އިދިކޮޅު ޕީޕީއެމްގެ ފަރާތުން އަންނަ މަޖިލިސް އިންތިޚާބުގައި ގުރައިދޫ ދާއިރާއަށް ވާދަކުރައްވަނީ ޣައްސާން މައުމޫން ކަމަށް އެޕާޓީން ހާމަކޮށްފިއެވެ. މިރޭ ބޭއްވި ޕީޕީއެމްގެ ޚާއްޞަ ބައްދަލުވުމެއްގައި މިކަން ވަނީ އިޢުލާން ކުރައްވާފައެވެ.

ޣައްސާން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ދަރިކަލެކެވެ. މައުމޫނުގެ މައުމޫން ރިފޯމް މޫވްމަންޓް އަކީ ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިއެއްކަމަށްވާއިރު، އެމްއާރްއެމްގެ ފަރާތުންވެސް މަޖިލިސް އިންތިޚާބުގައި ބައިވެރިވާނެކަމަށް ބެލެވެއެވެ.

މީގެއިތުރުންވެސް، މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އިތުރު ފަރާތްތަކަކަށް، އަންނަ އާއްމު އިންތިޚާބުގައި ބައިވެރިވުމަށް ޕީޕީއެމްހެ ޓިކެޓު އަރުވާފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ހިމެނެއެވެ.

ހަމައެހެންމެ، ބައެއް ޤައުމުތަކުގައި ތިއްބެވި ސަފީރުންނާއި ނޫސްވެރިންވެސް އޭގެތެރޭގައި ހިމެނެއެވެ.

ޓިކެޓު އަރުވާފައިވާ ފަރާތްތަކުގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ އާއި ޗެނަލް 13 ގެ ނޫސްވެރިޔާ ލަޔާލް މަނިކުވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެކުރިން، 24 ފަރާތަކަށް ޓިކެޓު ދީފައިވާއިރު، މިރޭ ދިން 18 ޓިކެޓާއިއެކު ޕީޕީއެމް އިން 42 ދާއިރާއަކަށް ކުރިމަތިލާނެކަން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙަސަންބެ

    ޢިރާދަކުރެއްވިއްޔާހޮވޭނެ މަގޭވޯޓް ޔަގީން

  2. Anonymous

    މަރުަހަބާ

  3. ޙާލުގެ ދުލުން

    އިންޝާﷲ ހޮވޭނެ

  4. މާނީ

    ހައްގަށްނަސްރުލިބޭނެ .ﷲ މިގައުމުއިސްލާމްދީންމަތީ ލަހަށްޓަވާށީއެވެ.أمن

  5. ފަސާނާ

    މިއަޅާގެ ރަށްވެހިކަމުގެ ދާއިރާ ބަދަލުކޮށްގެންވިޔަސް ޣައްސާނަށް ވޯޓުދޭން ބޭނުން. މާތްﷲ ގެ އިރާދަފުޅާ ހެޔޮރަޙުމަތްފުޅުން މިފަހަރު ހޮވޭނެ.

  6. ރާޅު ބޯއީ

    އިންޝާﷲ ހޮވޭނެ. ޙެޔޮވިސްނޭ ފުރިހަމަ ދިވެހިން ތިބީ ރައީސް ޔާމީނާއެކު.

  7. ހުސެން

    ﷲގެ އިރާދަފުޅުން މީ އަހަރުމެންގެ ފަހަރު. ސަރީފް ޢީސީ ގޮނޑީގަ ބައިންދައިގެން މިކަން ކޮއްލެވުނީމަ އަދި އެންމެ ހިތްހަމަޖޭހީ.

  8. ދދދދދ

    މައުމޫނު ޣައްސާނާ ދެކޮޅަށް ކެމްޕޭން ކުރަން ނުކުންނާނެ. އޭނަ އާއި ނަޝީދާ ދެމީހުންނަކީ ސިޔާސީ ބޭނުމަށް އަމިއްލަ ގައިގަ ރޯކުރަންވެސް ފަހަށް ނުޖެހޭހާ ނުބައި ދެމީހުން.

  9. މަސްވެރިޔާ

    މިއީ ޤައުމުގެ މުސްތަގްބަލްގެ ދަންމަރު. ރ. ޔާމިންގެ ސިޔާސީ ތަރުބިއްޔަތާއެކު. މޮޅު ގޮލައެއް. މަގޭ ވޯޓް ޔަގީން.

  10. عبدالله

    ޕީޕީއެމަށް ތާއީދުކުރުމަކީ، މުޅިޖުމުލަ ރައްޔިތުންނަށް ގެއްލުންހުރި ގޮތެއްނޫނެވެ. ވޯތްދީގެން ޕީޕީއެމުގެ މެންބަރުން ހޮވުމުން އެކަން އެނގޭނެއެވެ. މިރާއްޖެއަށް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް ޕީޕީއެމް ވަރުގަދަ ކުރަން މަޖުބޫރުވާނެއެވެ.

  11. ަސައްމާހް

    ރައީސް ޔާމީންއަށް އެންމެ އިހްލާސްތެރި މީހަކީ ގައްސާން. ހަމަ އެހެން ރައީސް ޔާމީން ވެސް މިވަނީ އޭގެ ބަދަލު ހަމަ އިހްލާސްތެރިކަމާ އެކު އަދާ ކޮއްފަ. މިދެބެއިން މީ ހަމަ މިސާލެއް. މިނޫނީ މިފަދަ ކަމެއް ނުދެކެން. ވަރަށް ވެސް އުފާވެއްޖެ. ޢަޅުގަނޑު އެދެނީ ގައްސާނަށް ކާމިޔާބީ. ހަމަ އެހެންމެ ފާރިސް އައް ނާކާމިޔާބީ އައްވެސް އެދެން. ބޮޑު ބޭބެ ގެ ވެރިކަން އަމިއްލަ އެދުމަށް ވައްޓަން އުޅުނު މީހަކު ހިލޭމީހެއްގެ ވެރިކަން ވައްޓަން މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް