"ސާފު ރާއްޖެ އަރެންގެ ޒިންމާ " ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްފޮގުރާމެކެވެ. ޕްރޮގްރާމް އިފްތިތާހު ކުރުމާ ގުޅޭގޮތުން މިއަދު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި ޕްރޮގްރާމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދެއް ކަމަށާއި ޕްރޮގްރާމު ފެއްޓެވުމަށް ރައީސް ނިންމަވާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 7:30ގައި މާފަންނު ޓާފު ދަނޑުން ކަމަށެވެ.

" މި ޕްރޮގުރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދު ވެފައިވާ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ރާއްޖެއިން ކުނި ނައްތާލައި ރާއްޖެ ސާފުފުކުރުމުގެ ވައުދުގެ ދަށުން ހިންގޭ ޕްރޮގުރާމެއް " މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ޒިންމާ ކުޑަކުދިންނަށް ވެސް ދަސްކޮށްދިނުން މުހިންމުކަމަށާއި ކޮންމެ ރައްޔިތަކުވެސް އެ މީހަކު އުފައްދާ ކުންޏަށް ޒިންމާވުމަކީ މުހިންމުކަމެއް ކަމަށެވެ.

" ރާއްޖެ ޖަޒީރާ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމީހަކު އުފައްދާ ކުންޏަކަށް ޒިންމާވާން ޖެހޭނެ. ފަރުތަކާއި ފަޅުތައް ހަލާކުވުމަކީ އެއްވެސް ރައްޔިތަކު އެދޭނެކަމެއް ނޫން. ކުނިގޮނޑަކީ ނަމަވެސް ގޮނޑު ދޮށަށް ކުނި އެޅުމަކީ އެއް ގޮތަކަށްވެސް ޒިންމާދާރު ގޮތެއްވެސް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ގޭބިސީ އެބަތިބިކަމަށާއި، މާލޭގައި ޖުމްލަ ހުރީ 20،000 ވަރަކަށް ގޭބިސީކަމަށެވެ.

" ނަމަވެސް ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ވަރަަކަށް ގޭބިސީ އެބަހުރި ، އެ ގޭ ބިސީތަކުން ވެމްކޯގައި ރެޖިސްޓަރ ނުވަނީ ކީވެއްތޯ މިދަނީ ބަލަމުން " މިނިސްޓަރ ވިދާޅުވިއެވެ.

 

މިނިސްޓަރ އިތުރަށް ވިދާޅުވީ މާލޭގެ މަގުތަކުގައި ޑަސްބިން ބެހެއްޓުމަށްވެސް ކުރަންޖެހޭ ދިރާސާތައް ކުރަމުން އަންނަކަމަށެވެ. އެހެން ނަމަވެސް ޑަސްބިން ބަހައްޓާފައި ހުރި ސަރަހައްދުތަކުގައި ވެސް ޒިންމާދާރުކަން ކުޑަގޮތަކަށް ޑަސްބިނުގެ ބޭނުން ބަޔަކު ހިފަމުން އަންނަކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މަގުމައްޗަށް ކުނި އެޅުމަކީ ރަގަޅު ކަމެއް ނޫންކަމަށާއި ދަޅު ބޮއެފައި ސްޓެލްކޯގެ ކަރަންޓު ބޯޑު މަތީގައި ދަޅު ބެހެއްޓުމަކީ ކޫލް ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކުންޏާމެދު ޒިންމާވާ ބައެއްގެ ގޮތުގައި ކުޑަކުދިންވެސް ތަރުބިއްޔަތުކުރަން. ވީމާ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މާލެ ސިޓީ ސާފުކުރުމުގެ ކަންކަމުގައި ވެސް ކުޑަކުދިން ބައިވެރިކުރުން،" ޝިފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެންސީމާ

    Alhamdhulillahi. Varah faidhaakuranivi plan eh thy. Mihaaruves naathahuzeebu kamun hama meehun moodhah gos e kuni baalidhee jahany. Rahrashuge council thakunves fiyavalheh naalhaa. Kiyavaigen thibi meehun rashah dhiriulhun badhalukohgrn mithan than hingaany. Rangalhah meehun kuraakan kan eki dhuhthuraa kohgen huhtuvaalany. Naathahuzeebu gotheh fotheh neiykan mi engeny mujuthamauge. Kunielhumaa dhekolhah ehchekeh buneema emeehakah jahany joke. Engigen kurias e aadha nukendigen e ulheny hama naathahuzeebu veema. Mikankan kanduvan council thalun bodethi fiyavalhu elhen jeheyne aslu. Velinagan huhdha hoadhan dhaa meehaa ahves council in lafaa dhehvany aharumen beynumey huhdha dheyn ekamaku ministry in manaa kohfa ey othy. E ee eh noon dhehthoa muaamalaathu veven jeheyne gothakee. Ekamuge nurahkalaa ehchehi kiyaadheyn jeheynejhehthoa anna rahyithu meehaa gaathu. Rhves bayaku serious mahsalaeh gothuga mikankan nunagaa mi rahrashuga. Hithaama huri

  2. ޖަޒީރާ

    ޝިޔާރު ކަމުނުދަނީ. ބަދަލު ކޮއްލަމާ ޖަޒީސާފު އަށް

  3. ސަޅި

    ސާފް ކުރުމުގެ ޕްރޮގްރާމް ހިންގުމުން ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި ބަދަހިކަން އުފެދޭ. މީ ވަރަށް ކުރީއްސުރެ ރާއްޖެ އިން ކުރަމުން އައިސްފައިވާކަމެއް. މިހާރު ހުއްޓުމަކަށް އައިސް އޮތަސް!!!

  4. ސަލާލް

    ނުދާނަން ތިލާދީނީ ސަރުކާރުން ކުރާ އެއްވެސް ކަމެއްގަ ބައިވެރިވާން. ދަރިއަކު ވެސް ނުދާނެ