"މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ" (އެމްއެލްއެސްޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި މި ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު ހުށަހަޅާފައިވާކަން ހާމަކޮށްފައިވަނީ އެ ޕާޓީ އިންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އެޕާޓީ އިން، ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެމްބަރޝިޕް ފޯމުތައް ކޮމިޝަނަށް ހުށަހަޅާފައިވާކަމުގައެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ ފަސްވަނަ ދުވަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަން އިން ވަނީ މި ޕާޓީ އުފެއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދީފައެވެ.

މީގެއިތުރުން، އިލެކްޝަންސް ކޮމިޝަން އިން މިއަދުވަނީ "ޤައުމީ ވިންދު" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ހުއްދަ ދީފައެވެ. ހަމައެހެންމެ، ތާޑްވޭ ޑިމޮކްރަޓްސްގެ ނަމުގައިވެސް ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެހޭ

    މިކަހަލަ މީހުން ފަހަތުގަވެސް އުޅޭނީ އެކަހަލަ މީހުން