ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އުތުރުގެ އަތޮޅުތައް ފިޔަވައި އެހެން ހިސާބުތަކަށް މިއަދު މެންދުރުކުރިން މޫސުން ރަގަޅުވާނެ ކަމަށާއި އެހެންނަމަވެސް މިރޭ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާ ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އިއްޔެ ވެސް މާލެ އަށް މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ފެން ބޮޑުވުމުގެ ސަބަބުން އިއްޔެ މާލޭގެ 130 އަށް ވުރެ ގިނަ ގެއަށް ފެންވަދެ 70 އަށް ވުރެ ގިނަ ގެއިން ކަރަންޓްގެ ޚިދުމަތް ވެސް މެދުކެނޑުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަންފުޅު.

    ކަލާގެ ކުޅަދުން ވަންތަކަން ހަނދުމަކުރޭ.
    ދޮގާ މަކަރާ ހީލަތާ ހެދުން ހުއްޓާލާ ތައުބާވޭ.
    ޢެއްވެސް މީހަކައް ކަނލާގެ ކޯފާއައުމުން ކުރެ
    ވޭނެ ކަމެއް ނޯންނާނެ.
    މިހާރު ގައުމުން މިފެނނަނީ ހުސް މިކަހަލަ ކަންކަން. ޥަގުތު އޮއްވާ ތަުބާވޭ.
    މިކޮމަންޓް ޖަހާލަ ދީބަލަ ވައްސަލާމް.

    • މާނުބެ

      މީ ސަދޫމަށް ވުރެ ނުބައި ނުލަފާ ތަނެއް.

  2. ހެހެ

    މިރިންގު ރޯޑުގެ ސަބަބުން ރައްތަކުގައި ފެންބޮޑު ނުވާނެބާ