16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން ރާވަމުންދާ މުޒާހަރާއަކީ ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާ މުޒާހަރާއެއް ކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެ މުޒާހަރާއަށް ފުރުސަތު ނުދެއްވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދާދި ދެންމެއަކު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ވާހަކަދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ޤާނޫނީ ސަރުކާރު ވައްޓާލުމަށްކަމަށް ބުނެ ޤާނޫނާއި ޚިލާފަށް ބާއްވާ މުޒާހަރާއަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.

ޝިފާން ވިދާޅުވީ، މީސްމީޑިއާ އާއި އެ ނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން އެ އެއްވުމަށް މީހުން އެއްކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބެމުން އަންނަކަމަށާއި، މިރޭވެސް މިފަދަ އެއްވުމަކަށް ގޮވާލާ މަޖީދީ މަގަށް މީހުން އެއްކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

"ރާއްޖޭގެ ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ހުއްޓުމަކަށް ގެނެސް ސަރުކާރު ވައްޓާލުމަަށްކަމަށް ބުނެ ބާއްވަން މަސައްކަތް ކުރާ މި މުޒާހަރާއަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފު ކަންތައްތަކެއް ކުރުމަށް ގޮވާލައި، ސަލާމަތީ ބާރުތަކާއި ކުރިމަތިލައި، އަމަންއަމާންކަން ނަގާލުމުގެ ބޭނުމުގައި ބާއްވާ މުޒާހަރާއެއްކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މިފަދަ އެއްވެސް ކަމަކަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ ވާހަކަ އަޅުގަނޑުމެން ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މިފަދަ މުޒާހަރާތައް އިންތިޒާމްކޮށް ރާވައި އަދި ފަންޑް ކުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި މިހާރުވެސް ފުލުހުންގެ ބަންދަށް ބައެއް ފަރާތްތައް ގެންގޮސްފައިވާކަމަށާއި، އަދި އެ މީހުންނާއި ގުޅޭ ތަހުޤީޤުތައްްވެސް ކުރަމުން އަންނަކަަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މަސްވެރިކަމަށް ނުވަތަ މީހުން އުފުލުމަށް ބޭނުން ކުރާ އުޅަނދު ފަހަރު ހުއްދަ ދޫކޮށްފައިވާ ކަން ނޫން އެހެންކަމެއް ކުރާނަމަ އެ ފަރާތްތަކުގެ މައްސަލަތައްވެސް ބަލައި ފިޔަވަޅު އަޅާނެ ކަަމަށެވެ. އަދި ސަރުކާރު ވައްޓާލުމަށް ސަލަމަތީ ބާރުތަަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކައި، މުޒާހަރާތަކަށް ގޮވާލުމަކީ ޖިނާއީ ދަޢުވާ ކުރެވޭނެ ކަންކަން ކަމަށާއި، މިފަދަ ގޮވާލުންތަކަށް އިޖާބަ ނުދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މި މަހުގެ 16 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިދިކޮޅު ފަރާތްތަކުން އިއުލާނުކުރިއިރު، އެ މުޒާހަރާގައި ބައިވެރިވުމަށް އަތޮޅު ތެރޭގައި ތިބި ބައެއް އިދިކޮޅު ފަރާތްތަކުންވެސް މާލެއަށް އައުމަށް ތައްޔާރުވަމުންދާކަމުގެ މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޝާން

  ކަލޭމެން ހުއްދަ ދީގެންތަ އިދިކޮޅު ކުދިން ކުރާ ކަންކަން މިކުރަނީ. އެކުދިން ހިތައް ކަހަރުވަކެކޭވެސް ހީނުވާނެ ތިޔަހެން ބުނެލާ ބަހަކުން. އެކުދިން ނުނިކުމެތިބޭނެކަމަށް ހީއެއްނުވޭ!

  • ކެކެކޭ

   ދެން ހައްޔަރު ކުރީމަ ބޭރަށް ހިންގާ ލޯލަށް ބޭސްކުރަންޖެހި މައިބަދަ ބިދި މިހެންވާނެދޯ

   • ނަވީން

    ތިހެންނަމަ ޖަލުގަ ތިބޭ މީހުން އެކަނިދޯ ބަލިވާނީ

 2. ދޮންބެ

  ބަރާބަރު

 3. ފަޓާސް

  ގާނޫނުގަ ލިޔެފަ އޮތް އެޗެއް ރަނގަޅަށް ނޭގޭހާލުވެސް ދައްކާވާހަކަ ތިހިރީ ކޮން ގާނޫނަކުންތޯ މަނާކުރަނީ އެއްވެ ނޫޅެވޭނެކަމަށް ކޮންގާނޫނަކުންތޯ ހުއްދަ ކުރަނީ ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރަނިކޮށް ބާރުގެ ބޭނުންކޮށް އަނިޔާކުރަން މިކަން ސާފްކޮށްދީބަލަ

  • އަހްމަދު

   ގާނޫނުގަ ލިޔެފަ އޮތް އެޗެއް ރަނގަޅަށް ނޭގޭހާލުވެސް ދައްކާވާހަކަ ތިހިރީ ކޮން ގާނޫނަކުންތޯ ހުއްދަކުރަނީ އެއްވެ އުޅެވޭނެކަމަށް، ކޮންގާނޫނަކުންތޯ މަނާ ކުރަނީ ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރަނިކޮށް ބާރުގެ ބޭނުން ކުރަން. ނޭންގޭ މީހަކަށް ނޭންގޭނެ.

