ފެން ހިންދުމަށް ކުރެވެމުން ދިޔަ މަސައްކަތުގެ މައުލޫމާތު މިނިސްޓަރ މާރިޔާ ރައީސް އަށް ދެއްވަނީ – ފޮޓޯ: ރައީސް އޮފީސް
ފެން ހިންދުމަށް ކުރެވެމުން ދިޔަ މަސައްކަތުގެ މައުލޫމާތު މިނިސްޓަރ މާރިޔާ ރައީސް އަށް ދެއްވަނީ – ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ރެކޯޑް ނުކުރެވޭ މިންވަރަކަށް މާލެއަށް ވާރޭ ފެހި ފެންބޮޑުވި ނަމަވެސް އެއީ ގިނައިން ވާރޭ ވެހުމުގެ ސަބަބުން ދިމާވި ކަމެއްގެ ބަދަލުގައި އެއީ މާލެ ވަށައިގެން ރިންގް ރޯޑް ހަދާފައިވާ ގޮތުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، މެކޭނިކަލް ޕަމްޕްތައް ބޭނުންކޮށްގެން ވެސް ފެންގަނޑު އަވަހަށް ހިންދާލަން އުނދަގޫތަކެއްވީ، ރިންގް ރޯޑް ހެދުމުގައި އެ މަގު މާބޮޑަށް އުސްކޮށް ހަދާފައި އޮތުމުން ފެންގަނޑު ރަށު ތެރެއަށް ފައިބާތީ ކަމަށެވެ.

"މިކަންތައް އެންމެ ބޮޑުވާ ގޮތަކީ އެ ހައްދަވާފައި ހުރިއިރު، އެތާގައި ހުރީ މެކޭނިކަލް ޕަންޕު ލައްވާފައި. އެކޮޅު (ރިންގް ރޯޑް) އުސް. އެހެންވީމަ ހުރިހާ ފެނެއް ރަށު ތެރެއަށް މި ހިފަނީ. އެ ވާހަކަ އެމްއެންޑީއެފާއި ނެެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ވެސް ކުރިން ވެސް ހިއްސާ ކުރެއްވި. މިއަދު ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ، ހަދަންޖެހޭ ގޮތަށް ނޫން ގޮތަށް ހެދުނީމަ ދެން އެ ދިމާވާ ދަތިތައް މި ފެނިގެން ދަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރ މާރިޔާ އެހެން ވިދާޅުވި ނަމަވެސް ހަޤީޤަތުގައި ފެން ބޮޑުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ފެން ހިންދަން ބޭނުން ކުރާ ބައެއް ޕަމްޕްތަކުގައި މައްސަލަ ޖެހިފައި ހުރުމުންނާއި އާދަޔާއި ހިލާފަށް ގިނައިން ވާރޭ ވެހުމުން ކަމަށް ފެން ހިންދުމުގައި ހަރަކާތްތެރިވި ބޭފުޅުން ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އިއްޔެ ހެނދުނު 11:45 ން ފެށިގެން 223.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އެއީ އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާރޭ ވެހިފައިވާ މިންވަރަށް ބަލާއިރު ރެކޯޑެކެވެ.

މާލޭ ސަރަހައްދުގެ މޫސުމަށް ބަލާއިރު އެންމެ ގިނައިން 24 ގަޑިއިރު ހުޅުލެއަށް ވެހިފައިވަނީ 200 މިލިމީޓަރުގެ ވާރޭއެވެ. އެއީ 11 ޑިސެމްބަރ 1998 ގައެވެ.

