއް ބޮޑުވަރު

  33. ހޯރަ

    ސިދާތާއަކީ ބަސް ނުވިކޭ މިނިސްޓަރެއް ދޯ. ތިވަރުގެ މީހުން ތި އުޅެނީ. މަގާމް ގެއްލިދާނެތީ ބިރުން

  34. ޖޮއްބެ

    ޞޯލިޙުވެސް މިވީހަމަ ވަރުގަދަ ޑިކްޓޭޓަރަކަށްތާ ނަމުން ޞޯލިޙު ކަމުން ފިރުޢައުނު.

  35. ޙހ

    ކޮބާތޯ ހޯމްމިނިސްޓަރ މަގާމް ލިބުނީމަ އަގަބަންދުވެފަ، ތީ ދޯ ތިބުނަާ އިންސާފުވެރިކަމަކީ

  36. މަ

    ބަލަ އެއްޗެއް ނުބުނެވެން އިބޫ ނިންމާ ނިންމުމަކީ ވަހީބަސްފުޅެއްތަ؟

  37. ޒާހިރު

    ބަލަ ކަމަނާފާނު. ރަގަޅަށް ދަށުވީތޯ. ރައީސް ސޯލިހު ކުރައްވަން އެޅުއްވަނީ ރަގަޅު ކަމެއްތޯ ނުވަތަ ނޫންތޯވެސް ތިކަމަނާއަށް ނުބުނެވޭހާ ދަށުދަރަޖައަށް ވެއްޓުނީތޯ. އަޅުގަނޑަށް އެގިފައިވާގޮތުގައި ކުޑަކުދިންނާއި ބެހިގެން ހުކުމް ސާބިތުވެއްޖެނަމަ ރައީސްއަށްވެސް ކުއްވެރިޔާއަށް މާފު ނުދެވޭކަމަށް ގާނޫނުގައި އޮންނަނީ. މީތެދެއްތޯ ސާފުކޮށްދެއްވާ. ބިރުފުޅު ގަންނަނީތޯ

  38. ޏޫރު

    ސާބަހޭ ޝިދާތާ

  39. މަހޭ

    މޯދީމެންގެ ގައުމާ އެއްގޮތް، ރޭޕް ހުއްދަވީތަ؟ ސިދާތާޔަށް ވ.ސަލާން...

  40. އެދުރުބެ

    ތިހެންވެއްޖެއްޔާ ތިކަމަނާ ތިގޮނޑިއަށް ކުފޫ ހަމައެއްނުވޭ! ޤާނޫނު އަސާސީއެއް ހަދާފައޮންނައިރު ކީއްވެ އެއްޗެއް ނުބުނެވޭނީ

  41. މުސްތަފާ

    ރައީސް ގޯހުން ކަމެއް ކުރަން ބުނެފިއްޔާ ނުވަތަ ކޮއްފިއްޔާ އެކަމަށް އެއްޗެއް ނުބުނެވޭ ކަމަށްވިއްޔާ މިގެނައި ބަދަލުގެ ބޭނުމެއްނެއި އޭރުން ޔާމީންވެސަ ހަމައޯކޭވާނެ.

  42. ަނިއިސާ

    ކުރިން ރައީސް ޔާމީން ކަމެއްކުރަން ނިންމީމާ ކީއްވެތޯ އެއްޗެކޭ ބުނެވެނީ

  43. އެދުރުބެ

    ދެން ނޫސްވެރިޔަކު އެއްޗެއް އަހާލިޔަސް ސިދާތާ ތިޔަ ގޮނޑީގައި ބަހެއް ނުބުނެ އިންނާނީ! ތަލީގެ ރަންގަޑެއް ނުވެއްޓޭނެ! ބަހެއް ބުނޔަކަސް މިސްމިސް ! ކަމެއް ލިބުނީމަ އުޅޭވައްތަރު

  44. ަނިއިސާ

    ތިޔަކަހަލަ ވަޒީރަކަށް ރުހުންދިނީތީވެސް ކުއްވެރިކުރަން

  45. އެދުރުބެ

    ސިދާތާ މަބުނާނެ ވާހަކައެއްނެތް ތިޔަ ދުލުގެ ވިންދު ކެނޑިދާނެ! އެއްވެސް ބަހެއް ނުބުނެ އިނދޭ! އޭރުން މީހކަށްވާނީ

  46. މާމިގިލީ މީހާ

    ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެންވީއެއް ނޮއް.. ބަސް ބުނާންޖެހޭ ވަގުތު ހަނުގަ ތިޔަހުންނަނީ.. ސޯލިހުގެ އަޅެއް ހެންހީވަނީ... އިސްތިއުފާ ދީ މިނިސްޓަރު ކަން ނުކުރެވެއްޏާ..... މުޅި ގައުމު ހަލާކޭ މި ވަނީ.. މިކަހަލަ މަންމަނުންނައް މިނިސްޓަރު ކަން ދީގެން... މިސަބަބާ ހުރެ ރައީސް ޔާމީނު ހޮވާންޖެހެނީ.. ސޯލިހެކަށް ނޭގެ ވެރިކަން ކުރާކަށް...

