2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާދަ ނުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމަށް 18 ފަރާތަކަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، 2023 ގެ ރިޔާސީ ރޭހުގައި އެމަނިކުފާނު ވާދަކުރެއްވުމަކީ އެމަނިކުފާނުގެ އަމިއްލަ ވިސްނުމާ ވަރަށް ދުރު ކަމެއް ކަމަށެވެ.

ޔާމީން ވިދާޅުވީ، 65 އަހަރުން މަތިވުމުން ރައީސް ކަމަށް ކުރިމަތިލެއްވުމަކީ ކޮށްގެންވާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެ ޤަބޫލުކުރުން އެހެން އޮތްއިރު 2023 އަށް އެމަނިކުފާނުގެ އުމުރުފުޅު 65 އަހަރަށްވުރެ މަތިވާނެ ކަމަށެވެ.

"އަޅުގަނޑަކީ އަމިއްލަ ވިސްނުމުގައި ޤަބޫލުކުރާ ގޮތުގައި 65 އަހަރުން މަތިވީމަ ދެން މި މަސައްކަތަށް ކުރިމަތިލައިގެން ވާނެ ކަމަށް ޤަބޫލުކުރާ މީހެއް ނޫން. އެހެންވީމަ 2023 ވަނަ އަންނައިރު އަޅުގަނޑު 65 އަހަރަށްވުރެ މަތިވާނެ، އެހެންވީމަ އަޅުގަނޑުގެ ވިސްނުމާ ވަރަށް ދުރުކަމެއްގެ ވާހަކަ ތިވިދާޅުވީ 2023 އިނގޭތޯ." ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، 2023 އާ ދެމެދުގައި ދިގު މުއްދަތެއް އޮތުމާއި، އިތުރު މަރުޚަލާތަކެއް ކަޑައްތު ކުރައްވަން ޖެހިވަޑައިގަންނަވާނެތީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވުމާއި މެދުގައި މިވަގުތައް ނުވިސްނެވުން އެދޭ ކަމަށެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް ޔާމީން ދެއްވިއިރު، މިވަގުތު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަން ހުންނެވި ހަމައެކަނި ލީޑަރަކީ ޔާމީނެވެ.

ޔާމީން މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެތޯ ނޫސްވެރިން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، މަޖިލިސް އިންތިޚާބަށް ވާދަކުރުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށާއި، ނިންމަވާ ނިންމެވުމަކަށް އިންތިޒާރު ކުރެއްވުމަށެވެ. އަދި ލަސްތަކެއް ނުވެ ވަކި ގޮތެއް ނިންމަވާނެ ކަމަށްވެސް ޔާމީން މިރޭ ވިދާޅުވިއެވެ.

2023 ގައި ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދަތްދޫނި

    2023 ގަ މަނިކުފާނު ރަޢީސް ނަޝީދާއި ވާދަ ކޮއްގެން ކުރި ނުލިބޭނެކަން ޔަޤީން ވާތީވެ އުމުރެއްގެ ވާހަކަ ތިޔަ ވިދާޅުވީ ދޮތަ!

    • Anonymous

      އައްޗި. ކެނެރީ ނަޝީދު؟ އޭނަ ރައީސް ޔާމީނަކާ ގާތްވެސް ނުކުރެވޭނެ. މިފަހަރުވެސް މަކަރު ހަދަން ޖެހުނީ އެހެންވެ އެއްނު.

  2. އަލްޖިބްރާ

    ކަލެއަށް ތަންތަނަށް ކުރިމަތިލެވޭނީ ޖަލުން ސަލާމަތް ވެވިގެން !