މާލޭގައި ބޮޑުވި ފެންގަނޑު ރޭ ވަނީ ހިއްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ދެން ރިންގް ރޯޑް ވެސް ތަޅާލަން ވީނުން މާރިޔާ

  2. ތަންދޮރު ނުދަތަސް އަގަވާނެ ހާވަން ކަބިލި މިނިސްޓަރު

  3. މާރިޔާ މީސްމީހުންގެ ބޮލުގައި ޒިންމާ ނާޅުވާ ! މިނިސްޓަރކަން ނުކުރެވެންޔާ އިސްތިއުފާ ދިނީމަ ނިމުނީ! އެ ކަން އެހެން އެވީ އެމީހުން ކަންތައްކުރި ގޮތުން މިކަން މިހެން މިވީ މީނަ ކަންތައްކުރި ގޮތުންނޭ! މާރިޔާ މަބުނަން މިއަށްވުރެ އުސްގަނޑު ގަނޑާ ދިމާވާނެ! ނިކަން ކެރިގެން ކަންކަމާކރިމަތި ލާންޖެހޭނީ ! ތިމަންޖެ ތިޔަވީ އެއްކަަލަ އެދުރު ދައިތަހެންނެއްނުން!

  4. ރިންގް ރޯޑް ފުޑާލަންވީނު އޭރުން ކަލޭމެން ނަށް ވެރިކަން ކުރެވޭ ކަމަށް ވާނީ.

  5. މާރިޔާ އަކަށް ނޭގޭނެ، ޤުދުރަތީ ގޮތުން ދިމާވާ ކަންކަންވެސް ސިޔާސީ ކުރެވޭތޯ ތިއުޅެނީ. ފެންކުންފުންޏަށް ވެސް އެކަން ކުރަން ދަތި ވެގެން އުޅެނީ އެތަނުގެ ހިއްސާ ވިއްކާލުމުގެ ކަންތަކުގަެި ހިންގި ކޮރަޕްޝަނުން ކަަމަނާ ނެންގެވި 22 މިލިޔަން ރުފިޔާ އާއި ހެދި

  6. ފުރަތަމަ ސަަތޭކަ ދުވަހުގެ ތެރޭގައި އެރި އެންމެ ރޯޅިއަކުން މާރިޔާ ހިތްކުދިކުދިވެއްޖެ! މިއަށްވުރެ ބޮޑުކަމެއް ދިމާވެއްޖެނަމަ މީނައަށްވާނީ ކިހިނެއްބާ! ނަޝީދު ވެރިކަން އެއްލާލާފަ ދިޔަހެން މިނިސްޓަރުކަން އެއްލާލާފަ ގެއަށްދާނީ ކަންނޭގެ! މަވާސަލާމް

  7. މާރިޔާ! ކަލެޔަކަށް ނޭނގޭނެ މަގުހަދަންވާ ގޮތާ ބެހޭގޮތުން އަލިފު ބާ ވެސް. ރިންގް ރޯޑް އަޑިކޮށް އޮތްނަމަ ކިރިޔާ ފެންތިކެއް ޖަހާއިރަށް މުޅި ރިންގް ރޯޑުގައި ފެންބޮޑުވާނެ ކަން ނޭނގުމަކީ ކަލޭގެ ގަޅިކަން ހާމަވާ ކަމެއެް! އެހެން ބައެއްގެ ބޮލުގައި ޒިންމާ އަޅުވަން ނޫޅޭތި. ވެވޭނޭ ކިޔާފަ ޙަވާލުވެގެން ތިޔަ އުޅެނީ ދޯ؟

  8. މާރިޔާމެން ލިންކް ރޯޑްގެ ޕަންޕް ޝްތޭޝަންތަށް ހަލާކުރުމުން ވީގޮތް އެއީ! ދެންތިބޭ ތިމާމެން ފޭސް އިލޮށިބުރި އެހެރުނީ ތިމާމެންގެ ލޮލަށް!

  9. މާރިޔާ ވާހަކަ ދައްކަމުން ބުނި ،"އަމާބުނީތީ ފަރަށްދާ އުސޫލުން ދަނެއްދޮރެއް ބަލާނުލާ ތަރައްގީ ކުރީމަ" އޭ ފެންބޮޑުވީ. އެއީ މަގުތައް ހެދި ގޮތަށް ފާޑުކިޔާފައި ބުނިއެތި. މިހިރީ އެފެންވަރުގެ މަގާމެއްގައި ހުންނަމީހެއްގެ ބަސްމަގާއި އަޚްލާޤް ހުރިގޮތް. ވާހަކަ ދައްކަނީ އެންމެ ބާޒާރު މަތީ ގޮތަށް. ޖެއްސުންކުރުމަށް. ވަރަށް ލަދުކުޑަ ގަމާރެއް އެއީ.

