ޕްރައިމަރީ އަކާ ނުލައި ޕީޕީއެމް އިން އިތުރު 18 ދާއިރާއަކުން މަޖިލީޖަށް ވާދަކުރަން ޓިކެޓު ދީފިއެވެ. މި ފަރާތްތަކަށް ޓިކެޓު ދޭން ނިންމާފައިވާކަން އިޢުލާން ކުރެއްވީ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް އެއްގައި، އެޕާޓީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

މިރޭ އިތުރު 18 ފަރާތަކަށް ޕީޕީއެމްގެ ޓިކެޓް ދޭން ނިންމާފައިވާއިރު، މީގެ ކުރިން އެޕާޓީން ވަނީ އިތުރު 24 ފަރާތަކަށް، އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓު ދީފައެވެ. ކުރިން ޓިކެޓު ދީފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ 24 މެންބަރަކަށެވެ.

އެހެންކަމުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 ދާއިރާއަކަށް ކުރިމަތިލައްވާނެކަމާއި އެދާއިރާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ޕީޕީއެމް އިން ވަނީ އިޢުލާން ކޮށްފައެވެ.

މިރޭ ޓިކެޓު ދިން ފަރާތްތަކުގެ ތެރޭގައި ކުރީގެ މިނިސްޓަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކުރިން އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ޑިޕްލޮމެޓުން އަދި ނޫސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް، އަންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ހާމަކުރައްވާފައެއް ނުވެއެވެ. ނޫސްވެރިޔަކު އެކަމާ ގުޅިގެން ސުވާލު ކުރުމުންވެސް، ކުރިމަތިލައްވާނެކަމަށް ނުވަތަ ނޫންކަމެއް ވިދާޅު ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަވާޒު

    ޕާޓީ ތެރޭގަވެސް ކޮރަޕްޝަން

  2. ލަބީބު

    އެހެންވީމާ ޕީޕީއެމް އަށާ ރައީސް ޔާމީންއަށް ވަފާތެރި 42 މެމްބަރުން މަޖުލިސްގައި އެބަ ތިބިތާ!؟؟؟ މި މެމްބަރުން މިގޮތަށް ތިބެ ޖޭޕީގެ މިހާރުތިބި 18 މެމްބަރުން އެއްކޮށްލީމާ 60 އެބަ ހަމަވޭ! މިހާރު ވަގުވޯޓުން ނެގި އިބޫ ބޭރުކޮށްލެވެންވާނެ މަޖްލިސްގެ ވޯޓަކުން! އަވަސްކުރަމާ ހިނގާ ޤަވްމު ފަނާނުވަނީސް.