 4. ޒަހަރު

  ވަގުބުޅާ ބަލަން އޮތޮ މަސް ކުނިވެ ނުކާން އޮތޯ. ޥެރިކަން ނުލިބި ޜޮމުން ބަލަން އޮތޯ ،

 5. ޟުޒަަ

  ނުކުންނާނަން

 6. މައި ފުރެންޑު ފަޓާސް

  ޚަބަރުގަ ލިޔެފަ އޮތް އެއްޗެއް ރަނގަޅައް ކިޔާފަ ކޮމެންޓު ކޮއްބަލަ

 7. މަހަށްދޭބަލަ

  މަމެން ޕިންކީން ނުހުއްޓުވޭނެ އެމްޑީޕީ ފަދަ ފަޑުއްކަ އިންޑިއަން ސްޓައިލްޑް ރަނޑުންނަށް އެއީ ވާނެ ކަމެއް ނޫނޭ އެމެންނަކީ އެއީ ދެން ވަރަށް ރަނޑު ޒާތަށް ދަތްޕިލަ ބާރުކޮށް ގެންތިބެ ރަނޑު ސްޓައިލަށް ވާހަކަ ދައްކައިގެން ރޯ ބުހުތާނު ދޮގު ހަދައިގެން ރާއްޖޭގެ ވެރިކަަމަށް ފާވާން އުޅޭ އެއްޗެހި ތަކޭ ކުޅަދާނަ އެއް ނޫނޭ މަމެން ގެ ވެރިކަން ވައްޓާލަން އެމެންނަށް އެއީ ވާނެ ކަމެއް ނޫނޭ އެހެންވެއްޖެނަމަ ދުނިޔޭގައި ޖެހޭނީ ތިންވަނަ ބޮޑު ހަނގުރާމަ ފަށަން. އެމެރިކާ ވެސް މަހަށް އިންޑިއާ ވެސް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. އިންޑިއާ އެއީ ވޯލްޑް ރޭޕް ކެޕިޓަލް ދޯ ތަމެންނަށް ޗައިނާ އާއި ވާދަ ނުކުރެވޭނެ ތަމެން އުމުރުގައި ވެސް. މަހަށް ދޭބަލަ އިންޑިއާ. މަހަށް މަހަށް މަހަށް ދޭބަލަ..

 8. ނުދޭތި

  ސަރުކާރެއްވެސް ނުހުއްޓުވޭނެ ވައްޓައެއް ވެސް ނުލެވޭނެ ފުރުސަތެއް ވެސް އިދިކޮޅު އެމްޑީޕީ އަދި ޖޭޕީ އަށް ވެސް ނުލިބޭނެއޭ. މީ މަމެން ޕިންކީންގެ ވެރިކަން މަމެންނާއި އެކު ތަމެން ނެކް ޓު ނެކް ޖައްސައިފިނަމަ ތަމެންނަށް ވަރުގަދަ ޝޮކް އެން އޯވް އެއް ދީ ތަންޑާ އަރުވާލާނަމޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ދައްކާ ދޮގާއި މަކަރާއި ހީލަތް ހިމެނޭ ވާހަކަ މިހާރު ގަބޫލުކުރާނެ މީހަކު މިރާއްޖެ އަކު ނެތޭ އީގޯ ސިންޑްރޯމް ޖެހިފައިވާ ރަންރީނދޫ ޓްވިޓަރޭ ފަދަ މަގު އީގޯ ސަންތިމަރިޔަނބޭ މެން ތަކެއް ފިޔަވައި ދޯ.

 9. ދިސްއިޒއިޓް

  ރައީސް ޔާމީން ނުހުއްޓުވައި މިނިވަންކަން ލިބޭކަށް ނެތް ކަމަށް އިދިކޮޅުން ނިކުންނަން ފެލުނު ނަމަވެސް ކުޅަދާނަ އެއް ނޫނޭ މަމެން ޕިންކީން ހުއްޓުވަން ހުއްޓެން ޖެހޭނީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނޭ ބިިކޮޒް މަމެން ޕިންކީން ދޯ ހާކިމާ އަކީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ތިޔާއީ ނޮން ހާކިމާ ދޯ. ނޮން ހާކިމާ ބުނާ ގޮތަށް ހަދަން ނުޖެހޭނެއޭ ހާކިމާ އޮޑި ދޮށަށް ބޮއްކުރާ ކަނބަން ޖެހޭނީ ބޮއްކުރާ ދޮށަށް އޮޑި ނުކަނބާނެއޭ. ދިސް އިޒް އިޓް.