  10. ސިނަމަާލެ ބުރިޖުގެ ސަބަބުންނެއް ނޫންތަ؟؟؟؟ 😑

  11. އިސްލާމީ މަރްކަޒްގެ ކައިރީގައި އެތުރި މާބްލްސްތައް ހަލާކުރުމުގެ ޒިންމާވެސް އެންބައެއްގަ ބޮލުގައި އަޅުވަގަ! މާﷲ އަށް ބިރުވެތި ވުމަށް ދަސްކޮށްބަލަ! މުސްލިމު ގައުމެއްގެ އެންމެ މާތް މިސްކިތްކައިރީ ޖަހާފައިހުރި މުށިތައް ތަޅާ ސުންނާފަތި ކުރިއިރު އެކަމުގެ ކޯފާ އަންނާނޭކަން ހަނދާނެއްގެ ނެތް

  12. .އަދިވެސް މީހުުނާ ޖެހިގަނެގެން އުޅުން ހުއްޓާލާކަށް ނުވޭތާ؟ ވާރެއަކީ ތިބުނާ ބަޔަކު ކުރިކަމެއްނޫން ﷲގެ ކުޅަދުން ވަންތަކަން ނިކަން ވިސްނާބަލަ.

  13. އިސްލާމެކޭ ކިޔައިގެން އައުރަ ނިވާ ނުކޮށް އުޅޭ ޖާހިލު ވަޒީރު ، ކަލޭ މޮޔަ ނުގޮވާ ހުރޭ

  14. ރިންގު ރޯޑު ނަގާ އެއްލާލާ

  15. ހާދަ މޮޅުމިނިސްޓަރެކޭ މި ހުރީ ލިބިފައި!!!!! ނަސީބެއްނު މާލޭ ތޮށިގަނޑުގެ މައްސަލަ އެކޭ ވިދާޅުނުވިކަން......

  16. މައޫމޫނުގެ ޒަމާނުގަ މަގުހެދިއިރު މަގުތައްހެދީ މެކޭނިކަލް ޕަންޕުނުލާ އަދި އަލިފާނުގެ ހާދިށާއެއް ހިންގައިގެން ތަންނިއްވަން ބޭނުންވާފެން މަގުމަތިން ފެންލޮޜީއައް ގުޅޭނެގޮތެއްނެތި. މަޖީދީމަގާ ރިންގްރޯޑް ހެދީ މިކަން ބަލައިގެން މިކަމައް ހައްލުހޯދާދީފަ. ދެންހުރި މަގުތައް ޖެހޭނީ ރިންގްރޯޑާ އެއްލެވަލަކައް ގެނެސް އެމަގުތަކުގަ މެކޭނިކަލް ޕަންޕް ހަރުކުރަން. ޕަންޕު ހަލާކުމީވަ ހެދުމަކީ އޭރުތިބޭބައެއްގެ ކަމެއް. މުއީޒެއްނޫންގޯހީ، ގޯހީ މައުމޫނުގެ ފަހުން މަގުތައް އަޅާނުލާ ދޫކޮއްލާފަ އޮތީމަ މިހާރު މާލޭގެ ހުރިހާމަގެއް ހަލާކުވީ. މުއީޒު ރަގަޅު ކުރީ އެތަނުން ބޮޑުދެމަގު، ދެން އިތުރު ފުރަށަތެއް ނުލިބެ. މާރިޔާގެ ކަމެއް ކުރީދައުރުގަހެން ކަމެއްނުކޮއް މަގުތައް ދޫކޮއްލާފަ އެހެންބަޔެއްގެ ބޮލައްކަންކަން ކަޑަންތިބުމަކީ. މޑޕ ގެ ކުރީ ދައުރުގަ މާލޭގެ އެއްވެސް މަގެއް މަރާމާތެއްނުކުރެ. އޭރު ލަންކާގެ އެހީގަ އައްޑޫގަ ބައެއްމަގުތައް ތާރުއަޅާ ނިންމާލީ ނަރުދަމާޔާ ފެންހޮޅި ނާޅާ، ޔާމިނައް ޖެހުނީ ފެނާނަރުދަމާ އަޅަން އެހުރިހާ މަގެއްގެ ތާރުކަނޑަން.

