ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ތަފްސީލް ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި އިމާރާތްކޮށްފައިވާ 150 ފްލެޓުގެ ތެރެއިން ކެޓެގަރީ އޭގެ ދަށުން ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަކުރެވުނު 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތާއި، ކެޓެގަރީ ބީގެ ދަށުން ފުވައްމުލަކު ސިޓީއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު 20 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ތަފްސީލް އާންމު ކުރައްވާފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރެއްވި އިއުލާނުގައި ޕޮއިންޓް ދިނުމަށް އަމަލު ކޮށްފައިވާ ގޮތުގެ އުސޫލުވެސް ވަނީ އާއްމުކޮށްފައެވެ.

ޕޮއިންޓް ދީފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 27 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލަށް ޝަކުވާ ފޯމު ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ވެއެވެ.

ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ ފުލެޓުތައް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާކާސް މުހައިމިނު ކުޅުދުއްފުށި

    ކުޅުދުއްފުއްޓަށް ތި ވަރުގެ ފުލެޓްތަކެއް ހެދޭ ވަރުގެ ވެރިޔަކު އަދި ޤައުމުގެ ވެރިއަކަށް ނާރާކަމަށް މި ބަލަނީ

  2. ހެހޭ

    ކޮބާތޯ ގެއްލިފައިވާ ފޯމް ތައް ދެންބުނޭ ޝަކުވާ ހުށަހަޅާށޭ ޝަކުވާ ހުށަހެޅީމަ ދީފަ ހުރި ފުލެޓްތަކަށް ވުރެ ފުލެޓް އިތުރުވަނީތަ