ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެއެވެ.

12 މެމްބަރުންގެ ގޮނޑި ގެއްލުނީ އެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލްގައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުގެ ފަހުން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެޤާނޫނުގެ ބާރު ހިނގާނެ ކަމަށް ކަނޑައަޅާފައެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހެވެ.

ގޮނޑި ގެއްލުނު 12 މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.

މި ބިލް ރައީސް ޔާމީން ތަސްދީގު ކުރެއްވިއިރު މި ބިލް ބާތިލުކުރަން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތިމަންނަ

    ސާބަހޭ ޒުވާބު ދާރީން! އަތުޖެހުނު ދުވަހު މެޓާގަޑެއް ހިލާ ހެން ހިލާލާ !

  2. ޒާ

    އައްދޯތް. ރާކަނިމަސް ކެވިއްޖެ.

  3. ޣާދިރު

    އަލީ ހުސޭން މާމޮޅު ގާނޫނީ ވަކީލަކައްވެގެން މެމްބަރުން ބޮލައް ޗިޕްޖަހައިގެން ކަނދުބޯ ހައްދައިގެން މުޒާހަރާއައް ނެރެގެން އުޅެނިކޮއް ރާކަނިމަސް ތިޔަތިބީ ކެވިފަ.މަހަކު 100000 ރުފިޔާ ގެއްލުނީ. ޢާސިއާން ބޭސްފަރު.ހަފުތާބަންދު ސިންގަޕޯރ ދަތުރު.

  4. ޒުންބާކުލާސް

    ހަމްދުކުރަން ﷲއަށް ނިމުނީ ވައްސާލާމް... މިއަދަކީވެސް އުފާވެރިދުވަހެއް... މުސާރަ ބަރާބަރަށް ނަގާއިގެން ސާއިބޮއިގެން ކިއްލިކާއިގެން ޒުންބާ ޖައްސަން ރޭގަޑު މަގުތަކުގަތިބޭ ސިޔާސީ ހައްޕުޑުންގެ ގޮނޑިތައްވެސް ގެއްލޭނެގޮތެ ހަދަންއެބަޖެހޭ...

  5. ޙަފްޞާ / މާލެ

    އަލްޙަމްދު ލިﷲ!

  6. އަމީތު

    މިހާރު ތިކޮރޮޕްޓް ގުރޫޕަށް ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފަ

  7. Anonymous

    ބަލަ ތިއީ މިގައުމުގެ ދެވަނަ ބޮޑު ތަކުރުފާނު ތިޔައީ މިގައުމުގެ ފަހުރު ތިޔައީ މިގައުމުގެ ހަމަޖެހުމާއަދުލްއިންސާފުނެގެހެޓުމައްކުރެއްވިޖިހާދެއް ގަޓުސްހުރި ރައީސް ޔާމީނު ތިކުރާހިއްވަރައް ސާބަސް މިއަދު މިދުވަސް ލިޔާނީ ރަންއަކުރުން މާތްﷲ ރައީސްޔާމީނު ތިކުރައްވަވާ މަސައްކަތުގާ ބަރަކާލައްވާށީ އާމީން

    • މ

      ތާއީދު

  8. ކައްޕި

    12 ވަގުން ތީ

  9. މާރިޔާ

    ސާބަހޭ ރައީސް ޔާމިން 2018 އިރާދަކުރެއްވިއްޔާ

  10. ސަލީމު

    ޢަލްހަމްދުﷲ

  11. ހަދީޖާ

    މަހުތޫތު ގެ ގޮނޑި ގެއްލުވާލަބަލަ

  12. އދ

    އަލްހަމްދު ލިﷲ

  13. ޝަހީދު

    ރައީސް ޔާމިނަކީ ފިސާރި ރައީސެއް ވީމަ، ތިޔަ ބާޣީންނަށް އެމަނިކުފާނުގެ ޤާނޫނީ ވެރިކަން ބަޣާވާތަކުން ވެއްޓުނަ ނުދެއްވައި އެމީހުންގެ ގޮނޑިން އެމީހުން ވެއްޓޭނެ ބިލު ތިޔަ ތަސްދީޤު ކުރެއްވީ! ދެންވެސް ވެރިކަމަށް ހޮވާނީ ތިޔަ ރައީސް، ރައީސް ޔާމީން! إن شآء الله

  14. އަބްދުއްލާ

    މިފަދަ ކަންކަން ހިގަންމެދުވެރި މިވަނީ ތިމާމެންގެ ބޯހަރުކަމާ ގޮތްދޫނުކުރުމުގެ ސަބަބުން. އެމްޑީޕީ އަކުން ތިޔަ 12 މެމްބަރުންނަށް ހެވެއްނޭދޭނެ . އެކަން އިންތިހާބަށް އަލަށް ކުރިމަތިލުމަށް ހުޅުވާލުމުން އެގިގެންދާނެ.

  15. އެޑަމް

    ސާބަހޭ ރައީސް ޔާމީން.

  16. ވަތުތަށި

    އަލީހުސޭނު ކައިރީގަ ބުނޭ މިޔަށް ވުރެ އަލި ދުވަހެއް ކަލެއަކަށް ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށް.