އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ގދ.ތިނަދޫ ކައިރީ އޮތް ރިސޯޓެއްގެ ކައިރިން އެން ހިފަން ވައިފުޅި އަޅައިގެން ފީނި ތިން ދިވެހިންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ. ހާލު ސީރިސްވި ދެމީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ނިޔާވެފައި ވަނީ 37 އަހަރުގެ މީހެއް ކަމަށްވާ އަމީތު ސައީދު އެވެ.

އެމްއެންޑީއެފް އިން ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގދ. ގައި އޮންނަ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހެއްގެ ހާލު ދެރަވެގެން ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް އަންގާފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަތިހު 5:14 ހާއިރުކަމަށާއި މިކަމުގެ ރިޕޯރޓް ލިބުމާއި އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް ވަނީ މި ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފީނަން ފައިބައިގެން އުޅެނިކޮށް ހާލު ދެރަވެގެން މިހާރު ފަރުވާ ދެމުން ދަނީ 31 އަހަރުގެ މީހަކަށާއި 24 އަހަރުގެ މީހަކަށެވެ. 24 އަހަރުގެ މީހާގެ ނަމަކީ އަހްމަދު ޝާހިރު އެވެ. 31 އަހަރުގެ މީހާގެ ނަމަކީ މުބާރިކް އަބްދުﷲ އެވެ. މީގެ ތެރެއިން އުމުރުން 24 އަހަރުގެ ޒުވާނާ ހާލު ދެރަވެގެން އިތުރުފަރުވާޔަށް މާލެ ގެނައުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. 31 އަހަރުގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މަޢުލޫމާތު ލިބިފައިވާގޮތުގައި  އެންހިފުމަށް 4 މީހުން ފުޅި އަޅައިގެން ފީނުމަށް ފައިބާފައިވެއެވެ. އަދި މިމީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓުވަންދެން ފީނާފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. 

ރައްކާތެރި ނޫން ގޮތުގައި ވައި ފުޅި އަޅައިގެން ފީނުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގުން ރާއްޖޭގައި ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވަރަށް ދެރަކަމެއް😭😭😭😭

  2. އެކަމުން މީހާވެސްހަލާކު، އަދި އެންވެރިކަންވެސްހަލާކު. ކީއްކުރާނީ. ހާދަދެރައޭ. އަވަސް ޝީފާއަކަށްއެދެން.

  3. ގޭގަ ތިބި ނަމަ ދޯ

    • މަރަށް ފިލަންތަ؟

    • ސުބްްހާނައްﷲ!!
      ކިޔޭ ނުކިޔޭއް އިނގޭތަ؟ ގޭގަ އޮތަސް މަރުއައިސް ޖެހުނީމަ މަރުވާނެ.މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން.ތިމާގެ އާއިލާ މީހަކަށް އެފަދަ ކަމެއް ދިމާވިނަމަ ހުދު ތިމާވެސް ދެރަވާނެ.

  4. ހާދަ ހިތާމަވެރި ކަންތައްތަކޭ. އަވަސް ޝިފާއަކަށް އެދެން.

  5. ޑައިވިން ކޮށްގެން މަރުވިމީހުންނަށް ވުރެ މަރުނުވާ މީހުން ގިނައީ

  6. 44 މީޓަރަށް ފީނަންޖެހޭނީ ޑައިވް އެކްސްޕާޓުން. ކުރަންއުޅުނީމަ ކުރެވިދާނެ ވަރަށްގިނަ ކަންކަން ހުރޭ. އެކަމަކު ނޭގިތިބެކުރުމަކީ ކުރަންއެގުމެއްނޫން. ވަރަށްދެރަ ކަމެއް. މިއީފުރާނަޔަށް ނުރައްކާ ކަމަކަށް ވާހިދު ސެޓުފިކެޓު ނެތްމީހުން ޑައިވް ކުރުން މަނާކުރަންވީ. ހުއްދަނެތް މީހުންލައްވާ މަސައްކަތް ކުރުވާ ދޯނިތައް 1 ލައްކައިން ފައިންކުރަންވީ.

  7. ތިޔަވާނީ ޔާމީނުގެ ކަމަކަށް މަރުތައް ބަލާ ކޮމިޓީއާ ހަވާލުކުރޭ

  8. ތީ އަމިއްލަޔައް ބޯ ބޮނޑި... ރާއްޖޭގެ ލޯ ގަ އިންނަނީ 30 މީޓަރު

  9. އަވަސް ޝިފާ އަކަށް އެދެން.

  10. ތި ދެމީހުން ގެންދަންވީ އެންމެ ކައިރީގަ ހުރި ހައިޕަރ ބޭރިކް ޗޭންބާރ އަށް. ކަނޑުމަގުން ވީހާވެސް އަވަހަކަށް.