ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ މިއަދު ހަވީރު 16:30 ގައެވެ.

މި ޖަލްސާގެ އެޖެންޑާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ފަސް ނަން ކޮމެޓީން ދިރާސާކުރުމަށްފަހު ރިޕޯޓް އިއްވުމެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވަނީ އަމްޖަދު ވަހީދާއި އެ ކޮމިޝަނުގެ މިހާރުގެ ނައިބް ރައީސް މުހައްމަދު އަސްލަމު އާއި ހ.ޕްރިޓީވިލާ، މުހައްމަދު ޝަމީމްއާއި ނ.މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުއާއި، ރ.އިނގުރައިދޫ، ކީސްވިލާ، މުހައްމަދު ސައުޒަމްގެ ނަންފުޅެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނަންތަކެއް ފޮނުއްވާފައި މިވަނީ ބްރޮޑްކޮމްގެ ނައިބް ރައީސް ކަމުގައި މިހާރު ހުންނެވި އަސްލަމުގެ ދައުރު ހަމަވާތީއެވެ.

އަސްލަމް ބްރޮޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިލި

    ނަރަކަ ހުޅުވަނީޔޭތަ؟

  2. ފެނޭދޯ

    ކޮބ ރަންރީނދޫ ޓްވިޓަރޭ މެންނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  3. މަހަށްދޭބަލަ

    އެއޮތީ ބިލް ތަސްދީގް ކޮށް ގާނޫނަކަށް ހަދާފައި. ދެން ތަމެން ރަންރީނދުލޭ މެންނަށް ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ ތެޅި ތެޅި ތިބެން ޖެހޭނީ. މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ ދެން ރަންރީނދޫ ޓްވިޓަރޭ މެން. މަހަށް މަހަށް މަހަށް ދޭބަލަ.