ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމުން މާގިނަ މަސައްކަތްތަކެއް އޭރު އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ކުރެއްވި މަންޒަރެއް ނުފެނެއެވެ. ރަސްމީ ބައެއް ހަފްލާތަކުގައި ރައީސްގެ އަރިހުގައި ފަސްޓްލޭޑީގެ ޖާގަ ފުރާލުން އޮތީ ހަމައެކަނި ލައިލާ ކުރެއްވި ރަސްމީ މަސައްކަތައް ވެފައެވެ.

ނަމަވެސް ނަޝީދުގެ ވެރިކަން ވެއްޓި އެމަނިކުފާނު ޖަލަށް ލުމުން ލައިލާ, ނަޝީދުގެ ދިފާއުގައި ނިކުމެ ވަޑައިގެންނެވިއެވެ. އދ.އާއި ބައިނަލްއަޤުވާމީ އެތައް ޖަމިއްޔާ އަކާއި ބައްދަލު ކުރެއްވެވިއެވެ. ނަޝީދުގެ ވަކީލުންނާއި އެކު ބައިނަލްއަޤުވާމީ މީޑިއާ އަށް އަރައިވަޑައިވެންނެވިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވެވިއެވެ.

ދުވަސްކޮޅަކަށް ފަހު ނަޝީދު މިނިވަންވުމުން އަނެއްކާވެސް ސިޔާސީ ސްކްރީނުން ލައިލާ ގެއްލުނެވެ. އެއީ ލައިލާގެ "ސިޔާސީ މަސައްކަތް" ނިމުނީ ކަމަށް ހީކުރެވުނު ނަމަވެސް ނަޝީދު ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުވުމަށްފަހު ނޮވެމްބަރ މަހު ރާއްޖެ ވަޑައިގެންނެވި އިރު ލައިލާ، އެމަނިކުފާނުގެ އަރިހުގައި ހުންނެވިއެވެ.

ނަޝީދު އައްޑުއާއި ހއ.އަތޮޅާއި އއ.އަތޮޅަށް ދަތުރު ކުރެއްވި އިރު ވެސް އެންމެ އަރިހުގައި ހުންނެވީ ލައިލާއެވެ. ރައްޔިތުންނާއި ވަކިވަކިން ބައްދަލު ކުރައްވާ ލައިލާ ރައްޔިތުންގެ ހާލު އޮޅުން ފިލުއްވެވިއެވެ. ލައިލާގެ ފަރާތުން ފެންނަމުން ދިޔަ ތަފާތު މަންޒަރުތައް ވަރަށް ގިނަ ބަޔަކު ފާހަގަ ކުރަމުން ގެންދިޔައެވެ.

މީގެ ކުރިން ލައިލާ ސިޔާސީ އެއްވުންތަކެއްގައި ޝާމިލްނުވާ މިންވަރަށް ޝާމިލް ވެގެން އުޅުއްވަން ފެއްޓެވުމުން އެކަން ވަރަށް ގިނަ މީޑިއާތަކުން ވެސް ފާހަގަ ކުރިއެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ލައިލާ "ގެއްލިއްޖެއެވެ." ފަހަކަށް އައިސް ނަޝީދު ބައިވެރިވި އެއްވެސް ސިޔާސީ އެއްވުމަކުން އެކަމަނާ ނުފެނެއެވެ. ނަޝީދު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން އެމްޑީޕީ ޕްރައިމަރީ ކެމްޕޭން މިދިޔަ ހަފްތާގައި ފެއްޓެވި އިރު ވެސް ލައިލާ ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

އަދި މިދިޔަ ދެހަފްތާއެއްހައި ދުވަސް ތެރޭގައި އިތުރު ދެތިން ސިޔާސީ އެއްވުމުގައި ނަޝީދު ބައިވެރިވެ ވަޑައިގެންނެވި އިރު ވެސް އެމަނިކުފާނުގެ އަރިހުގައި ލައިލާއެއް ނެތެވެ.

