ރިޝްވަތުގެ ހިފިކަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބައްދަލު ކުރެއްވި އިރު ގޮޑިކޮޅު ދަށުގައި ފުލުހުން ހަރުކޮށްފައިވާ ޓޭޕް ރިކޯޑަރެއް ފެނުނު ކަމަށް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އެކު ދޫނިދޫގައި އޭނާ ބޭއްވި ބައްދަލުވުމުގައި ގޮނޑިދަށުން ޓޭޕް ރެކޯޑަރެއް ފެނިފައިވާ ކަމަށާއި އެކަމަކު ފުލުހުން އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ފުލުހުންގެ ބަންދުގައިވާ ފަރާތްތަކާއި ޤާނޫނީ ވަކީލަކު ބައްދަލު ކުރެއްވިއިރު، ބައްދަލުވުން ބޭއްވުނު ތަނުން ރެކޯޑިންގް ޑިވައިސްއެއް ފެނުނު ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކައިގައި ހަޤީޤަތެއް ނެތްކަމަށެވެ.

އަދި އެވާހަކައަކީ ފުލުހުން ބަދުނާމު ކުރުމުގެ ނިޔަތުގައި ދެއްކެވި އަދި ދައްކަވަމުން ގެންދާ ވާހަކައެއް ކަމަށާއި، އެ ޝަކުވާ ލިބުމާއި ގުޅިގެން ފުލުހުން އެކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ވަކީލުންނާއި، ބަންދުގައިވާ ފަރާތްތައް ބަންދު ކުރުމަށްފަހު ބައްދަލު ކުރުމަށް ހަމަޖެއްސިފައިވާ ތަނަކީ އެކަހެރި އަދި މިނިވަންކަމާއި އެކު ބައްދަލުވެވޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސިފައިވާ ތަނެއްކަން ފުލުހުން ޔަޤީންކޮށްދޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އެޑަމް

    މިމީހުން ދޮގު ހަދާކަށް މިހާރު އެއްވެސްކަހަލަ ޖެހިލުމެއް ނުވޭ. ﷲ ހައްގު ޖަޒާދެއްވާނެކަން ނޭނގެނީބާ؟

  2. ދިވެއްސެއް

    ހިސާނު އެވެ، މިޒަމާނުގަ ޔައުމިއްޔާ ނަގަންވެސް ތި ނުގެންގުޅޭ، ކީއްވެތޯ ނުބުނީ މައިކް އަކާއި ސައުންޑް ސިސްޓަމެކޭ

  3. ރަމީޒު

    ކަމަނާ ފުލުހުން ތިހާ އުޓްޑޭޓަޑް އެއްނޫން، ފުލުހުން ބަގް ކުރަން ބޭނުމިއްޔާ އެކަން ކުރާއިރު ކަމަނާޔަށް ވެސް ނޭންގޭނެ، ދޮގެއްހެދިޔަސް މީހުން ގަބޫލް ކުރެވޭ ވަރުގެ ދޮގެއް ހަދާބަލަ

  4. މަރޭ

    މި ތަނުން ތެދުހަދާ ފަރާތަކީ ކޮބާ ބާ؟

  5. ާސަދާ

    މީނަ އަކަށް ދުވަހަކު ތެދެއް ނެހެދޭނެ. އެހެނނުވާނީ. ދޮގު ހެދިވަރަކަށް ގިނަ ލާރި ލިބޭނެ ވިއްޔާ. މީނާ މީ އަބަދުވެސް ކުއްވެރިނ ދިފާއު ކުރަން އުޅޭ މީހެއް

  6. އިދުރީސްބެ

    ކަމަނާއަށް ރެކޯޑަރު ފެނުނީމަ ކީއްވެތޯ ރެކޯޑަރ ނުނެގީ... ނޫނީ ފުލުހުންނަށް ނުދެއްކީ... ކޮންމެސް މޮޅު ގޭސްގަނޑެއް އަނބުރާލާ ހިިތް ވީދޯ،،،

  7. އަބްދުއްލާ

    ތިޔަ ރެކޯޑް ކުރުމަށް ހިސާންގެ ބޮލުގެ އިސްތައްޓެއްގެ ބޭނުންވެސް މިޒަމާނުގަ ކޮށްފާނެ . އެކން ތިބޭފުޅާ އަކަށް ނުވެސް އެގޭނެ. ދޮގުނަހދާ އެއީ އުފެދުމުގާ ދަސްކުރެވިފާހުރިކަމެއްތަ ؟

  8. ހިދުކޮޅު

    ތިކަހަލަ ރިކޯޑަރެއް ހިސާނުގެނުރަގަޅު ތަނެއްގައިވެސް ވަނީހަރުކުރެވިފަ

  9. ވަކީލު

    މިކޮއްކޮގެ ވަކީލުކަމުން އެއްވެސްމީހަކު ދިފާއުކުރެވުނުކަމެއް އެގޭކަށްނެތް .. އަބަދުވެސް ކޮންމެވެސް ދޮގެއް ނުހެދިގެން އުޅެއުޅެ ހުއްޓާ ހުކުމްކޮށްފަ ޖަލަށް ގެންދާތަން މިފެންނަނީ =ހައް ހައް ހާ ހާ=

  10. އަހުމަދު

    ހިސާންޢަށް ފެނުނުނަމަ އޭނަ ފޮޓޯ ނަގާނެ. މިއީ ދުވާލުގެ އިރުފެންން ފަދައިން ޔަގީންވާކަމެއް. ދޮގު ހަދަންވޭ އެކަމަކު ދޮގެއް ހަދާކަށް ނޭގޭ.

  11. ގާސިމޫ

    ހިސާނު ވިހޭ ރެކޯޑަރަކަށް ތިޔަ ވާނީ

  12. ހުސޭނުބޭ

    މީހަމަ ކަލޭމެންގެ ބޮޑު ސުވާލު.........."ސާބިތު ހެކި ކޮބައި" ޖަވާބެއް ނެތްދޯ!