ފޯރިގަަދަ އެޕިސޯޑްތަކެއް ގެނެސްދެމުންދާ އްޒޯނާ ސީޒަން 2 ގެ މިރޭގެ އެޕިސޯޑުން ފެނިގެންދާނީ ނިމިދިޔަ ފިލްމް އެވޯޑްގެ އެންމެ މޮޅު އެކްޓަރ އެވޯޑް ހިއްލާލި ޖުމައްޔިލް ނިމާލް އާއި އެންޓަޓެއިންމެންޓް އިންޑަސްޓްރީގައި މަލްޓިޓެލެންޓް އާޓިސްޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޖުމައިހުއެވެ.

މި ސީޒަންގެ ފަސް އެޕިސޯޑެެއް މިިހާތަނަށް ގެނެސްދީފައިވާއިރު ޖުމައްޔިލްއަކީ މިދިޔަ ސީޒަންގެ އަޒޯނާ ޝޯވ އިން ފެނުނު ތަރިންގެ ތެރެއިން މި ސީޒަންގައި ބައިވެރިވާ ފުރަތަމަ ތަރިއެވެ.

މިއީ ޖުމައިހުގެ އަޒޯނާގެ ފުރަތަމަ އެޕިސޯޑެވެ. އައްޒަ އާއި ޖުމައިހްއަކީ ޕާސަނަލް ލައިފްގެ ހިސްޓްރީއެއް އޮންނަ ދެ ތަރިން ކަމުން މި އެޕިސޯޑްގައި އެ ގުޅުމާއި ގުޅުވައިގެންވެސް މަޖާ ވާހަކަތަކެއް ދެކެވޭކަން ވަނީ ޓްރެއިލާ އިން ފާހަގަވެގެން ގޮސްފައެވެ. މިއީ އައްޒަ އާއި ޖުމާހް އެކުގައި ޓީވީން ނުފެންނަތާ ވަރަށް ގިނަ ދުވަސްތަކަކަށްފަހު ފެނިގެންދާނެ ޝޯވއެއްކަން ފާހަގަކޮށްލަމެވެ.

https://www.facebook.com/1245313922190427/posts/1957440357644443/

މިރޭގެ ޝޯވ 23:00 ގައި އައިސްޓީވީގެ ޕޭޖް އަސި އަޒޯނާ ޝޯވގެ ފޭސްބުކް ޕޭޖްގައި މި އެޕިސޯޑް ލައިވް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

https://www.facebook.com/1245313922190427/posts/1951573238231155/

މި ސީޒަންގެ މިހާތަނަށް ފެނިފައިވާ ތަރިންގެ ތެރޭގައި ސޯޝަލް މީޑިއާގައި މި އަހަރު އެންމެ ނަން ހިއްޕާލި ޝަޒީލާ އަދި ކާއްޓޭގެ އިތުރުން، މިއުޒިކް އިންޑަސްޓްރީގެ ތެރެއިން މައީޝާ، ނަޒީހު، ފުބޫ އަދި ފެޒޫ އާއި ފިލްމީ ދާއިރާއިން ޔޫއްޕެ، ސީޒަން، ޔުނާން އަދި ޝިބާން ހިމެނެއެވެ.

ކުރިއަށް އޮތް ހަފްތާގައި މި ޝޯވގައި ފެނިގެންދާނީ މޯލްޑިވިއަން އައިޑޮލްފެ ސީޒަން ދޭއްގެ ދެ ހޯސްޓް ކަމަށް މޫސާ ވަސީމް އަދި ލަމްހާ ލަތީފްއެވެ.