  17. ޤާނޫނަށް ފަޔާއެރި ވަޒީރާ އެއީ، މަސްނުބޭވުނީމާ ކަނޑު ނުބައިކުރި ގުރޫޕުގެ ގޮއްޔެއް އެ ގޮއްޔަ ދައްކާނީ މުޅިންވެސް ހިންމި ނުބެދޭވާހަކަ!

  18. ޖައްބާރު ވެރިކަމުގެ ވާހަކައެއް ނުދައްކާ

  19. މައުމޫނުގެ ވެރިކަން 2008 ގަ ބަދަލުވި އިރު މާލޭގެ ފެންހިންދާ ނިޒާމް އޮތީ ވަރަށް ރަނގަޅަށް މަގުމަތީގެ ކާނުތައްބަރަބަރަށް ދިޔައީ ސާފުކުރަމުން . ކާނުތައް ފުރި އޯވަރ ފްލޯވުމުން މާލޭގެ ތޮށިގަނޑުން ފެންބޭރުވެގެންދާ ނިޒާމް އައިޖީއެމްއެޖެ ހުޅަނގު ބޮޑުތަކުރުފާނު މަގުގެ ބޭރު ތޮށީގަ ހުރީ ގާއިމްކުރެވިފަ. އެމްޑީޕީ ގެވެރިކަން 2008 ގަ އައިސް ކާނުތައް ސާފުކުރުން ހުއްޓާލި ކާނުތައްބެދި ގަސްކާނާ މެސިނަށް ބަދަލުވި ކާނުތައް ތަޅާލާ ފެންފޯއް ރުއް އިންދި މި ހުރިހާކަމެއް ތަރއްގީގެ ނަމުގާ ކޮށްގެން މާލޭގެ ފެންހިންދާނިޒާމް އެއްކޮށް ހަލާކުކޮށްލި އޭގެ ފަހުން މާލޭގެ ކާނުރތައް ސާފެއްނުކުރޭ ފެންހިންދާ ނިޒާމް ރަނގަޅެއްނުކުރޭ އެމްޑީޕީ ގެ ވެރިކަމުގާ މާލެ ގޮނޑުވެ މާލޭގެ ކުނި އުފުލާ ނިޒާމް ވީރާނާ ކޮށް މުޅި މާލެއަށް ކުނިވަހުން ސެންޓް ޖަހާހެދި ހަނދާން އަދި ނުފިލާ. ސްކޫލްތަކުގާ ކިޔަވާނުދެވިގެ އުޅުނު ހަނދާނާ ގޭން ބޭރަށް ނުނިކުމެވިގެން އުޅުނު ހަނދާން އަދި ނުފިލާ އަނެއްކާ ވެސް އެވެރިކަން އިއާދަ ވެއްޖެ ވީމާ 2008 އަނެއްކާ އިއާދަ ވަނީބާ ؟

  20. ރިންގް ރޯޑް ތަޅަންވީނު އެހެންވީމަ....

