ކޮމަންވެލްތާއި އަލުން ގުޅުމަށް ރާއްޖެއިން ނިންމެވުމަކީ އުފާކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ 1982 ވަނަ އަހަރު ހާއްސަ މެންބަރެއްގެ ގޮތުގައި ކޮމަންވެލްތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުންނާއި، ކޮމަންވެލްތުގެ ފުރިހަމަ މެންބަރެއްގެ ހައިސިއްޔަތު 1985 ވަނަ އަހަރު ރާއްޖެއަށް ލިބުމުން އެމަނިކުފާނު ވަރަށް ބޮޑަށް އުފާކުރެއްވެވި ކަމަށެވެ.

ކޮމަންވެލްތުގެ ވެރިންގެ ސަމިޓްގައި ރާއްޖޭގެ ފަރާތުން ވަރަށް ގިނަ ފަހަރު ވާހަކަފުޅު ދެއްކެވުމުގެ ޝަރަފް ލިބިވަޑައިގެންނެވި ކަން ވެސް މައުމޫންގެ ޓްވީޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.

ކޮމަންވެލްތާއި އަލުން ގުޅުމަށް ރާއްޖެއިން ނިންމެވުމަކީ އުފާކުރައްވާ ކަމެއް ކަމަށް މައުމޫން މިއަދު ވިދާޅުވި ނަމަވެސް 2013 ވަނަ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އޮތް ޕީޕީއެމްގެ ކެމްޕޭން ޖަލްސާއެއްގައި މައުމޫން ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވާން ޖެހޭ ކަމަށެވެ.

މައުމޫން އެ ރޭ ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވީ އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއަށް އެކިކަންކަމުގައި ފައިދާ ހޯދައި އެހީތެރިކަން ހޯދައިދިނުމަށް ކަމަށާއި، އެހެންނަމަވެސް މިއަދު ކޮމަންވެލްތުން ރާއްޖެއަށް ލިބެމުންދާ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.

"މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ. އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ. އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭ. މިއަދު އަޅުގަނޑު އެދެމޭ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން" މައުމޫން އެ ރޭ ވިދާޅުވިއެވެ.

ރާއްޖެ ކޮމަންވެލްތުގެ މެންބަރުކަމުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވަނީ ކޮމަންވެލްތު އާއި ގުޅެން ނިންމާފައެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ އެކަމަށް ރުހުން ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    މުސްކުޅިވެ މެމޮރީ ފުނޑުނީމަ ދެން ސޯޓުބޭލޭނެ!ސިޔާސި ކަންކަން ކުރެވޭނީ ބޯވަރުގަދަވެގެން އެހެންނަމަވެސް މިފެންނަނީ އެހެން މީހުންނަށް ވުރެން ތިމާގެ ހާލުބޮޑުވެ ފަލީހަތްވާތަން

  2. ޙުސެން

    Talking behind people’s back is considered a major sin in Islam and it drives us away from Allah’s mercy. As Muslims, it is our duty to talk about our fellow Muslims with respect and integrity even when they are not present. It is not permissible in Islam to spread rumors, engage in backbiting or to gossip about other people. The Prophet (s) said: “No fire is faster in consuming dry wood than gheebah in consuming a devotee’s virtues.” [Al-Mahajjat al-bayda’, vol. 5, p. 264]

  3. ހުސޭނުބޭ

    އަބަހައްދަ ވީމާ ތިހެން ކަންތައްތައް ހަދާންނެތޭނެ! އަނެއްކާ ނަސްރީނާ މަތިން ހަދާންހުރިތޯ ބަލާލަބަލަ!

    • ލިއްލި

      ނަސްރީނާމަތިން 3 ފަހަރު ހަދާންނެތުނު! އެންމެފަހުން 1993 ވަނަ އަހަރު ނަސްރީނާމަތިން ހަދާންނެތުމުން ކޮންމެވެސް ޒާހިރު ކިޔާ މީހެއް ހަދާންކޮށްދިނީ..... ގަދަކަމުން.

  4. އަލީބަލީ

    އަޅުގަޑުގެ ގެއަށް ހަލާލުނޫން ފައިސާ ވަން ވާހަކަވެސް އަދި އެވާހަކަ ދެއްކިކަންވެސް އަޅުގަޑުވެސް މިހާރު ހަދާނެއް ނެތެވެ.

  5. ގަހަސް

    މައުމޫނެކޭ ނަސީދެކޭ ތަފާތެއް ނެތް.

