އިއްޔެ މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ފެން ވަދެ، ގެއްލުންވި ގެތަކުގެ ހާލަތު ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު މިއަދު ބައްލަވާލައްވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތުގައި މިނިސްޓަރު އާތިފާ ވަނީ ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި ގެއްލުންތަކުގެ ތަފްސީލް ބައްލަވާލައްވާފައެވެ.

އޭގެއިތުރުން މިނިސްޓަރު ވަނީ ވަގުތީ ހިޔާވެހިކަން ދިން މީހުންގެ ހާލުވެސް މިއަދު ބައްލަވާލައްވާފައެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހާމަ ކުރި ގޮތުގައި އިއްޔެގެ ވިއްސާރައާ ގުޅިގެން މާލޭގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އޭގެތެރެއިން އެހީއަށް އެދުނު ފަރާތްތަކަށް ސަރުކާރުން ވަނީ އެހީތެރިކަން ފޯރު ކޮށްދީފައެވެ.

މިނިސްޓަރު އާތިފާ ވަނީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު ގާއިމްކޮށްފައިވާ ކަލާފާނު ސްކޫލަށް ވަޑައިގެން އެ ތަނުގެ ކަންކަން ކުރިއަށްދާ ގޮސްވެސް ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނދުވާ

    މިނިސްޓަރ ޢާޠިފާޔަކީ، ތިޔަ ދާއިރާގައި އެއްމެ ތަޖުރިބާހުރި ބޭފުލާކަމަށްވާނެކަން ޔަޤީން. ޝުކުރިއްޔާ! ޢާޠިފާ