ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ނުވަ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިއަދު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ނުވަ ބޭފުޅަކު އައްޔަން ކުރެއްވުމުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު ވަނީ 42 އަކަށް އަރާފައެވެ. އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހަށެވެ. އެއީ ނުވަ ސްޓޭޓް މިނިސްޓަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް، ގަލޮޅު ޗާންދަނީމާގެ، ޙަސަން ޝުޖާޢުއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، މައްޗަންގޮޅި ފްލޯރިފަރ، އިސްމާޢިލް ޢަލީމަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ހެންވޭރު ކީރަންމާގެ، މުޙައްމަދު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ، އާޒާދީގެ ޢަލީ ޞާލިޙާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް ކޮޅުމަޑުލު ތިމަރަފުށީ އޯކިޑްމާގެ، އަޙްމަދު ރިޔާޟްއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ދަފްތަރު ނަންބަރު 4742، މުޙައްމަދު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ މަޤާމަށް، ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް، މާފަންނު ފަޅުމަތީގެ، އަސްހަދު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ގަލޮޅު އޯޑެންސް ފަޒްނާ ޝާކިރެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި 9 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިއަދު ވެސް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުޙައްމަދު

    ސާބަހޭ ސާބަހޭ ސޯލިހަށް ސާބަހޭ
    ރައްޔިތުން ހަމަ ތިބިތާ ! ވެރިން އުހައް !
    މިޤައުމުގެ ތިޖޫރީގަނޑުގަ އޮތް ލާރި ފޮތްޗަކުން ކިރިޔާ ތިޔަ ސްޓރީޓް މިރުސްތަކުންގެ މުސާރަ ދެވޭނީ

  2. ޗިއްލޫ

    މިފަހަރު ގައުމުގެ ބައިތުލްމާލު ދަވާލަނީ ބައިބަޔަ ބަހާލައިގެން ވަރަށް ރޭވުންތެރިކަމާއި އެކުހެން ހީއެބަވޭ، ދުނިޔޭގެ އެންމެ އާބާދީ ބޮޑުތަންތަނުގަވެސް ނޫޅޭވަރަށް މިނިސްޓަރުން މިއޮތް ހަތަރުލައްކަ އާބާދީގަ، ވެރިކަންނިމިގެންދާއިރުވެސް ރައީސްމީހަޔަށް ކުރެވޭނެހާކަމަކީ މިނިސްޓަރުންލުންއެކަނި!

  3. މޫސަ

    އަދި ކޯލިޝަން ޕާޓީތަކުން 6 ބޭފުޅަކު އައްޔަން ކުރަން ޖެހޭނެއެވެ.

  4. Anonymous

    ވެރިކަން ކުރާ ޕާޓީތަކަށް ނިސްބަތްޗާ ޢާއިލާތަކުގެ ޢުމުރުން 19 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ އެންމެންނަށް މިނިސްޓަރު ފެންވަރުގެ ވަޒީފާ ދީފަ 85 ހާސް ރުފިޔާ ކޮންމެ މީހަކަށް މުސާރަ ދިނީމަ މަހަކު ގެއަކަށް މިލިއަން ރުފިޔާ ރައްޔިތުންގެ ބައިތުލްމާލުން ކަހާލީމަ ދެން ކޮރަޕްޝަނެއްނޫންދޯ އެއީ މުސާރަ ފައިސާއަށްނުވާނީ. މަކަރުވެރި ނުލަފާ ބަޔަކު ވެރިކަމުވަތިތިބީ. ރައްޔިތުން ނަށް މާޗްމަހުގެ މަޖްލިސްއިންތިހާބަށްފަހު އަދި ކުޅިވަރު އަދި ފެންނާނީ

  5. عبدالله

    4 ލީޑަރުން ގެންގުޅުއްވާ ޙިމާރަށްވެސް މަޤާމު އޮންނާނެއެވެ. ނަމަވެސް ކިޔަވައިގެން ތިބި ޒުވާނުންނަށް އެއްވެސް މަޤާމެއް ނޯންނާނެއެވެ. ދައުލަތުގެ ބަޖެޓުން މުސާރަ ދެއްވާ މާޤާމުތަކަށް ރައްޔިތުންގެ ތެރެއިން ބަޔަކު ޢައްޔަން ކުރުމުގައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަކީ، ނުކުރެވޭނެ ކަމެއްނޫނެވެ.