  6. މޫސާ

    މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ. އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ. އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭ. މިއަދު އަޅުގަނޑު އެދެމޭ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން" މައުމޫން އެ ރޭ ވިދާޅުވިއެވެ. މީ ކާކު ދެއްކި ވާހަކައެއް؟

  7. ކޮމަންވެލްތު

    ކޮމަންވެލްތާ ގުޅުނު މީހާއަށް ކޮމަންވެލްތަށްގޮސް އެއްވެސް ބަހަކުން ވާހަކަ ދައްކަން އެގޭނެބާ؟ ބޮޑު ލަދެއްގަ ދިވެހި ގައުމު ބެދޭނީ ނޫންބާ؟

  8. ދދދދ

    އެއީ މުސްކުޅިއެއް. ހަނދާނަކު ވަރެއް ނުހުންނާނެ. އެހެން މުސްކުޅި އަނގަ،ތަޅަން ބަހައްޓާ.

  9. އަލީ

    މައުމޫނަކީ އެއިރަކު ފައިދާވާގޮތަކަށް ސިފަ ބަދަލުކުރާ ބޮޑުމާސިންގާ ކަޅުވެނެއް/ތިޔައީ މިގައުމަށް ފާވެފައޮތް ބޮޑުބަލާއެއް! ގޮހޮރުފުރޭ ޅައެއްވެސްނޫން! އަދިވެސް ބޭނުންވަނީ ރައްޔިތުންގެ ފައިސާގަޑު! ރައްޔިތުންނެއް ބޭމުނެއްނޫން

  10. ނޫސްކިޔާމީހާ

    ޢަޅެ މީހަކު މޮޔަނުވާނެ 1982.1985 ގެ ހަދާން އެބަހުރި 2013 ގެ ހަދާންނެތް ޕިސްޕިސް

  11. ކޮތަރު

    އެކަމަކު އަތް ޖަހާ މީހުން ހަމަ އަތްޖަހަނީ. ބައެއް މީހުނަށް ކަމުދަނީ މީހާ މުނާފިގު ވި ވަރަކަށް. އަޅަމެންނަށް ތެދުމަގު ދައްކަވާނދޭވެ!

  12. ވާނުވާ

    ކަޑަ ނިންމުމެއް ތީ އިބޫ... ކަލޭ ކަހަލަ ހައްޕު ކިޔާގެން އުޅޭ ވަރިހަމަ ސޮހޮލަކަށް މިކަން ހެޔޮގޮތުގަ ވާނެބާ

  13. ލަބީބު

    އަދުގެ ސަރުކާރުން ޖަހާ ކޮންމެބެރެއްގެ ފުނަޔަކަށް ވެގެންހުރުން ނޫންގޮތެއް މައުމޫނަކަށް ނޯންނާނެއެވެ. ، މައުމޫނުގެ ތިންދަރިންނަކަށް ، ނަޞްރީނާއަކަށް ، ނަޞްރީނާގެ ޢާއިލާއަކަށްވެސް އެނޫންގޮތެއް ނޯންނާނެއެވެ. ކިރިޔާ ދެބަސްވެލިޔަސް ޔާމީން ވިދާޅުވިގޮތަށް ކަންނިމިގެންދާނެއެވެ. ޖަހަތުން ކަނޑާލާ ހުންގާނުމޮޔަށް އެއްލާލާނެއެވެ. މަރުގެޙުކުމް ނުހިންގާނޭކަމަށް ބުނި ބުނުމަށްވެސް ޖެހޭނީ ހަމަ ރުހިގެން ހުންނާށެވެ.

  14. ހިންދުކޮޅު

    ތިބޭފުޅުއްނަކައްނެއެގޭތަ ރައީސްމައުމޫން އަކީ ދެފުއްކެހެރި ބޭފުޅެއްކަން

  15. ޢހަހަހަ

    މައުމޫނަށް މިހާރު އޭނަގެ ދީނަކީ ކޮބާކަންވެސް ހަނދާނެއް ނުހުންނާނެ. ޔަހޫދީ ވެރިކަމަކަށް ބަޔަތު ހިފައި ރ.ޔާމީންގެ ވެރިކަމާ ދެކޮޅަށް ނުކުތުމުން އެކަން ވަރާށް ސާފު.

  16. ހަސީނާ

    މި ނުލަފާ ނުބާ މައުމޫންގެ ފަރާތުން މި ޤައުމު ސަލާމަތް ކޮންދެއްވާފާދޭ