  47. އެދުރުބެ

    ސިދާތާޢަކީ ކުޑަކުޑަޖެންޑަރެއް

  48. އެދުރުބެ

    އާ އެއްޗެއް ބުނެފިއްޔާ މިނިސްޓަރކަން ނަގާނެދޯ ކަމަނާ

  49. ތޯތާ

    ސިދާތާއަށް އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެނުބުނެ ވެނީ ސިދާތާއަކީ އޭގެ މީހަކަށް ވާތީދޯ

  50. ސަޖޯ

    17 އަހަރުގެ އެއީ ކުަޑަކުދިންތަ. މިގައުމުގަ މިހާރު ހުރިހާ ގޭންގުތަކުގައި މީހުން މެރުމާއި ޑްރަގުވިއްކަނީ ވެސް ތިޔަބުނާ ކުޑަކުދިން. ކުރެވިފަ އޮތްހުކުމަކީ ސިޔާސީ ހުކުމަކަށްވެސް ވެދާނެ.

  51. ރިޟްވާން

    ނަޖިހުން ނަޖިސް ތާހިރު ކުރާނީ ކިހިނެއްތޯ ؟ އަޅުގަޑު ހީކުރީ އަނގަފުޅާކޮށްގެން އަނިޔާވެރި ކަމާއި ދެކޮޅަށް ނިކުމެ ކުއްލި އަކަށް ތިވަނީ ކިހިނެެއްތޯ ؟

  52. ޖަރީމާ ރާއްޖެ

    ކަނބުލޯ .... ކަނބުލޮ ހަމަ ބަރާބަރު. ކޮމެންޓުކުރާ މަދު ބަޔަކު ފިޔަވައި ޤައުމު އެދި ގޮވަނީ ކަމާނާމެން ތިކުރައްވާ ހުޅަނގުގެ ތަރައްޤީއަށް....

  53. ނަގޫރޯޅި

    ކޮބާތަ ކުރިންދެމި ފަތިވަރު. ރ.ޔާމިން ކަންކަންނިންމީ އަމިއްލަމީހެއްގެ ހައިސިއްޔަތުންތަ. އިސްތުއުފާ އަވަސްކުރޭ، ނޫނީ މިދިޔަފަހަރު ކަލޭމެން މަޖަލިސްތެރޭ ކުޅުންކުޅިޔައް ވުރެ އަހަރުމެން މާހުތުރުވެފަ މާގޮތް ބޮޑުވާނެ. ތި ގޮންޑިގާ މާގިނަދުވަހު ދެން ނުބައިންދާނަން.

  54. އަބޯ

    ރައީސަކަށްވެސް ގާނޫނުގެ ބޭނުން ނުބައިމަގުން ހިފުމަކަށް ފުރުސަތެއްނޯންނާނެ.

  55. ރަންޑިގަނޑު

    އިބްތިހާލުގެ މަރުގެ އެއް ބައިވެރިޔާ ކިހިނެއް އެއްޗެއް ބުނާނީ؟ ހަގީގަތުގަވެސް ނުބުނެވޭނެ. ދަތްޕިލާ ރޮނޑަށް ދީގެން މަގާމުގަ ބައްދައިގަނެގެން އޮވޭ.

  56. މަންޖެ

    މިނިސްޓަރ ޝިދާތާ އަނިޔާ ލިބުނީ ހަމަ އަންހެނަކަށް

  57. ޖުހާ

    ޝިދާތާމެން ބުނާ ގޮތުން ވިއްޔާ ރައީސް މީހާ ރާ ބޯން ވިދާޅުވިއަސް ކޮމެންޓް ނުކުރެ ވޭނެ..

  58. ޢިބޫ ސޯލިހު

    ތިހެން ފެލިފެލި ތިބެން ޖެހޭނީ ބޭނުން މީހަކު ދޫކުރާނީ
    ޢެއީ ކުޑަކުއްޖެއް ތިބޭފުޅާގަބޫލު ކުރަމުތޯ

  59. ސިހުރު

    ސިދާތާ އެއީ ފައްކާ ގޯލްޑު ޑިގާއެއް

  60. ަްްްއައިޝާ

    މަގާމުގެ ހުވާ ކުރެއްވި އިރު ވިދާޅުވި އެއްޗެ ހަދާނނެތީ ތޯ؟

  61. Anonymous

    ފައްކާ ޕަޕެޓެއްދޯ.....!!!