ކުއްލިއަކަށް ލައިލާ ގެއްލުމުން އަނެއްކާވެސް ބައެއް މީހުންނަށް ހީވެފައި މިއޮތީ ލައިލާގެ ސިޔާސީ މަސައްކަތްތައް އަނެއްކާވެސް ނިންމަވާ ލެއްވީއެވެ. ނަމަވެސް ފާއިތުވި ތަނުގައި ފެނުނު މަންޒަރަށް ބަލާއިރު ލައިލާ އަނެއްކާވެސް ވަރަށް އަވަހަށް ސިޔާސީ އެއްވުންތަކުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޔާމިން

  އެއީމޮޔައެއްނޫން ދަރީންނައްޓަކާ

 2. ލޮލް

  އަނެއް ބުރުގަ ވަރިކޮށްލީ ކަމަށް ވެދާނެ..! ދޭތެރެ ދޭތެރެއިން އޮންނަ ކުޅިވަރެއް އެވެސް..! ޅޮލް

 3. ރާޅު ބޯއީ

  ލައިލާއަށް ވެސް އެނގޭ އޭނާގެ ފިރިމީހާގެ ހަގީގަތް މޮޔައެއް ކަމާއި ހޭނުޖެހޭ މީހެއަކަން. އެހެންވެ ލަދުން ބައެއްފަހަރު ގޭގައި މަޑުކޮށްލަނީ.

  • ވަހީދު

   މޮޔަ ނޫން ދިވެއްސަކަށް ހުންނާނީ ކާމިނީގޭ މޮޔަ ޔާމީން

 4. ހުސޭނުބޭ

  އައްދެ! ލައިލާއަށްވުރެ ރީތި ކުދިން އެތަނުގައި ހުސްބުޅީގައި ގަންނަންޏާ ދެން ލައިލާއެއް ނުފެންނާނެދޯ!

 5. ހަސަންކޮއި

  ހޯރައިއްބެ މިނިވަންވީމަ ލައިލާއައް ރެސްޓް ދިނީ

 6. ދދދދދ

  ހިތްވަރެއް ނުހުންނާނެ. ފުރަތަމަކޮޅު ވަރަށް ވެލާފަ މެޑަމް ފާތުން ހެން ،އުޅެވޭތޯ އަންހެނުންގަނޑު އުޅުނެއްނު. ކަންނެތް މީހުނަށް ކޮން ކަމެއް ވާނީ.

 7. ދުރުމި

  މާރިގެ ލޯބިޖެހުނީދޯ ފަހަރެއްގަ ވެދާނެ އަނެއްބަޔަށް ދިޔައީކަމަށް އިގިރޭސިވިލާތަކީ އެކަހަލަ ތަނަނެއް އެހެނަވީމަ އެއްޖިއްސުންކާވެނި ކުރަން ނަޝީދު ސަޕޯޓްކުރަނީ ބުނެވޭ ގޮތުގަ ހޯރަޔަކީ ނަޝީދު ގެންގުޅޭ ބިޓެކޯ.

 8. ކޮތަރު

  އަޑުއެހިން ލައިލާ ބޮޑީގާރޑާއި އެއްކޮށް ގަނޑެއް ގަނެގެން، އަންނި ރުޅިއައިސްގެން އުޅުނު ވާހަކަ.

 9. ހަސަން

  ލައިލާ އަކީ ފާތުމައެއް ނޫން ! ނަޝީދުގެ އެންމެ ސިޔާސީގޮތުން ބަލިކަށިވި ވަގުތު އަމަލީ ގޮތުން ނިކުމެ ލައިލާ ކުރި ކަމަކީ ނަޝީދުގެ ފިކުރު މަރުވިޔަ ނުދީ ހިފަހައްޓައިދިނުން. ނަޝީދު އަލުން ނިކުމެ ސިޔާސީ މަސައްކަތް ފެށުމުން އަނެއްކާވެސް ލައިލާ ފަހަތަށް ޖެހި އޭނަގެ އަސްލު ދިރިއުޅުމަށް ރުޖޫއަވީ. ފާތުމަ ހެދިގޮތަށް މުޅި ދައުލަތް އަތްދަށަށް ލައިގެން ގާނޫން ލިބިނުދޭ އެތައް ކަންތައްތަކެއްގެ ތެރޭގައި މުޅި ގައުމު ގަޑުބަޑުކޮށް އެންމެ ފަހުން ޔާމީނު ފަކީރުގެ މުޅި ސިޔާސީ ހަޔާތް ބަރުބާދު ކޮށްލާކަށް ލައިލާ ބޭނުމެއް ނުވޭ.

 10. ޢާސީ

  ހަސަންކޮޠައް ތާއީދު

 11. ބާގިރު

  މެޑަމްކަން ނުލިބުނީމަ ރުޅިއައީކަމަށްވާނީ