ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައިގެން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާތީ ޕްރައިމަރީ އިންސާފުވެރިކަމާއި އެކު ކުރިއަށް ހިނގައިދާނެ ކަމާއި މެދު އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވެސް ސުވާލު އުފައްދަން ފަށައިފިއެވެ.

ނަޝީދު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރޭ ކެމްޕޭން ފައްޓަވާފައެވެ. އެމަނިކުފާނު ވާދަކުރައްވަން ނިންމަވާފައި ވަނީ މައްޗަންގޯޅީ މެދު ދާއިރާ އަށެވެ. ޕްރައިމަރީގައި ނަޝީދާއި ވާދަކުރައްވަނީ ޒުވާން ބޭކަނބަލެއް ކަމަށްވާ އާޝިޔަތު އަލައިކާ އަދުނާނެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވީ ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމަނިކުފާނު ކުރިމަތިލައްވާ ދާއިރާގެ އިންތިޚާބު އެންމެ ރަނގަޅަށް ކުރިއަށް ހިނގައިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ރޭ ރައީސް ނަޝީދުގެ ކެމްޕޭން ފައްޓަވަން ބޭއްވި އެއްވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ޗެއާޕާސަނާއި ވަޒީރުންނާއި ކޯލިޝަންގެ ބައެއް ލީޑަރުންނާއި ކޯލިޝަންގެ ސީނިއާ މެންބަރުން ބައިވެރިވި. އެއާއި އެކު ދެން ވާދަކުރައްވާ ކެންޑިޑޭޓަށް އޮތް ފުރުސަތުތަކުގެ މައްޗަށް ނަޝީދުގެ މަގާމާއި ނުފޫޒު ފޯރާ މަންޒަރު މިފެންނަނީ" ނަން ނުޖަހާ ގޮތައް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އެހެން ބޭފުޅަކު ވިދާޅުވީ އެމްޑީޕީއަށް އަލަށް ވަންނަން ބޭނުންވާ މެންބަރުންގެ ފޯމްތަކާއި ވެސް ހަވާލުވަނީ ނަޝީދާއި، ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ހަސަން ލަތީފް ކަމަށެވެ.

"ނަޝީދާއި ހަސަން ލަތީފް ފޯމްތަކާއި ހަވާލުވަނީ. އެހެންވީމަ އެއްވެސް ޔަގީންކަމެއް ނެތް ފޯމްތައް ރަނގަޅަށް ޕްރޮސެސްވެ އަލަށް ވަންނަ މީހުންނަށް ޕްރައިމަރީގައި ވޯޓް ލެވޭނެ ކަމުގެ." އޭނާ ވިދާޅުވިއެވެ.

ނަޝީދު ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން އެމަނިކުފާނުގެ ފަރާތުން ބަހެއް ނުލިބުނެވެ. އަދި މިކަމާއި ގުޅިގެން އެމަނިކުފާނާއި ވާދަކުރައްވާ ކެންޑިޑޭޓް އަލައިކާގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވާތީ އޭނާގެ ބަހެއް ވެސް ނުލިބުނެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓް ލުން އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަބޯ

    ރައީސްކަންކޮށް ރައީސްގެ އިނާޔަތް ލިބޭމީހަކު އެހެން މަގާމަކަށް ވާދަކުރަނަމަ ރައިސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އިނާޔަތްތައް ދިނުން ހުއްޓާލެވެންޖެހޭނެ.

    • ކޮތަރު

      100 ގެ ވާހަކައެއް.

    • ނަފާ

      ކޮން ޤާނޫނެއްގަ އޮތީ؟ ޤާނޫނު އަސާސީގަ އޮންނަނީ ޤާނޫނަކުން މަނާ ނުކުރާ ކޮންމެކަމެއް ކުރުމުގެ އިޙްތިޔާރު ހަމަ ކޮންމެ މީހަކަށް ލިބިގެންވާކަމަށް.. ދެން ލަލަލާ ވަރަށް ވެދުން..

  2. އިދިކީލި

    ތީ މިގައުމަށް ލެއްވި އެންމެބޮޑުވަބާ

  3. ހުސޭނު

    ނަސީދު ތަ، އޯކޭވާނެ
    ސޯލިހު ތަ، ސުވާލެއް ނުކުރެވޭނެ
    ލަތީފުތަ، ހަތަރުކަށި މާލޭމީހާ، އިސްކޮޅައްވުރެ މަކަރުވެރިވާނެ
    މަހުލޫފުތަ، ގޭގްތަކުގެ މާކެޓިން މެނޭޖަރު
    ދެންތިބި ޕާޓީ ކުދިން، ކީއްކުރާނީ ބުނިގޮތެއް ހެދިގެން ހަމަ ފަހަތުގަ ތިބެންޖެހޭނީ.

  4. ޢަހަންމާ

    ޔަހޫދީ ޕާޓީއެއްގައި އޮންނާނީ ޔަހޫދީން ބާރު. ޢެވަރުގެ ތަނަކަށް ވަދެއޮވެ ދެން ކޮންވާހަކަޔެއް ދައްކާކަށް.

  5. އަސްލުހާލަތު

    ޕާޓީގެ ރައީސަށް ޕުރައިމަރީގަ ވާދަ ނުކުރެވޭބެކޭ ނޯންނާނެ.. ކަލޭމެންނަށް އިންސާފުވެރިވާނެ ތަބަކަށް ލާފަ ޓިކެޓު ދިނީމަ.. ކަލޭމެން ޕާޓީގެ ލީޑަރާ ޕުރައިމަރީއެއްގަ ވާދަކޮށްލިޔަސް އެމީހަކު ކުޑަ ގޮޅީގަ ނޫނީ ޕާޓީން ބޭރުކުރާނެ..

  6. ކޮތަރު

    މައިބަދަ ރަނގަޅުވިކަމުގެ ލިޔުން ލިބިއްޖެތަ؟ އަދަދޯތް!

  7. ހާމަ

    ތި ޕްރައިމަރީއިން ނަޝީދަށް ނާކާމިޔާބުވިޔަސް ވޯޓުން ދައްކާނީ ނަޝީދުއަށް ކާމިޔާބުވީ ކަމަށް. ހުންނާނެ ވަރަށް ގިނަ ފޮށި. ފެންފުޅީގަ އާއި ދޮންނަ މެޝިނުގައާއި، ކެނެރީގޭ ބަދިގޭގައި ބަހައްޓާފައި. ދެން އެފޮށި ތަކުން ނަޝީދު ކާމިޔާބު ހޯދާނީ. ދެން އެމަންޖެއަށް ކާމިޔާބު ވެއްޖެނަމަ އެމަންޖެ ޕާޓީން ވަކިކުރާނެ. އަދި ކުރިމަތި ނުލެވޭގޮތް ހަދާނެ. މިއީ މާޒީގައި ކަންހިނގާފައިވާގޮތް. ނަމުގައި ޑިމޮކްރެޓިކް ކަމުގައި ޚުދުމުޚްތާރު.

  8. ޓެކުސީ

    ޔަހޫދީ ކަލޭގެ މަކަރުވެރިކަން ދައްޖާލުގެ މަކަރާ ހީލަތައްވުރެ ނުބައިވާނެ މިއީ މިގައުމައްލެއްވި ބޮޑުބަލާވެރި ކަމެއް .

  9. ބިކަ

    ހެހެ ހޭރިހޭރި ޖެހޭނީ ތިބެން ދެން ބޮވޭނެ އެއްވެސް ....... ނޯންނާނެ ވުޔައްހޫ.

  10. އަބޯ

    ނަސީދަކީ އިންސާފު ވެރިއެކޭ ބުނީކާކު ؟ ނަސީދަކީ އިންސާފާ އަދުލަށް ގޮންޖަހާ މީހެއް ނަސީދު ކުޑައިރުއްސުން އިންސާފާ އަދުލާ ދެކޮޅަށް މަސައްކަތް ކުރަމުންދާމީހެއް .އެންމެނަށް ދައްކަނީ ތިމާއަކީ އިންސާފާ އދުލުގެ މީހެއްކަން ހުރިހާކަމެއް ވެސް މީނަކުރަނީ ދިމާ އިދިކޮޅަށް.

  11. ހައްގުބަސް

    ސުވާލެއް ނޫން އުފައްދަންވީ މި ކެރަފާ ޔަހޫދީ އަޅު ކަލޭގެ ބައިވެރިވާ އެއްވެސް ކަމެއް އިންސާފުން ކުރިއަކަށް ނުދާނެކަން އެންމެންވެސް ގަބޫލް ކުރާނެ. ޔަހޫދީ އަޅު ކަލޭގެ ކަމަކީ ސިޔާސީ އުކުޅުތައް ބޭނުންކޮށްގެން ރައްޔިތުންގެ ބޯ ކާލުން. ހާމާނުވެސް ވަރަށް މޮޅުތާ އޭރު އުޅުނު މީހުންގެ ބޯކާލަން ހަމަ އެކަން ކެރަފާ ޔަހޫދީ އަޅުކަލޭގެވެސް ކުރަނީ

  12. ވަޓްސްއަޕް

    އޮނޮނީމައުސް ކަލޭ ހޭބަލި ނުވޭ. ނަޝީދުއަށް ބަލަން އެއީ ކާކުތަ؟ މުޅި މި ގައުމު ދުވަސް ދުއްވާލީ ނުބައި ޖާހިލު ނަޝީދަށް ބަލަން ޖެހޭނެ އެއްވެސް ބޭނުމެއް ނެތް. އެ ނުބައި ސައިތާނާ ކުރިމަތިލުމުގެ ފުރުސަތުދީގެންވެސް ނުވާނެ. އެހާވެސް ނުބައި ނުލަފާ ޖާހިލެއް ތި ނަޝީދަކީ. އޭނަގެ ނުބައިކަމާ މަކަރުވެރިކަމުން މި ގައުމު ސަލާމަތްކުރަން ޖެހޭ

  13. ރައްޔިތުން

    ކުދީންނޭ މިފަހަރު ޖޭހެނޭ ރަނގަޅަށްވެސް ނަޝީދު އިމްތިޔާޒު ތެރޭގައި ރަނގަޅަށް ބައިންދުމަށްޓަކައި ވޯޓް ތަޅާ ބަލިކޮށް އެހެން މީހަކަށް ފުރުސަތު ދޭން. ނަޝީދު ދާނީ މަޖިލިސް އިންތިޚާބުގައި ޗޮކުން