  62. ާަައަހްމަދު

    ޙޯރަ އިއްބެ ބެހުނު ކުއްޖާއޭ ތިކިޔާ ކުއްޖާއަކީ މިހާރު ހޯރައިއްބެގެ އަންހެނުން، ހުކުމް އިއްވީ އިދެގެން އުޅެނިކޮން

  63. عبدالله

    އެމްޑީޕީއަކީ، ކުށުގެ މާޒީއެއް އޮންނަ ޕާޓީއެއް، އެއީ ކުށްކުރުމުގެ ޘަޤާފަތެއް ގެންގުޅޭބައެއް، އެކަމާކަންބޮޑުވާންޖެހޭ،

  64. ދޮންބެ

    ސިދާތާ އެފަދަ ޖަވާބެއް ދިނީ ޖެއްސުމަކަށްކަމެއް، ރުޅިއައިސްގެންކަމެއް މަށަކަށް ނޭނގެ. ސިދާތާއަށް ވުރެ މަގޭ ގަމާރުކަން މާބޮޑެއްނު.

  65. ހަސަން ފުޅު

    ކޮބަތަ ސުޕްރިންގކޯޓް، ޤާނޫނު ނަގަހައްޓާ ތަން؟؟؟؟؟؟؟؟؟؟؟؟؟؟؟\
    މިސަރުކާރުން ކުރާކޮންމެކަމެއް އޯކޭދޯ،

  66. ޢިރުފތު

    ޜައީސްގެ އެއްވެސް އެދިވަޑައިގަތުމަކަށް ޝިދާތާ ދެކޮޅުނަހަދާނެކަމަށް މާކުރިންވެސް އެނގޭ. އެއީ ޝިދާތާއަކީ އެކަހަލަ މީހެއްކަން ތިނަދޫގެ ރައްޔިތުން ދަންނާނެ.

  67. ގުގުރި

    ހިތާމައަކީ މިކަން ވަރަށް ބޮޑަށް އޮޅުވާލުމަށް ހުދު ހޯރަ އިބްރާގެ އަންހެނުން ވެސް މަސައްކަތް ކުރާކަން. އިއްބެ ފްރޭމް ކޮށްފަވަނީ އަންހެން ކުއްޖާ ރާވައިގެން ލާރީގެ ދަހިވެތި ކަމުގައި ރާއްޖޭގެ ސޯޓް މަހުޖަނަކު އަތުން ލާރި ނަގާގެން. ހައްޔަރުކުރި ދުވަހުވެސް އެމްޑީޕީގެ އިއްބެގެ ރައްޓެހިން މިވާހަކަތައް ގޮވާ ނަގަމުންދިޔަ. އަދި އިއްބެއެއް ހުކުމް އަންނާނެކަން ޔަގީންވި ހިސާބުން މުޅި އެތި ލޯޔަރާއި ގުޅިގެން ބަދަލުކޮށްލާ އަންހެން ކުއްޖާގެ މައިންބަފައިންގެ ބޮލަށް ޗިޕު ޖަހާ ލާރިއަޅާ އަންހެން ކުއްޖާއާ ކައިވެނި ކުރަން ސެޓްކޮށް ކާވެނިކޮށް ހުކުމުގެ ކުރިއަށް އާއިލީ ބައްދަލުވުން ހޯދާގެން އަންހެން ކުއްޖާ ގެންގޮސް މާބަނޑު ކުރުވީ ރޭވުމުގެ ތެރެއިން ލޯޔަރުގެ މަޝްވަރާއާއި އެކު އަންނަން އޮތް ބޮޑު ހުކުމުން ރެކިގަތުމަށް ހީލަތްތެރި ކަމާއި އެކު ކަން އެގިފަވޭ

  68. އަލިބިޔާއްކަލޯ

    އިސްލާމް ދީންހިމާޔައްކުރާ ޕާޓީގެ ވަޒީރެއްތީ

    އެމީހުންނަކަތް ދީނީކަމެއްގަ އިބޫގެ ހުކުމަކާމެދު ބަހުސެއްނުކުރެވޭނެ

    މަގުމަތީގަ ފެންބޮޑުވުން މަގުތަކަށް ކުނިއެޅުން ޓެކުސީ ތަކުގެ ކުލި ކުޑަނުކުރުންކަހަލަ ކަންކަމުގަ ވަރަށްބާރަތް ވަކާލާތު ކުރާނެ ކުރެވޭނެ. ޟުކުރިއްޔާ
    އަދާލަތު ޕާޓީ އަށް

  69. ކެޔޮޅު

    ސިދާތާ ފެއިލް ވެއްޖެ މިހާރުންމިހާރައް އިސްތިއުފާދީ!!!

  70. ޢަލީމް

    ޙެއްވާ ދެއްތޯ؟ ރައީސް ރާބޯން ބުނެފިނަމަވެސް ނޫނެކޭ ބުނަން ނުކެރިގެން ބޯލާނީ ދެއްތޯ؟ ކަމަނާއަކީ ޓެސްޓުކުރެވި ފެއިލްވއފަހުރި ކަބަލެއް.ހައިރަންވާކަށް ނުޖެހޭ........ގޮޑިސަލާމތްވޭތޯ ބައްލަވާތި......

  71. ނަސީދު

    ޖޯކެއްތަ ، ޖަލުގައި ތިބިއެންމެން ދޫކޮއްލަން ގޮވާލަން

  72. އައްޑޫ މީހާ

    ނުކެރޭނެ އެއްޗެއް ބުނާކަށް ރާއްޖެ ޓީވީއަށްވެސް ބޮޑު ކަމަކަށްވީ ހޯރަ އިއްބެގެ އިއްޒަތުއް ނަފްސު ކަތިލީމަ އެހެން މީހުންގެ މައްޗަށް ކުށެއްގެ ދައުވާއެއް ނުކުރިޔަސް ކުށެއް ސާބިތު ނުވިޔަށް ރާއްޖެ ޓީވީ އިން އޯކޭ ކިތަންމެ ވަރަކަށް މީހުންގެ އަބުރުކަތިލިޔަސް އަދި ފިތުނަ އުފެއްދިޔަސް މޑޕ އާއި ކުޑަކުދިން ގަޔަށް ބޮލަށް އަރާ ބެފުޅުންގެ އެކަނި އިއްޒަތުއް ނަފްސެއް އޮންނަން ޖެހެނީ މީދެން ވ ކާޓޫނު ކަމެއް

  73. ބޮލި މުލައް

    ތިމަންނައަށް މަޤާމު ލިބުނީމަ ރޭޕް އޯކޭ ބަދުއަޚުލާޤީ ޢަމަލުތަކާ އެއްޖިންސުގެ ގުޅުން އޮކޭ އިންޑިއާއިން ޑޮލަރު ދޭން ބުންޏެއްނު ދޯ ސިއްތިދާތާ.

  74. ޢިބޫ

    ޜައީސް ނިންމީމަ ދެފިރިން ވެސް ހުއްދަ ވާނެ ތާ އެއްޗެއް ނުބުނާތި . ޅަދުކޮބާތަ ސިދާތާ؟ ޜައީސް ރައްބުތަ؟ ޢޭނަ ކަމެއް ގޯސް ކޮއް ކުރަންޔާ އެކަން ރަގަނޅުކުރަން ތިބި މީހުން ތީ . ޟިހާރު ތިބުނީ ގޮނޑި ގެއްލިދާނެތީ ބިރުގަންނަ ވާހަކަދޯ ... އަދިވެސް މަގުތަކައް ނުކުމެ ހަޅޭލައްވާތި ދީނޭ މިނިވަން ކަމޭ ކިޔާފަ..... ތީތި ކަޑއެ ސިދާ..އިސްތިއުފާ ދީ އަވަހައް..

  75. ގަޑިބުރު

    ތިހެން ވީމަ، ސިދާތާގެ އާއިލާ ނޫނީ ދަރިއެއްގެ ގަޔަށް ހޯރަ އިއްބެ ނޫނީ އެންމީހެއްވެސް އެރީއޯ، ދެން އެއެރި މިހަކު ރައީސް ދޫކޮއްލީމަ، ސިދާތާ އައް ތިހެން ބުނަން ކެރޭނެ ތަ؟؟؟

  76. ޭމުދައްރިސެއް

    ޝިދާާތާއަކީ ކޮންކަހަލަ އަންހެނެއްކަން އެންމެނަށް އެނގޭ!އެއީ ޖެންޑާގެ ހަލާކު!އެދާތަ އެތަނުން ބޭރު ކުރޭ! ޥާރަށް ހެއްވާ!

  77. އަހުމަދު

    ށާބަސް ސިދާތާ...
    މިރައީސްގެ ނިންމެވުމަކީ އިލާހީ ނިންމެވުމަކީތަ.... ތިމަގާމުގައި ހުންނަ މީހަކު އެކަމާ އެއްޗެކޭ ބުނަންޖެހޭ.....