 10. ނުދޭތި

  ބްރޯޑް ކޮމް އަށް ޗެނަލް ތޭރައިގެ އަމްޖޭ އައްޔަން ކުރަން މަޖްލީހުން މިއަދު ފާސް ކޮށްފިނަމަ މިރެއިން މިރެއަށް ޖެހޭނެ އޭނާ އެ ކޮމިޝަނަށް އައްޔަން ކޮށް އެމެންގެ ރަނޑު ފަންކާ ހިންގާ ޗެނަލަށް ލާރޖް ކޮށް ޖައްސަން. އެއިރުން އެމެން ދުވާނެ ދޯ އަލިފާނޯއިއޭ ގޮވަމުންނޭ މަމެން ބުނަން ނެތީމު ދޯ.

 11. ނުދޭތި

  ރައީސް ޔާމީން ނުހުއްޓުވައި މިނިވަންކަން ލިބޭކަށް ނެތް ކަމަށް އިިދިކޮޅު ފަރާތް ތަކުން ފެލި ގޮވާ ނަގަނީ އެއީ ގާނޫނު ތަކާއި އަދި ގަވާއިދު ތަކާއި އެއްގޮތަށް ކަންކަން ކޮށް މަޖްލީހުގެ މެމްބަރުންނަކީ އެއީ ކަޓް ކާލައިގެން އެމެންގެ ވޯޓް ވިއްކާ ބަޔަކަށް ނުވާނެ ގޮތް ހެދުން ކަމަށްވާނަމަ އޭގައިގޯހީ އެމްޑީޕީ އެވެ. ކެނެރީގެ ނަޝީދު ގެ ވެރިކަމުގައި އޭނާ ކަލު ލިބާސްލާ ބޮޑު ކުއްޖާ އާއި އަދި ހާމާނު މެން ގަނެގެން އިންޑިއާގެ ޖީއެމްއާރަށް ހިބައިން ހުޅުލޭ އެއާރޕޯރޓް ދޭން މަސައްކަތް ނުކޮށް އެންޓި ޑިފެކްޝަން ގާނޫނު އެއިރު އުފަން ކުރުވިނަމަ ރާއްޖެ އޮންނާނީ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެފައި ނޫންތޭ. އެކަން އެހެން ނުކޮށް ކަޓް ކާން ވެގެން ކެނެރީގެ ނަޝީދު ރާއްޖެ އިންޑިއާގެ ކުންފުނި ތަކަށް ވިއްކާލީއޭ. އެމެން އެއީ ރައްޔިތުންނާއި އަޅާލާ ބަޔެއް ނޫނޭ އަޅާލާ ބަޔެއް ނޫނޭ އޯލް އައިވޮނާ ސޭދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް.

 12. ނަވީން

  ފުރުސަތުދޭށެކޭ ނުކިއަން.

 13. ދެޓްވޭ

  އެންޓި ޑިފެކްޝަން ބިލް ގާނޫނަކަށް ވުން އެއީ މަމެންނަށް ހާދަ ބޮޑު އުފަލެއް ލިބިގެން ދާކަމެކޭ. މަމެން މިއަދު ކުޑާ ކޮށް އެގްޒޯސްޓް ވެފައި ހުރީމާ ރެސްޓް އެން ރިކްރިއޭޓް ކުރާ ދުވަހު މިހާ ހެޕީ ނިއުސް މަމެންގެ ކަންފަތުގެ އިއަރޑްރަމް ގައި ޖެހުމުން ކަންފަތް ވެސް އެބުނަނީ ދިސް އިޒް ދަވަން ޑިޒާއަރ އޭ ދޯ. އޯއް އެންޓި ޑިފެކްޝަނޭ ޔޫއާރ ދަ ވަން އައި ޑިޒާއަރ ވެން އައި ސޭ އައި ވޮނާ އެކްސްޕީރިއެންސް އެންޓި ޑިފެކްޝަން އައި ނެވަރ ވޮނާ ހިއަރ ޔޫ ސޭ ނާނާނާ ނާނާނާ ނާނާނާ ޔޫ އާރ ދަ ވަން ޑިޒާއަރ އައި ވޯންޓް އިޓް ދެޓް ވޭ. އައި ވޯންޓް އިޓް ދެޓްވޭ.

 14. ހަމަ

  އެހެންވީމާ އެއްވެސް މަހެއްގެ 16 ވަނަ ދުވަހު ނުޒާހަރާ އެއް ނަމަ ނަމަ ނުކުރާތި އެބުނީ 16 ވަނަ ދުވަސް ނޫނީ ފުރުސަތު ދޭނަން ހުންނާށޭ އަދި ހުންނާށޭ ކަންނޭގެ

 15. ޖޮއްބެ

  ކޮން މުޒާހިރާއެއްތަ ބާޣީން ކުރަން މިއުޅެނީ؟ އިންޝާﷲ ނުކުރެވޭނެ. ތަޅާ ރާނޑަލިއަރުވާލާ. ކޮން ނުފޮރުއްޕާނެއްތަ؟