މަޝްހޫރު ނޫސްވެރިޔާ ލަޔާލް މަނިކު ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ފަރާތުން މަތިވެރި ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ލަޔާލް އަށް ޕީޕީއެމް އިން މިރޭ ވަނީ ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓް ވެސް ހަވާލުކޮށްފައެވެ.
"ޗެނަލް 13" ގެ އެންމެ ސީނިއާ އެއް ނޫސްވެރިޔާގެ ގޮތުގައި ހުންނެވި ލަޔާލް ފާހަގަ ކުރެވިފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލް ކަމެއް ހޯދި ނޫސްވެރިއެއްގެ ގޮތުގައެވެ. އެމްޑީޕީ އާއި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެކްޓިވިސްޓުން ދެމުން ގެންދާ ބަހުގެ ހަމަލާތަކުގެ ކުރިމަތީގައި ލަޔާލް ދައްކަމުން އަންނަ ސާބިތުކަމަށް އެތައް ބަޔަކު ތައުރީފް ކުރެއެވެ.
ލަޔާލްގެ އިތުރުން އެހެން ބައެއް ނޫސްވެރިން ވެސް އަންނަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރަމުންނެވެ. އޭގެތެރޭގައި އެންމެ ގިނައީ "ރާއްޖެޓީވީ" ގެ ނޫސްވެރިންނެވެ.
މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ ފަހުކޮޅު ކަމަށް ބެލެވެއެވެ.
ސަަބަސް މަންޖޭ ތިޔައީ ކެރި އެގި ހުރި ނަމޫނާއެއް
ސާބަހޭ ލަޔާލް
ތީއަހަރުމެންވެސްއެދޭގޮތް
މާތްﷲއިރާދަކުރެއްވިއްޔާ
ތިކަންހާސިލްވާނެކެއްތެރިކަމާއެކު
މަސެއްކަތްކޮއްލާއިރާދަކުރެއްވިއްޔާ
ކާމިޔާބުވާނެއަޅުންކުރާނީމަސެއްކަތް
ރަހުމަތްލައްވާނީއެކަލާގެހިތްވަރުކޮއްލާ
މަގޭދުވާއާވަނީ ލަޔާލުމަނިކުއާއެކު
ކާމިޔާބުވާނެ
މަރުހަބާ ލަޔާލް
މަށަށް ވަރަށްރީތި މިކުއްޖާ.
ހޯހޯ އެއީ މަގޭ ކަމެއް.
މަރްހަބާ، ހިއްވަރު ދެރަނުކޮއް ﷲއައް ދުވާދެންނެވުމާ ގާއިމްވެ ހުރޭ. މަންޒިލައް ވާސިލްވާނެ.
މަރުހަބާ ވާނެ ހިއްވަރުކުރަން
ލަޔާލް ޢައް ކާމިޔާބު މިންވަރު ކުރައްވާށި އާމީން
އަލިފު އަތޮޅާ ކުޅެންނޫޅޭށެވެ އެއީ ގާސިމްގެ އުފަންއަތޮޅެވެ ލަޔާލް މަނިކަށް ﷲއިރާދަކުރެއްވިއްޔާ ހުވަފެނުގައިވެސް އެ އަތޮޅުގެ މެންބަރުކަން ނުލިބޭނެ އެވެ
ލަޔާލަށް ތަޢުރީފުކުރަމެވެ. އަދި ތާއީދުވެސް ކުރަމެވެ. ލަޔާލަކީ، ކުރިއަށް ދިޔުމުގެ ފުރުޞަތު އޮތް ކުއްޖެކެވެ.
ކޮން ގޮތަކުންތަ މަޝް ހޫރީ
މަރްހަބާ ލަޔާލް. ހިތްވަރާއެކު ކުރިޔަށް. މިފަދަ ޤާބިލް ޒުވާނުންނަށް ފުރުޞަތުދީފަ ބުރުމާމެން ކަހަލަ މުސްކުޅިން ދުރަށްޖެހިބަލަ.