  78. އަޅި އަލީ

    އާނއެކޭ، އަައެކޭ! އިބްތިހާލް މަރާލި މަންމަޔަށް ޖެންޑަރ މިނިސްޓަރުކަން ދޭން ރައީސް ނިންމެވިޔަސް އެކަމާ ނިކަމެތި ރައްޔިތުންނަކަށް އެއްޗެކޭ ނުކިޔޭނެ!!!! ލަދުކޮބާ އެކްސަލަންސީ މިނިސްޓަރ ސިދާތާ!

  79. ވާނުވާ

    ހޯރަ އިއްބެއާ ސިދާތާއާ އޮތް ސިއްރުގުޅުން މި ފަޅާއަރަނީބާ

  80. ނާސިހު

    ބަލަ މީނައަށް އޯކޭ ނުވެ ވައްނާނީ ކޮންތާކަން ޢަބުދުﷲ ޝާހިދު ކޯފާވެދާނެތީވެސް ނުކުރޭނެ އްެއްޗެއް ބުނާކަން

  81. Anonymous

    މާދަން ރައީސް ބުނީމަ ބުދައްވެސް އަޅުކަން ކުރާނަންތޯ؟

  82. ށޫނު

    ކޮބާމިއޮންހާ ދުވަހުދެކެއްވި ވާހަކަ އުއްފަހަރުން ޕަޓަސް......

  83. ހަޖަމް

    ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިއަޔަސް އޮންނާނީ ސަނާކިއުންތާ! ވަރަށް ސަޅި

  84. ވަނަން

    ސިދާތާގެ ދަރިއެއް ފަޅާފަ އެކަހަލަ ގޮތަކަށް ކުއްވެރިޔާ މިނިވަން ވެއްޖިއްޔާ ހަމަ ބުނާނީ އެހެންތަ؟

  85. އަދާލަތު އޮފީސް

    ވަރަށްމަޖާ ވާހަކައެއް ތިޔަވިދާޅުވީ. ރައީސް ޔާމީނުވެސް ވެރިކަންކުރެއްވީ ރައްޔިތުން ދެއްވި މެންޑޭޓެއްގެ ދަށުން. ނަމަވެސް މެޑަމް ފާތުންނާއެކު އެއްދާންކުރާ ގޮތުގެ ވާހަކަވެސް ކަމަނާ ދިޔައީ ދައްކަމުން. އެއްޗެކޭ ނުބުނެވެނީކީ އެއްނޫން. މަގާމާ މިނިސްޓަރު ކަމުގެ ދަހިވެތިކަމުގަ އަނގަ އައްޕަނައަކަށްވީ. އައްޕަނަވެސް ކިތައްމެވަރަކަށް ތެޅިއަސް ނުބުނާނެ އެއްޗެއް ދެންހުރެފަ ލާނީ ހޮޑު

  86. މީހާ

    ސާބަސް ތިޔަހެން މިނިސްޓަރުން ތިބެންވާނީ

  87. މަންޖެ

    މިހާރު އަހަރުމެންނަށް ޤަބޫލުކުރެވޭ އިބްތިގާލްގެ މަރުގެ މައްސަލާގައި މިކަމަނާ އިހްމާލުވެފައިވާކަން.

  88. އަބޯ

    ގާނޫނު ގެ މާނަ އޮޅުވާލައިގެން ހިންގާފައިވާ ޖަރީމާ އެއް ހޯރަ އިއްބެ ދޫކުރުން އެއީ. ގާނޫނު ބުނާގޮތުން މައާފް ނުކުރެވޭ ކުށަކަށް އެއްދުވަސްވެސް ކަނޑައެއްނުލެވޭނެ. އެންމެ ދުވަހެއްވެސް މައާފެއް ނުކުރެވޭނެ. ކޯޓުން ކޮށްފައިވާ މިފަދަ ހުކުމަކަށް ބަދަލުގެނޭނީ ކޯޓުން.

  89. މަރީ

    ސިދާތާ ހޯރަ އިއްބޭ ޖަޅުން ނެރެންވީއިރު ގާނޫނެއް ނެއި ތިބޭފުޅުން ތިމަގާމަށް ގެންނަން މޭޑޭ ގައި މަގުމައްޗައް ނުކުމެ ޖާނުން ގުރުބާންވި ކުއްޖާ އަދިވެސް އޮތީޖަޅުގައި ނިކަމެތިވީމަ ދެއްތޯ މިގައުމުގެ މިވަރުގެ ކުއްވެރިޔެއް ނެއި ކިހާދެރަ މީތޯއިންސާފަކީ