"ގައުމީ ވިންދު" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ގައުމީ ވިންދުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެއްވީ ގ.ރާހވެހި، މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު) އަށެވެ.

އިލެކްޝަން އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ވިންދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އިލެކްޝަނުން ހުއްދަ ދީފައިވާ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުން ނުފެނުނު ނަމަވެސް ރާމިޒަކީ މީގެ ކުރިން ވެސް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

ރާމިޒަކީ ރައީސް ޔާމީނާއި ވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް ބައެއް މީހުން ބުނެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރާމިޒު ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ ހޯއްދެވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރު ކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެއްޔާ

    އިސްލާމް ދީނާ ބެހޭގޮތުން އޮގަރު ރަމީޒުއާއި ސުވާލުކޮއްލަބަލަ! ކީކޭތޯ އޭނާ ބުނަނީ؟
    ކޮންމެ މީހަކުވެސް ބޭނުންވަނީ ދައުލަތުގެ ތެރެއިން ރުފިޔާ ހޯދުނު ގޮތަކަށް ހޯދާ މުއްސަނދިވުން!

  2. ސަނދުވާ

    އޮގަރު ރަމީޒު ޕާރޓީއެއް އުފައްދަވާތީ، ސުވާލު. ފުރަތަމަ ސުވާލު ކުރައްވަން ފެންނަނީ، "އަދާލަތު" ޕާރޓީއާ. އެ ޕާރޓީ އުފެއްދެވި މަޤުޞަދު ކަމަށް ވިދާޅުވި މަޤުޞަދާވެސް ފެށުނީއްސުރެ ޚިލާފު.

  3. ގޮއްޔެ

    އަނެއްކާ އަނެއް ޕާޓީ؟ މިރާއްޖޭގައި އެވަރަށް މީހުން އެބަތިބިތަ؟

  4. ސޮންދާލި

    ނޫސްވެރިން ޖެހޭތަ މީހުން ކިޔާހާއެއްޗެއްލިޔަން . ތަންކޮޅެއް މަޢުލޫމާތު މުއްސަނދިވާން އެބަޖެހޭ.

  5. ޖަމީ

    އެއްމޭންވެސް ޕާޓީ ހަދާފަބަހަށްޓާ