ކޮމަންވެލްތު ޖަމާއަތުގެ ޗާޓަރުގައި ބަޔާން ކޮށްފައިވާ އުސޫލުތަކަކީ ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުޙިއްމު ބާރަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވުމުން، އެކަން ބަޔާންކޮށް އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަށް ފޮނުއްވެވި ސިޓީފުޅެއްގައެވެ.

މި ސިޓީ ފުޅުގައި ރައީސް ވަނީ ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލަރޭޝަން ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ، އެއްބަސްވެފައިވާ ކަންކަން ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީނަކަން ދެއްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަށަވަރު ކުރުމަށާއި، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ޖާގަދިނުމަށްޓަކައި އެޖަމާއަތުގެ މެންބަރަކަށް ވުން ވަރަށް މުޙިއްމުކަމުގައެވެ.

ހަމައެހެންމެ، ރާއްޖޭގެ ތިމާވެއްޓާއި ޑިމޮކްރަސީ އަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށްވެސް، ކޮމަންވެލްތުގެ މެންބަރަކަށް ވުމަކީ ވަރަށް މުޙިއްމުކަމެއްގެ ގޮތުގައި ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

1982 ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ކޮމަންވެލްތު އޮފް ނޭޝަންސްގައި ބައިވެރިވިއިރު އެޖަމާއަތުން ވަކިވީ 2016 ވަނަ އަހަރުއެވެ. ވަކިވުމަށް މަގުފަހިކުރުވި އެންމެ ބޮޑު ސަބަބަކީ ކޮމަންވެލްތުން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނަމުން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާންމު އާދުމީ

    ބޮޑު ބިޔަ ޤައުމަކަށް ހަށިވިއްކާ އުސޫލުން ގައުމު ވިއްކިއަަސް އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރެވޭނެ. މިފެންނަނީ ސްކޫލުތަކުގަ މިނިވަންކަމާ ބެހޭގޮތުން ނުދެއްކި ހުރި ވާހަކަތަކުގެ ނަތީޖާ.

  2. ސަލީމް

    ކޮމަންވެލްތަކަސް އިންޑިއާއަކަސް ސާކަކަސް. އެމީހުން ބޭނުންހާ ކުޅިއެއްކުޅެން އޮތޯމަ އެމީހުނަށް ފައިދާ މި ޤައުމަސް ގެއްލުން. ނޫނެކޭ ބުނަންޖެހޭ ދަޑިވަޅުގަ ނޫނެކޭ ބުނަން ކެރޭވަރަށް ކައިރިވާންވާނީ. ދެން އިގޭ މި ވެރިކަން ބަދަލުކުރުމުގަ ބައިވެރިވި ފަރާތްތަކަށް އިނާމް ދޭންޖެހޭކަން. އެއީ އިގިރޭސިވިލާތާ އިންޑިއާ. ކޮމަންވެލްތުން ރާއްޖެއަށް ކުރިފައިދާ އަކީމިޔޭ ކިޔާފަ އަޅެ ދައްކަބަލަ މިވީހާތަނަށް. އަހަންނަށް ހީވަނީ ބައެއް އަމިއްލަ ފަރުދުންވެސް ކޮމަންވެލްތަށްވުރެ ރާއްޖެއަށް އެކިކަންކަމުގަ އެހީވެފަ އޮންނާނެހެން. ކޮމަންވެލްތުން ރާއްޖެ ވަކިވީމަ ކުޅިވަރު ދަށަށް ދިޔަވާހަކަވެސް ކިޔާއަޑު އިވޭ އޭގެވެސް ތަފްސީލެއް ނުލިބޭ.

  3. ކޮތަރު އިމްރާނު

    ހަކުރު ވިއްކީމަ ލާރިވެސް ލިބޭނެ.

  4. އަލީ

    މީނަގެ ދެފަރާތުގައި އެތުގެފަރާތުގައި ދެ ހަންގަޑު އިންނަގޮތައް މި އިންނަނީ ކޮންއެއްޗެއްތަ!

  5. ާިބުރަހިމު

    ކޮމަން ވަޅި ތުނޑުން އިބޫސޯލިހަށާ ބައިގަނޑަށް ކޮންމެ ބޮނޑިވަރެއް ކެވުނަސް ބޮވުނަސް ދިވެހި ނިކަމެތި ރައްޔިތުނަށް ކެވޭނެ ބޮވޭނެ އެއް ދިޔައެއްވެސް ނޯންނާނެ ތިބުނާ ކޮފަން ވަޅި ތުނޑަކީ ދުނިޔެއަށް ޖެހިފަ އޮތް ބަލާއެއް އޯކޭ .