  21. ދަރިފުޅާ ގުދުރަތީ ކަމެއް. ކިތޭމޮޅަށްހެދިޔަސް ނެތިފަނާވެދާނެ. ސިޔާސީވިޔަސް ތަންކޮޅެއް ބޮޑުވަރެއް

  22. މާރިޔައޭތާރިއާ ތާރިޔައޭ ޖާރިޔާ ޖާރިޔައޭ ބާރިޔާ
    ދެއްކަލޯ ކާލިޔޯ ނެތްކަލޯކާލިއޯ ހުރިކަލޯ ބޯލިއޯ
    އަތްޖަހާ ފިލިޖަހާ ހިޔަންޏޯ ވިގަންޏޯ

  23. މާރިޔާ ޤުދުރަތީ ކަންކަމާއި ކުރިމަތިލާން ޖެހުނީމަ ވަކި މީހެއްގެ ބޮލަށް ކަނޑަން ތިއުޅެނީ ކީއްވެ؟ތިރިންގްރޯޑަށް އެކަނި ތޯ މާލެއަށް ވާރޭ ވެހުނީ. ތި ޔައީ ޤުދުރަތީ ހާދިސާއެއް. މާރިޔާ ކީއްވެތޯ ވިދާޅުނުވީ އާދަޔާއި ޚިލާފަށް ވާރޭވެހުނީއޭ. މިއޮތް ހުރިހާދުވަހު ނުވާކަމެއް މިހާރު ވަންވީ ކީއްވެ. އެހެންނޫނަސް އެމްޑީޕީ މީހުން މާލޭގައި ފެން ދަމަން ފެން ހިންދަން ހަދާފަ ހުރި ޕަމްޕްތައް ހުރީ ހަލާކުކޮށްފަ. ވެރިކަން ލިބުމުން ވީ އުފަލުން ކުރަން ފެނުނު ކަންތަކަކީ އެއީ. ޕަމްޕްތައް ހަލާކުކޮށްލުމުން. ގެއްލުންވީ ހަމަ އެކަނި ޕީޕީ މީހުންނަށް ތޯ؟ ވަކި އުޞޫލަކުން ވަކިގޮތަކަށް މާލޭ މަގުތައް ހަދާފަ . ފެން ހިންދޭނެ ގޮތާ ކަންތައް ޤާއިމްކޮށްފަ ހުއްޓާ އެމްޑީޕީ މީހުން ޔާމީން ސަރުކާރަށް ކުރި ޖެއްސުން ތިއޮތީ ފެންނާން. އޭރުވެސް މިނިްސޓަރ މުއިއްޒު ވިދާޅު ވި ރައްޔިތުންނަށް ކޮށްދީފަ ހުންނަ ކަންތަކަށް ތިގޮތަށް ކަންތައް ކުރީމަ ގެއްލުންވާނެއޭ. ތިގޮތަށް ކަންތައް ނުކުރާށޭ.ކޮބާ. މިވީ ކިހިނެއް؟

  24. މާރިޔާއެބުނީ ހެޔޮކޮށް. ރީނދޫ ފުރަތަމަ ސަރުކާރު ނިމުނުއިރު މުޅިމާލޭގެ މަގުތައް ހަދާ، ފެން ނުހެދޭ ނިޒާމުހަރުކޮށް އެވަރުން ނުވެގެން މުޅި މާލޭގެ ހުރިހާ މަގެއްގަޔާ ގޯޅި ތަކެއްގައި އޮތީ ދޫލައަޅާފަ، އޮމާން ކަމުން ހިނގާފަދާއިރުވެސް ދުއްވާ އެއްޗެއްގައި ދާއިރުވެސް ހިއެއްނުވޭ ދެވޭހެންވެސް. އެހާވެސް ފުރިހަމަ ކޮށް އެކަން ނިންމާފައޮއްވާ މުޢިއްޒު މިކުރިކަމަކުން މުޅި ހުރިހާ މަގެއް ހަލާކުވީނު؟ އެހެންވީމާ މާރިޔާ ރުޅި މަޑެއްނު؟

