ދިވެހިރާއްޖެއިން، އދ.ގައި ހަމާސް ޖަމާއަތުގެ ދިފާއުގައި ވޯޓު ދީފިއެވެ. ހަމާސް ޖަމާއަތަކީ، އިޒްރާއިލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ޣައްޒާ ކޮންޓްރޯލް ކުރާ ޖަމާއަތެވެ.

ހަމާސް ޖަމާއަތާ ދެކޮޅަށް ގަރާރެއް ފާސްކުރަން އދ.ގެ އާއްމު މަޖިލިސް (ޖެނެރަލް އެސެމްބްލީ) އަށް ހުށަހަޅާފައިވަނީ އިޒްރާއިލުގެ އެހީތެރިކަމާއެކު އެމެރިކާ އިންނެވެ.

އެމެރިކާ އާއި އިޒްރާއިލު ގުޅިގެން، އެމެރިކާ ސަފީރު ނިކީ ހުށަހަޅާފައިވާ މި ގަރާރު ފާސްވެ، ހަމާސް ޖަމާއަތާ ދެކޮޅަށް ވޯޓު ދިނުމަށް މުޅި މަޖިލީހުގެ ތިންބައިކުޅަ ދެ ބައި ޤައުމުތަކުގެ ވޯޓު ބޭނުންވާނެއެވެ. އެހެންނަމަވެސް، އެ މިންވަރަށް، އެމެރިކާ އިން ހުށަހެޅި ގަރާރަށް ވޯޓު ލިބިފައި ނުވެއެވެ.

މި ގަރާރަށް ޤައުމުތަކުން ވޯޓު ދީފައިވާ ގޮތަށް ބަލާއިރު، 87 ޤައުމަކުން ބުނެފައިވަނީ ހަމާސް ކުށްވެރި ކުރަން ފެންނަ ކަމުގައެވެ. 57 ޤައުމަކުން ކުށްވެރި ކުރަން ނުފެންނަކަމަށް ބުނެފައިވާއިރު 33 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ލައިފައި ނުވެއެވެ. އެހެންނަމަވެސް، ގަރާރު ފާސް ކުރަން ބޭނުންވާ ތިންބައިކުޅަ ދެ ބައި ވޯޓު ނުލިބުމުން ގަރާރު ފާސް ނުވީއެވެ.

ބައެއް ޤައުމުތަކުން ގަރާރަށް ވޯޓު ދީފައިވާ ގޮތް

މިއީ، އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހަލޭ މަޤާމުން ވަކިވުމުގެ ކުރިން ހުށަހަޅާފައިވާ ފަހު ގަރާރެވެ. މި ގަރާރާ ބެހޭގޮތުން އޭނާ މީގެ ކުރިން ބުނެފައިވަނީ މި ގަރާރުގައި ޤައުމުތަކުން ވޯޓު ދޭ ގޮތް އެމެރިކާ އިން ވަރަށް ރަނގަޅަށް ބަލާނެކަމުގައެވެ.

މި ގަރާރަށް ވޯޓު ލީއިރު، މުސްލިމު ޤައުމުތަކުން ވޯޓު ދީފައިވަނީ ހަމާސްއާ އެއްކޮޅަށެވެ. އެގޮތުން، ރާއްޖެ ފިޔަވައި މެލޭޝިޔާ، އަލްޖީރިޔާ، ކުވައިތު، ލީބިޔާ، އީރާން، އިރާޤު އަދި ޤަތަރުފަދަ ޤައުމުތައް ހިމެނެއެވެ. އޭގެތެރޭގައި ހަމާސްއާ ދެކޮޅުވެރިކަމެއް އޮންނަ މިޞްރުވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން ހަމާސް އިން ނެރުނު ރަސްމީ ބަޔާނެއްގައި ވިދާޅުވީ ހަމާސްއާ އެއްކޮޅަށް ވޯޓު ދިން ޤައުމުތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމުގައެވެ. އަދި، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މޫނު މަތީގައި ޖެހި އެތިފަހަރެއްކަމަށްވެސް ހަމާސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ނިންމުމާ ގުޅޭގޮތުން އިޒްރާއިލުގެ ބޮޑުވަޒީރު ބުނެފައިވަނީ ވޯޓު ކާމިޔާބު ނުވިކަމުގައިވިޔަސް، މިއީ ހަމާސްއާ ދެކޮޅަށް އެންމެ ގިނަ ވޯޓު ލިބުނު ފަހަރުކަމުގައެވެ.

އެމެރިކާ ސަފީރު ބުނެފައިވަނީ މިއީ އދ.ގެ އާއްމު މަޖިލީހުން ހެދި ތާރީޅީ ގޯހެއްކަމުގައެވެ. މި ވޯޓު ވެގެން ގޮސްފައިވަނީ ސަފީރު ނިކީ އަށް ލިބުނު ބޮޑު ނާކާމިޔާބަކަށެވެ. އެއީ، މި އަހަރު ނިމުމުން އޭނާ މަޤާމުން ދުރަށްދާއިރު އެންމެ ފަހުން ކުރިމަތި ލީ ކަންތައް ނާކާމިޔާބު ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަންނެލި އޮޑި

    ދިވެހިން އެދޭ ގޮތް. ދެން އަތް ޖަހާ. ޝުކުރިއްޔާ ފަހަރި ވަޒީރު.

  2. ައަސްލު ވެރިޔާ

    ނުދީ ނުކެރޭނެ ވިއްޔާ. ކުޅިސަމަ ދައްކާލީމުސް ފަލަސްތީނަ ދެކޮޅައް ދިންނަމަ

  3. އަންތަރީސް

    ނުދިންނަމަ ހަދާނެގޮތް ދައްކާލާނަން.........

  4. މާމަ

    ދެން ކީއްތަވީ؟ މާ ކަންތައް ބޮޑު ކުރަނީ.

  5. ހުސޭނު

    ދޮން ކުދިން ރުއްސަން މިސަރުކާރުން ކޮއްފަނުކުރާނެ ކަމެއްނޯން. މާދަމާ އެހެންވާހަކައެއް ފަތުރާލައިގެން ހާމާސްއާދެކޮޅައް ދިން މިވޯޓުގެ ކަންތައް މަތިޖަހާ އޮއްބާލާނެ. ރައްޔިތުން އެދޭގޮތްމީ، ބާރައް އަތްޖަހާ.

    • Anonymous

      ބަލަ ގިތެލާ ލިޔެފަ އޮތް އެތި ރަނގަޅަށް ކިޔާފަ ފެން މައްޗަށް އަރާ ތެޅެބަލަ. ވާނުވާގަ ތި ހުރެވެނީ