  6. އަޒްކާ

    ގައުމުތަކާއި ގުޅުން ބޭއްވުނީމަ ނިމުނީތޯ.. އެ ބޭއްވޭ ގުޅުމަކީ އަދި ގުޅުން ބޭއްވޭ ގައުމަކީ އަހަރެމެންނައް ކިހާ އޯގާވެރި އަދި އަހަރެމެންނައް ކިހާ ކަމެއް ކޮއްދޭ އަދި އަހަރެމެންގެ ތަރައްގީއައް އަހަރެމެންނައް ގެއްލުންނުވާނެ ފަދަ ގޮތަކައް އެހީތެރިވާނެ ބަޔެއްތޯ ބަލަން ޖެހޭ. ޑިޕްލޮމެސީ އަކީ އާޓެއް އެކަމަކު އެ އާޓް ޕުރެކްޓިސް ކުރެވެނީ އިންޓެގުރިޓީއާއި ގައުމައް ވަފާތެރިކަމެއް ނެތް ބަޔަކު ކަމުގައިވާނަމަ ޖީއެމްއާރައް އެޔާޕޯޓު ދިންގޮތައް ގައުމު ކޮންމެވެސް ބޭރުބަޔެއްގެ ފުރިހަމަ ނުފޫޒުގެ ތެރެއައް ވެއްޓިގެން ހިނގައިދާނެ. ކޮމަންވެލްތަކީ ހެޔޮނޫން ނުފޫޒުތަކައް ރާއްޖޭގެ ގާނޫނުތަކަށާއި ވެރިކަނުގެ ނިޒާމައް ހުޅުވާލެވޭ ދޮރެއް.. އަދި އެއީ އެމީހުން ބޭނުންވާގޮތައް ރާއްޖެ ބައްޓަން ކުރުވުމައް އެމީހުންގެ ސުޓުރެޓަޖީ އެކްސެކިއުޓު ކުރަން ބޭނުން ކުރާ ޕުލެޓްފޯމު. އެމީހުން ސީމެގު ބޭނުން ކޮއްގެން ކުރި ދުއްޕާން މަތީން ހަނދާނެއް ނުނެތޭ.. އަދި އެކަމާއިމެދު އެދުވަހު މައުމޫނު ދެއްކި ވާހަކަތައްވެސް ހަނދާނެއް ނުނެތޭ. ކޮމަންވެލްތުގެ ނުފޫޒުގެ ތެރެއައް ރާއްޖެ އެއްލާލުމަކީ އިބޫ ފުރިހަމަ ކުއްވެރިއަކައް ހަދާލާނެ ފިޔަވަޅެއް.

  7. ޕުރޮފް

    ދެން ދުވަސް ކޮޅަކުން ރާއްޖޭގަ އޮނާނީ ކޮމަންވެލްތުން ބޭނުންވެގެން އުޅޭ ބަރުލަމާނީ ނިޒާމު.. ދެން މި ނިޒާމުގެ ތެރެއިން ބޮޑުވަޒީރަކައް ހޮވޭނީ އަބަދުވެސް ކޮމަންވެލްތާއި ރާނީ ބޭނުންވާ މީހަކު.. ދެން ޕާލިމެންޓު ކޮންޓުރޯލުކުރަން ބޭނުންވާ ފައިސާ ދޭނީ ކޮމަން ވެލްތުން.. އިބޫ ހުންނާނީ ރައީސަކައް ބޮޑުވަޒީރަކީ ނަޝީދު ދެން ވައިސް ޕުރެސިޑެންޓުގެ މަގާމު އުވާލާފަ ޖުމުހޫރީ ޕާޓީ ސަރުކާރުން ބޭރުކޮއްލާނީ. މިހުރިހާ ކަމެއްވެސް ކުރެވޭނީ އެމްޑީޕީއައް ޕާލިމެންޓުގެ މެޖޯރިޓީ ލިބިގެން. ވީމާ އެމްޑީޕީ އައް މިފަހަރު ޕަލިމެންޓު ލިބިއްޖެއިޔާ ގައުމު ރާނީގެ ފައިދަށައް ވެއްޓޭނެ. އަދާލަތީ ވިސްމުނެއް ނެތް ކުކުޅުތަކެއް ކަހަލަ ބަޔެއް.. ހޮވާ އަޅާ މީހަކު ހޮވާ އެޅީމަ ކަމުން ކަމުން ގޮސް އަލިފާނައް އެރޭއިރުވެސް ރޭނުކާލާނެ..

  8. ސައްތާރު

    ތިދައްކާވާހަކަ އަޑުއަހާނީ ކަލޭމެން، ރައީސްޔާމިނުގެ ވެރިކަމުގެ މިގައުމުހިންގީ ގައުމެއްގޮތުގަ، ޔަހޫދިން ގެންގުޅޭ ޖަމާއަތަެއްގޮތަކުނޫން!!!

  9. ކޮމަން ޝިޓް

    ކޮމަން ޝިޓް އާއިގުޅިގެން ހެދޭނީ ހުސަ ކޮމަން ޝިޓް..