    • Anonymous

      އަލްޖިބްރާގެ ނުބައި ނުލަފާ ކަމުން މި ދިވެހި ގައުމު ސަލާމަތް ކުރައްވާނދޭވެ.އޭނާއަކީ ގޮތެއް ފޮތެއް ނެތް މީހުންނަށް ފުރައްސާރަ ކުރާ ވާހަކަ ދައްކާއިރު ކަނޑައެޅިގެން ދޮގު ހަދާ މީހެކެވެ

  3. ާއަލްތާފު

    2018ގަ ވެސް އުމަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ވާހަކަ ބުނި. ފަހުވަގުތުގަ ވީ ކިހިނެތް. އަދި އުމަރު ނަސީރުަ އަކީ އެއްގޮތަކަށްވެސް ދައްކާ ވާހަކާގެ އިތުބާރެއް އޮންނަ މީހެއް ނޫން.

  4. ލަބީބު

    ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ނުނިކުންންވަންޏާ އިންޝާއﷲ ރައީސް ޔާމީން އެ އިންތިޚާބަށް ނެރުއްވާނީ ޣައްސާން

  5. ބާޑީ

    ކުރިމަތި ލަނީ އަސްލު ކީއްކުރަން. މަރު ގައިމިއްޔާ ގައިމު ކަމެއްދެން މިރާއްޖޭގެ ވެރިޔަކަށް ޔާމިންއެެއް ނާންނާނެކަން. ވަގުތު މީހުން ނުލާނެ ޔާމީން އާއި ޕީޕީއެމްއާ ދެކޮޅި ކޮމެންޓް ތަކެއް. މި ކޮމެންޓް ނުލާނެ.

    • Anonymous

      ތި އޮތީ ލާފައެއްނު. މީ މިހާރު ނޫހެއް ނޫނޭ.

  6. ޏަމްޏަމް

    މިގައިމު ތަރައްގީ ކުރެވޭނެ ލަޔާގަތާއި ގާބިލިއްޔަތު ހުރި ހަމައެކަނި ރައީސްއަކީ ތީ އަޅުގަނޑުމެންބޭނުންވަނީ ހަމަމިހާރުވެސް ރައީސްޔާމީން ވެރިކަމަށް އައުން މިއީ ރާއްޖޭގެ ރައްޔަތުންގެ އުއްމީދު ދުއާ އަކީ ރައީސް ޔާމީން ވެރިކަމަށް އަދި އެއްފަހަރު އައުން .

  7. Anonymous

    ޔާމީީނު ޖަލުން ސަލާމަތް ނުވެވެންޔާ އަންނިވެސް އޮންނާނީ ޖަލުގަ، ކަލޭމެން ތީ ހާދަ ހެއްވާ ބައެކޭދޯ. ހަމަ ޖާހިލުކަން ބޮޑީ.

  8. ފާއިޒް

    މ ފަހަރުވެސް އިންތިހާބް ކާމިޔާބް ކުރީ ރައީސް ޔާމިން ދެން އޮޅުވާލީމާ ކީއްކުރާނި...

  9. ބަންގާޅު އަނބިސޮރު

    ނުކުތަސް ނުނިކުތަސް ތިޔަ މީހާޔަކަށް ލިބޭނެ ވޯޓެއްވެސް ދޭނެ ވޯޓެއް ވެސް ނޯންނާނޭ. ގައިމުވެސް އައި ހެވަންއަކުން ކުޅުދުއްފުށި އެއަރޕޯޓަކުން މާފަރު އެއަޕޯޓަކުން ދޭނެ ހަމަ ވޯޓް ފަޅީޔެއްވެސް ނޯންނާނެ. އައްޑުއާ ފޯއްމުލަކު މަތިން ހަދާން ނައްތާލާ.

  10. ހައްގުބަސް

    ކެރަފާ ޔަހޫދީ އަންނިއާ ވާދަކޮށްގެން ރައީސް ޔާމީން ކާމިޔާބުކުރާނެ ކަމުގެ އަލިގަދަ ހެއްކެއް 2013. އަނެއްކޮޅުން 2018 ގެ އިންތިޚާބުގައި އިލެކްޝަނުން ވޯޓް އޮޅުވާލާ ވައްކަން ކުރީމަވެސް އެކަނިމާއެކަނި ގިނިކަންޏާ ނުކުންނަވާ 96 ހާސް މީ ދެން ވަރަށް ވާހަކަ