1 ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޛުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވައިލައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވި ގޮތުގައި އެފަދަ ފަރާތްތަކުން މައްސަލަޔާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއެކު، މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް އޮފީހަށް ޝަކުވާ ހުށައެޅުއްވުމަށް ވަނީ ފުރުސަތު ހުޅުއްވައި ލެވިފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ސިޔާސީ ބޭނުމަކަށްޓައި ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަން ކުރުމަށް ކޮމިޓީ އެއް އުފައްދަވާ، އެކޮމިޓީގެ މަސައްކަތްތައްވަނީ ފައްޓަވާފައެވެ.
މީގެއިތުރުންވެސް، ސިޔާސީ ސަބަބެއްގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން، ރައީސް އޮފީހަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
އަވަސްވީގޮތަކުން އިސްތިއުފާ ދެއްވުމަށްހު އިބޫ ގެއަށް ވަޑައިގެންނެވުން ރަނގަޅުވާނެކަމަށް މަށަށް ފެނޭ
ޖަލުގަ ތިބި ހުރިހާ އެންމެން ދޫކޮށްލާ. މިރާއްޖޭގެ ޖަލުތަކުގައި ތިބީ ހުސް ސިޔާސީ ކުށްވެރިން. ސިޔާސީ ސަރުކާރު.ތި ކަޑ.
އިބޫ ވެރިކަމުން ވެއްޓުމުގެ ޢަލާމާތްތަށް. ފަހަތުގައި އިންސާނުންގެ ތެރޭގައި ތިބި ޝައތާނުން.
ކުޑަކުދިންނާބެހޭ މީހުނާ ސިޔާސީ ޕާޓީތަކު މީހުންގެ ތެރެއިން ޖަލުގައި ތިބި އެންމެން ދޫކޮށްލާ
ހުރިހާ އެންމެން ދޫކޮށްލާ.. ޖަލު އުވާލާ.. އެންމެންނަށް މިނިސްޓަރު ކަމާ، ނައިބުކަމާ ދެންވެސް ދެވެން ހުރި ހުރިހާ މަގާމެއްދީ...
ހަމައެކަނި އިންސާފު ލިބެންޖެހޭ ފަރާތަކީ ސިޔާސީ މީހުން އެކަނިތޯ؟
ޢިބޫ ކަލޭލަހެއް ނުވެ ވެރިކަމުން ފައިބާނެ އިންޝާﷲ
މަޖިލީހުގެ އިންތިޚާބުން ސަރުކާރަށް ރަނގަޅު ފިލާވަޅެެއް ލިބެންޖެހޭ މައިގަނޑު ސަބަބަކީ، ރައްޔިތުން ނިކަމެތި ކޮށްލުމަށް ހިންގޭ ޙަރަކާތްތަކެވެ. ވަކިބައެއްގެ ރައީސެއްގެ ގޮތުގައި ހުރެގެން، ކަނޑައެޅިގެން ވަކިބަޔަކަށް އިތުބާރުކޮށް ދެންތިބި މީހުން ބޭކާރުކޮށް ދޫކޮށްލުމެވެ.
މިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަމުގައި ދެއަތަށް ދެލަކި ޖަހަޖަހާ ތިއްބާ ދައުރު ނިމޭނީއެވެ. އެއިރު އެހެން މީހުންގެ ޞޫރަ ހުތުރުކުރަން މަސައްކަތްކުރަމުން މިމީހުންދާނީ ދައުލަތުގެ މާލިއްޔާ ކޮޅާ ހުސްކުރަމުން ނެވެ.
ނޫނޭވާ ތިޔައިނީ ފައްކާ ޞޯލިޙެއް. “ނަމުން ޞޯލިޙު، ކަމުން ޑިކްޓޭޓަރު”ދޯއެވެ.