ގާނޫނު ނެގެހެއްޓުމަށް ފުލުހުން ތިބީ އެކަތިގަނޑެއްގެ ގޮތުގައިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ދިވެހި ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް އަމާންވެއްޓެއް ގާއިމްވެފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުން އަދާކުރަން ޖެހޭ ގާނޫނީ އަދި ގައުމީ ވާޖިބާއި މަސްއޫލިއްޔަތު ތަންފީޒު ކުރުމަށް ފުލުހުން ތިބޭނީ އެކަތިގަނޑެއްގައި ގޮތުގައި ކަމަށެވެ.

"ފުލުހުންގެ އެންމެ މުހިންމު މަގްސަދާ ގާނޫނީ ޒިންމާ އަދި ފުލުހުން އުފެދުމުގެ އަސްލަކީ މުޖުތަމައުގެ އާއްމު މަސްލަހަތާއި އަމަން އަމާންކަން ދެމެހެއްޓުމާއި ފަރުދުންގެ ފުރާނައާއި މުދާ އަދި ގޯތި ގެދޮރު ރައްކާތެރިކޮށް ހިމާޔަތް ކުރުންކަން ޔަގީން. ފަރުދުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން ސުލްހަވެރި އާމަން މާހައުލެއްގައި އުޅެވޭނެ ދިވެހިރާއްޖެއެއް ރައްޔިތުންނަށް ހޯދައި ދިނުމަކީ ފުލުހުންގެ ވާޖިބެއް. ފުލުހުން އެގޮތުގައި ސާބިތުވެ ތިބޭނެކަން ޔަގީން". ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، އަންނަ ހުކުރު ދުވަހު ގާނޫނާއި ހިލާފަށް މަގުތަކަށް ނުކުމެ އާއްމުންނަށް އުނދަގޫވާގޮތަށް ސަރުކާރު ހުއްޓުވާ ވައްޓާލުމުގެ ނިޔަތުގައި ނުވަތަ އެ ވާހަކަ އެގޮތަށް ދައްކާ އެ ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ފުލުހުން ނުދޭނެ ކަމަށާއި، އަދި އެކަން ހުއްޓުވާނެ ކަމަށެވެ.

ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލާ ގައުމު ހަލަބޮލިކޮށް ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޯސަމް

    އުއްތަމަ ފަނޑިޔާރުގެ ވަކީލުގެ ގޮނޑިދަށުން ރެކޯޑަރެއް ފެނިއްޖެ އޭ އެހެން އެބުނަނީ އެއީ އީގޯ ސިންޑްރޯމް ޖެހިފައިވާ ވަކީލޭ މެންނޭ އެމެން ނަހަދާނެއޭ އޮޅިގެން ވެސް ތެދެއް. އެމެން ތިބޭ ޓޭޕް ރިކޯރޑަރޭ ޕެން ޑްރައިވޭ ކިޔާލަ ކިޔާލާ ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ ތިޔާއީ ދަ ހޯކްސް ސްޓޯރީ އޭ ތިޔާއީ ރަނޑު ވާހަކަ ތަކޭ ތިޔާ ޒާތުގެ ރަނޑު ވާހަކަ ތަކެއް މަމެން އަޑު ނާހާނަމޭ. މަމެން އުއްތަމައޭ ފެބް އެކެއްގައި މަމެން ޕިންކީންގެ ވެރިކަން ވައްޓާލަން އުޅުމުން ހުންނާނީ ލާރޖް ކޮށް އޭނާ އާއި ނެކް ޓު ނެކް ޖައްސާ އޭނާ ހަނާ އަރުވާލާފައޭ ފުރާޅުގެ ޓިނު ނަގައިގެން. މަމެން ޕިންކީން މީ ދަ ހާކިމާ ދޯ އެއްގޮތެއް ވެސް ނެހެދޭނެއޭ. ޔޭއް މޭން. ސައިޑް ސައިޑް ސައިޑަށް ފެއްސޭ ރަންރީނދޫ ޓްވިޓަރޭ މެން. އައި ތިންކް އައި ރިމެމްބަރ ދޯޒް އައިޒް އައިޒް އައިޒް. ކަމޯން ހޭންޑްސް އަޕް އެން ރޮކް ޔުއަރ ބޮޑީ، ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ. އޯސަމް. ސޯ ޑާންސް ޑާންސް ޑާންސް ޑާންސް..

  2. އެޑަމް

    ސާބަހޭ ދިވެހި ފުލުހުން

  3. މޮދު

    ގާނޫނަކީ ވަކިފަރުދެއް ހިމާޔަތް ކުރުންބާ؟