  25. ކޮން މިނިމަމް ވޭޖޭ ކިޔާ ޕްރޮޕެގެންޑާ ފަތުރަންތޭ ތަމެން އަސްލު މައްސަލަ ހައްލު ކުރަންވީ ނޫންތޭ އެކަން ނުކުރެވެންނާ އެހެރީ ވަން ދޮރު ގެއަށް ކަނޑާލާ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުލާ އެމެން ރަށަށް ފޮނުވާލުމުގެ މަސައްކަތް ތަމެންނަށް ޕޮލިހާއި ހަވާލު ނުކުރެވިގެން އުޅެނީ އެއީ އެމްޑީޕީ އެއްޗެހި ތައް ވިއްޔާ އެންމެ ގިނައީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދޯ މަހަށް ދޭބަަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

  26. ޤާނޫނަށް ފަޔާއެރި ވަޒީރާ އެއީ، މަސްނުބޭވުނީމާ ކަނޑު ނުބައިކުރި ގުރޫޕުގެ ގޮއްޔެއް އެ ގޮއްޔަ ދައްކާނީ މުޅިންވެސް ހިންމި ނުބެދޭވާހަކަ!

  27. މާރިޔާ ކަލޭވީނުން ސިވިލް އިންޖެނޭރުކަން ކުރަން..

  28. ރާއްޖޭގެ މައްސަލައަކީ ކަންތައްތައް ހައްލު ކުރަން ތިބޭ ބަޔަކު އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ކަންތައްތައް އެޅުވުން. ޤައުމާއިގެން ކިރިއަށް ދާން ބޭނުމެއްނެވޭ. ބަލަ މި ޤައުމަކީ ރީތި މުއްސައްދި ޤައުމެއް އެހެމް ނަމަވެސް މި ގައުމުގެ އެއްބަޔަކު އަބަދުވެސް ކޯޅު ނޫން ކަމެއް ނުކުރޭ. ޤައުމަށް ބޭނުން ވަނީ ކޮންކަމެއް ތޯ.

  29. ރާއްޖޭގެ މައްސަލައަކީ ކަންތައްތައް ހައްލު ކުރަން ތިބޭ ބަޔަކު އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ކަންތައްތައް އެޅުވުން. ޤައުމާއިގެން ކިރިއަށް ދާން ބޭނުމެއްނެވޭ. ބަލަ މި ޤައުމަކީ ރީތި މުއްސައްދި ޤައުމެއް އެހެމް ނަމަވެސް މި ގައުމުގެ އެއްބަޔަކު އަބަދުވެސް ކޯޅު ނޫން ކަމެއް ނުކުރޭ. ޤައުމަށް ބޭނުން ވަނީ ކޮންކަމެއް ތޯ.

  30. ާއައްޑޫ އަލިބެއްޔާ

    @ ހުވާ މިބުނީ...

    ކަނބިލި މިނިސްޓަރ... ލޮލް..

    ޙަހހަހަަހހަހަހަހަަ ސަޅި ނަމެއް.. ސަޅި ކޮމެންޓް....

  31. ގުދުރަތީ ކަމަކާ ރިންގުރޯޑަކާ ހުރީކޮންގުޅު މެއްތަ އެވަރު ވެސްނޭގޭ ގަމާރެއްތަ މީ

  32. ބާބާޕާޕާ ވަޒީރު

    ފ ަ ަ ަސް ް ް ް ް އަ ަ ަ ަހަ ަ ަ ަރު ު ު ހ ވަންދެން ތިހެން ކިޔަކިޔާ ތިބޭ. ނޫނީ ގައުމު ވިއްކާލާފަ ދެ އަހަރުން ފިލާ. ކަމެއް ކުރާކަށްވެސް ހައްލު ކުރާކަށްވެސް އެނގެނީކީ ނޫން. އެކަމަކު ވެރިކަމައިގެން މޮޔަޥެފަ.