  6. ނުރަބޯ

    ދެން ރަނގަޅުތާ. ރައީސް ޔާމީން އިންތިހާ އަށް އަނިޔާވެރިވެ ކޮރަޕްޝަން ހިންގާތީ ގެނައި ސަރުކާރު މިއީ . މިސަރުކާރުން އެ ގެންދަނީ ހުރިހާ ޖަރީމާއެއް އެއްފަހަރާ ހިންގަމުން. އިސްލާމް ދީނަށް، ގޮންޖެހުން ކުރިމަތިކުރުމާ، ގާނޫނާ ގަވަޢިދުތަކުގެބޭރުން ކަންކަން ކުރުމާ. އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ތަފާތު އެކިއެކި ޙީލަތް ތެރި ޢަމަލުތައް ހިންގުމެވެ. ރައްޔިތުން އުއްމީދުކުރި އެއްވެސް ކަމެއް ޙާޞިލްނުވެ ދައުލަތުގެ މާލިއްޔާ ދަނީ ބާރު ސްޕީޑްގައި ހުސް ވަމުންނެވެ.

  7. ޖޮއްބެ

    ކެކެކެކެ ޞޯލިހުމެންގޭ ބަދިގޭގަ ކައްކާމީހާއަށްވެސް މިހާރު އަންގައިފި ސްޓޭޓް މިނިސްޓަރުކަމާ ޙަވާލުވާން އަންނަހަރޭ.....!!!

  8. ދުރުމި

    ޔާމިން ފޭބީ ގައުމު މުއްސަދިކޮއްފަ 1000 މިލިއަން ރިޒާވްގަ އަދި 100 މިލިއަން ޑޮލަރަށް ވުރެ ގިފައިސާ ލޯނުފަންޑްގަ ހުރިހާ ސަރުކާރު ހިއްސާވާ ކުންފުނިތަށް މުއްސަދިވެ އަމިއްލަފައިމައްޗައްތެދުވެފައި ސިހިއްހީ ނިޒާމް އަށް ބޮނޑުބަދަލެއް ގެނެއްސަ ތައުލީމަށް ވެސް އަދި ޓްވަރިޒަމަށްވެސް އާދަޔާހިލާފު ބޮނޑުކުރިއެރުމެއް 50 ރިސޯޓް ހުޅުވި 140ރިސޯޓް ހުޅުވުމުގެ މަގުމަތީގަ އަދި ރާއްޖޭގެ އެއްކޮޅުންފެށިގެން އަނެއްކޮޅަށް ތަރައްގީގެ މަޝްރޫ ހިންގާފަ ދެންމިހާރު މިވެރިންނަށް ވެރިކަން ލިބުމީމަ އަތުޖެހުނުތަނަކުން ކައިހުސްކުރަނީ ކީއްކުރާނީ.

    • ބޮއްބޮ

      ދުރުމި ތިޔަބުނުއްވީ ހަމަ ދިމާލަށް ފެންނަންހުރި ޙަގީގަތް އެކަމަކު އެކަންކަމުގެ މައްޗަށް ފަސްއަޅާ ފޮރުވުމަށް މި ވަގުސަރުކާރުން ދަނީ މަސައްކަތްކުރަމުން.

  9. ދުރުމި

    ޔާމިން ފޭބީ ގައުމު މުއްސަދިކޮއްފަ 1000 މިލިއަން ރިޒާވްގަ އަދި 100 މިލިއަން ޑޮލަރަށް ވުރެ ގިފައިސާ ލޯނުފަންޑްގަ ހުރިހާ ސަރުކާރު ހިއްސާވާ ކުންފުނިތަށް މުއްސަދިވެ އަމިއްލަފައިމައްޗައްތެދުވެފައި ސިހިއްހީ ނިޒާމް އަށް ބޮނޑުބަދަލެއް ގެނެއްސަ ތައުލީމަށް ވެސް އަދި ޓްވަރިޒަމަށްވެސް އާދަޔާހިލާފު ބޮނޑުކުރިއެރުމެއް 50 ރިސޯޓް ހުޅުވި 140ރިސޯޓް ހުޅުވުމުގެ މަގުމަތީގަ އަދި ރާއްޖޭގެ އެއްކޮޅުންފެށިގެން އަނެއްކޮޅަށް ތަރައްގީގެ މަޝްރޫ ހިންގާފަ ދެންމިހާރު މިވެރިންނަށް ވެރިކަން ލިބުމީމަ އަތުޖެހުނުތަނަކުން ކައިހުސްކުރަނީ ކީއްކުރާނީ 42 މިނިސްޓަރުންކީތްކުރަން 500 ސްޓޭޓްމިނިސްޓަރުން ލިޔަސް އެމްޑީޕީ ގެ ސަޕޯޓަރުން ބުނާނީ އޯކޭ.

  10. عبدالله

    ބަލަންވީ އެއްޗަކީ މިހާރު މިދަނީ ރަނގަޅަށްތޯ ނޫނީ ގޯސްކޮށްތޯއެވެ. ގޯސްކޮށްދާނަމަ، މަޖިލިސްގެ އިންތިޚާބުގައި ފިސާރި ވަރުގަދަ ފިލާވަޅަކުން ކޯލިޝަން ބަލިކޮށްލެވިދާނެއެވެ.