އަޑުބަރޭ ގައުމީ ޖާޒީގައި --- ފޮޓޯ/ ވީ ނިއުސް

މިނިސްޓަ އޮފް ސްޓޭޓް ފޯ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ސްޓޭޓް މިިނިސްޓަރުގެ މަގާމަށް ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އައްޔަން ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިއަދު ނުވަ މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރަކުން އައްޔަން ކުރައްވާފައިވާ އިރު، އޭގެ ތެރޭގައި އަޑުބަރޭވެސް ހިމެނެއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަޑުބަރޭ އައްޔަން ކުރައްވާފައިވާ އިރު، އޭނާއަކީ ރާއްޖޭގެ ފުޓުބޯޅަ މައިދާނުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. ހާއްސަކޮށް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށްވެސް ކުޅެ، މިދިޔަ އަހަރު ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްވެސް އަޅާފައެވެ.

މިދިޔަ އަހަރު ތެރޭގައި ގައުމީ ޓީމުގެ ކޯޗާ، ޓީމުގެ ބައެއް ކުޅުންތެރިންނާ ޖެހުނު މައްސަލަތަކެއް ތެރެއިން އަޑުބަރޭ ގައުމީ ޓީމުން ކުޅުން ހުއްޓާލި ނަމަވެސް، އޭނާ އަންނަނީ އަދިވެސް ކްލަބު ފުޓުބޯޅަ ކުޅެމުންނެވެ. އެގޮތުން އޭނާ އަކީ މިހާރުވެސް ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކްލަބު ގްރީން ސްޓްރީޓްސްގެ ކެޕްޓަނެވެ.

ސިޔާސީ މައިދާނުގައިވެސް ކޮންމެވެސް ވަރަކަށް ފާހަގަކޮށްލެވޭ އަޑުބަރޭ ވަނީ ދާދިފަހުން ޖުމްހޫރީ ޕާޓީގެ ގޮނޑިއަކަށްވެސް އިންތިހާބުވެ ވަޑައިގެންފައެވެ. އަދި ސިޔާސީ ބައެއް ކަންކަމުގައި މީގެ ކުރިން އަޑުބަރޭ ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މިނިސްޓަރު ކަމާއެކު ކުޅިވަރަށް ގިނަ ބަދަލުތަކެއް އަންނަމުންދާ އިރު، މިވަގުތު ކުޅިވަރުގެ އެންމެ ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ އެއް ދާއިރާއަކީ ފުޓުބޯޅައެވެ. އަޑުބަރޭއަކީ ރާއްޖޭގެ ފުޓުބޯޅަ އާއިލާއަށް ފަރިތަ ނަމެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަވަހަށް ގައުމީ ޓީމުގެ ކޯޗު ކަނޑާލާ!!! އަދި ބުނާތި، އިއްޔެ މަ ކަނޑާލީތީ، މިއަދު ކަލޭ ކަނޑާލަނީއޭ!!! ދެން މިމީހުނަށް ކޮން ޒިންމާއެއް ނެގޭނީ

  2. ވައި ނޮޓް އަޝްފާގް؟

  3. އިލްމީ ގޮތުން ހާދަ ރަގަޅު މީހުން ނޭ މިސަރު ކާރައް މިއައް ނަނީ ރައިސް ސަކީ ވެސް އެހާގާބިލު މީހެއް

  4. އެކުޓިވިސޓުން ނައް މަގާމް ބެހިޔަސް މިދެން ބޮޑުވަރު

  5. ހާދަ ހިންގުންތެރި މިނިސްޓަރެކޭ ދޯ.. ބާރުގަދަކަމުން އެހެން މިނިސްޓްރީއަކުން އަންގާ ކަންކަންވެސް މި މިނިސްޓަރު ކުރާކަށް ނުޖެހޭ. އިހަވަންދޫއަށް މިއަދު ޔޫތު މިނިސްޓަރު ވަޑައިގެންނެވި އިރު މަރުހަބާ ކިޔަން ނެރެފަ ތިބީ ސްކޫލް ކުދިން. މަރުހަބާ ކިޔަން ސްކޫލު ކުދިން ނުނެރޭށޭ އެޑިއުކޭޝަންއިން އެންގީ މި ހަފްތާގަދޯ

  6. ހައިރާނުން އަންތަރީސް

    ލޮލް....މަމިހުރީ ހަނު....😂😂