ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ގަރާރަކުން އުފައްދަވާފައިވާ ދެ ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލް، ޤާނޫނު އަސާސީއާ ޚިލާފުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

މި ބިލާ ގުޅޭގޮތުން ކައުންސިލާ ޖެނެރަލްގެ ލަފާފުޅަށް އެދިވަޑައިގަތުމުން އޭނާ ވަނޫ ހަ ޞަފުހާގެ މައްޗަށް އެކުލެވިގެންވާ ދިގު ސިޓީއެއް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމަށް ފޮނުއްވާފައެވެ.

މި ސިޓީގައި ފިލްޒާ ވިދާޅުވެފައިވަނީ ބިލުގައި ހުރި ކަންކަމަށް ރިއާޔަތް ކުރާއިރު، ރިޔާސީ ދެ ކޮމިޝަނަށް ބާރު ދޭން ބިލުގައި ހިމަނާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބާރުތައް ހަނިވާ ގޮތަށްކަމަށެވެ.

މި ދެ މުއައްސަސާގެ ބާރުތަކާ ތައާރުޒުވާ ގޮތެއްގެ މަތިން ޤާނޫނު އަސާސީއާ ޚިލާފު ޤާނޫނެއް ހެދިގެން ނުވާނެކަމަށް ފިލްޒާ ވިދާޅުވިއިރު، މި ދެ ކޮމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް ހުށަހަޅާފައިވެއެވެ.

އެގޮތުން، ފުލުހުންނާއި އެހެން އިދާރާތަކުން އެހީތެރިކަން ހޯދުމާއި ބޭރުން އިންވެސްޓިގޭޓަރުން ގެނައުމުގެ ބާރު ދީފައިވެއެވެ. ހަމައެހެންމެ، ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީއަށް އެދުމާއި އެސެޓް ފްރީޒް ކުރުމުގެ ބާރު ހޯދުމާއި ކޯޓު އަމުރަށް އެދެވުމުގެ ބާރުވެސް ލިބިދީފައިވެއެވެ. ހަމައެހެންމެ، އެ ކޮމިޝަނުގެ އެއްވެސް މައްސަލައެއް އެހެން އިދާރާއަކަށް ނުބެލޭނެ ގޮތް ހަދާފައިވާއިރު، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރުވެސް ލިބިދީފައިވެއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން އެވެ. މި މައްސަލަ މިހާރުވަނީ މަޖިލީހަށް ބަލައިގަނެ މިނިވަން މުއައްސަސާގެ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖަހާންގީރު

  ވާހަކަ ނުދައްކާ ހުރޭ ރުޙާނީ ލީޑަރު ރުޅިގަދަ ވެދާނެ

 2. ބެއްޔާ

  ހެޔޮއެދޭ މީހަކު ފެނޭ ހުސްނު ސީދަށް ޕްލައިވުޑް ފިލާގެ ސައިޒަށް ގާނޫން އަސާސީ ޕްރިންޓްކޮށްފަ ގެންގޮސްދޭން.

 3. Miadhu

  ތި 2 ކޮމެޓީއަށް ބާރުދިނުމަށްފަހު އޭސީސީ އާއި ޕޮލިހުންެ ދައުރުހަނިކުރުމަކީ މިސަރުކާރުގެ ސިޔާސަތު އެބިލުވެސް އަދި ހުށައަޅާނެ ޕޮލިހުންނަކީ ޓްރެފިކު ބަލަހައްޓާމީހުން އޭސީސީއަކީ ކައުންސިލްތަކަށް ލަފާދޭތަނެއްގެ ގޮތުގައި

 4. މަސްވެިރިޔާ

  މިފަދަ ބިލަކަށް ބަހުސް ކުރެވިގެން ނުވާނެ. ރާއްޖޭގައި މިއުޅެނީ މުއައްސަސާތަކާއި ޕޮރޮފެޝަނަލް މީހުން ނެތިގެން ނޫން، މަށްސަލައަކީ ސިޔާސީ މީހުން. އެމީހުންގެ އިޚްލާސްތެރި ކަމާއި ޤައުމީ ލޯބި ނެތީ. ސުއޫދު ކޯަޓް އުފެއްދޭނެ ޖާގަ ނެތް، މަޖުލިސްގެ ރައީސަކީ މިފަދަ ކަންތަކަށް ވަރަށް ވިސްނަވާނެ ބޭފުޅެއް. ޤައުމު ހަލާކު ކުރާނެ ކަމެއްނެތް.

 5. Anonymous

  ތިއީ ލާދީނީ ކަންކަން ކުރުމާއި އެކި ނަންނަމުގައި މީހުން ވަގައް ނަގަންވެގެން ހަދާފައިވާ އަދި ޚިޔާނާތުގެ ކަންކަން ކޮއް އެކަންކަން އޮއްބާލުމައްޓަކައި ކޮއްގެން އުޅޭ ކަމެއް

 6. Miadhu

  ތިކޮމެޓީތަކަށް ދޭބާރުތަކުގެ އަދި އެއްބާރު އިތުރުކުރަންފެނޭ އެއީ ދިވެހި ރަޢިއްޔަތުކަން ކެޑުމުގެ ބާރު އެއިރުން ރައިސްޔާމީނު ވެރިކަމަށް ކުރިމަތިލާއިރަށް އޭނާގެ ދިވެހި ރަޢިއްޔަތުކަން ނިގުޅައިގަތީމަ ހުރެދާނެނު މަސްކާށިކެވިފަ

 7. ގުންޑާ

  ނޫނޭ ނޫނޭ ތީވާ ވަރުގަދަ ކަމިޝަނެއް ދޯ. ޢެހެން އިދާރާ އަކަށް އެ ކޮމިޝަން ގެ އެއްވެސް މައްސަލައެ ނުބެލޭ. ތިގޮތައް ތިހެދީ ކުރީފަހަރު އުފެއްދި ކޮމިޝަންވެސް އެހެން އިދާރާ އަކުން ބަލާލިއިރު 30 އަހަރުގެ ކޮރަޕްޝަން ބަލަން އުފެއްދި ކޮމިޝަން ކޮރަޕްޝަނަށް ގޮސްހުސްވެފަ. އަށްދޯތް! އެކަމަކު މަހުޝަރު ދުވަހުން ތިއުފަށްދާ ކޮމިޝަނުގެ މައްސަލަތައްވެސް ބެލޭނެ ދެއްތޯ. ބޯހަލާކު

 8. ށަަވިޔަނި

  އެބުނާހެން ހުސްނުސުއޫދަށް ގާނޫނުއަސާސީ ޕްލައިވޫޑް ފިލައެއްގަ ޕްރިންޓްކޮށްފަ ދޭނެ މީހަކުނެތްތަ މާލޭގަ.