  33. އަލްއުސްޘާޒާ މާރިވެތި ދީދީ
    4 ވަގުންގެ ސަރުކާރުން ކުރަންވީކަމަކީ 2013 އިން 2018 އަށް ކުރިހާ މަސައްކަތް ތާޅާ ސުންނާފަތި ކުރަންވީ އިތުރަށް ބަނޑު އަޅާނެ އެއްޗެއް ދަމާގަނެވޭތޯ

  34. ދެންކޮންމެވެސް ބަޔެއްގެ ބޮލަށް ކަޑީމައެނިމުނީތޯ؟؟؟ އެހެން ވެއްޖެއީޔާ އިންޑިޔާ ސިފައިން މިގައުމަށް އންޑިޔާއިން ހަދިޔާކުރީ ކޮންވެރިކަމެއްގަތޯ މާރިޔާ ބުނެދީފާނަތޯ؟؟؟

  35. މާރިޔާ ފޮނިވާހަކަ ދައްކާނެ ކަމެއް ނެތް. މާރިޔާ އަކަށް ތިކަމެއް ނުކުރެވޭނެ. އަވަހަށް އިސްތިޢުފާ ދީފަ ގޭގަ ހުރެބަލަ.

  36. މާރިޔާ! ބްރިޖްވެސް ތަޅާލަންވީނު! އަންނި ބުންޏެއްނު ބްރިޖެއް ނޭޅޭނެޔޭ.

  37. މަރިޔާ މާލެޔަށް ވާރޭ ނުވެހޭހެން އެއްކޮށް ހިޔާކޮށްފަ އޭސީ ކޮށްލާ މާލެ ޖަޒީރާ އަކަށް ހަދަން ބޮޑު ބިޔަ ބަޖެޓެއް ފާސްކޮށްގެން ތިޔަތިބީ ދެން ތަރައްގީއަށް ކޮށްފައިހުރި ހުރިހާކަމެއް ފުނޑާލާ

  38. ގާނުުނުއަސާސިިއަށްފައިންއެރި ކާކު ޒިންމާ. މައުމުނު ކިއްކުރަންތަސްގިގްކުރި

  39. ކަނބިލި މިނިސްޓަރު...

  40. މާރިޔާ ބުނިނަމަ މާރަނގަޅުވީހެއްނުން މާލޭގަ ބާލިދީ ހިފައިގެން އަނދިރި ނުހިއްކީމަ ވެގެން އުޅޭގޮތެކޭ.. ވީމާ ކޮންމެ ދުވަހަކު ރައްޔިތުން އަނދިރިހިއްކަން ނިކުންނަންވީއޭ. ޑިފެންސު ކުދީންނޭ.. ތިހިރީ ކަލޭމެންގެ ޑިފޭންސު މިނިސްޓަރު..

  41. ރިންގްރޯޑް ހެދުމުގެ ކުރިންވެސް ފެންބޮޑުވާ ހިސާބުތަކުގަ މިހާރުވެސް ފެންބޮޑުވަނީ. އަމީނީ މަގާ އައިޖީއެމްއެޗް ކައިރި އެއީ އަބަދުވެސް ފެންބޮޑުވާ ހިސާބުތައް. ވެގެން އުޅޭ ގޮތަކީ ކުރީގެ ސަރުކާރުން ކޮށްދެއްވި ރަގަޅު އެއްކަމެއްވެސް ނެތްކަމަށް ދައްކަން ބޭނުންވަނީ. އެކަމަކު އަހަރެމެންގެ ދެކޮނޑުމަތީ ހުންނަނީކީ މީދާކޭ އުނބެއް ނޫންދޯ.

  42. ނޫނޭ މާރިޔާ. މަާފަންނު މާބޮޑަށްތިރީ
    މިސަރުކާރުން ކުރަންވީ ކަމަކީ މާފަންނަށް ފަސް އަޅާ ހެންވޭރާއި އެއްލެވެލް ކުރަންވީ. މަގު ތަކަކީ ޑިފެންސް މިނިސްޓްރީގެ ދަށުގައި ހުންނަ ތންތަނެއް ނޫން. އަދި ސިފައިންނަކީ ވެސް ހަމަ ފެން ހިންދަން ތިބެން ޖެހޭ ބަޔެއް ނޫން