ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ހަައްޔަރުކޮށްފިއެވެ.

އިލްހާމްގެ އަނބިކަނބަލުންގެ އާއިލާގެ މެންބަރަކު ވިދާޅުވީ އިލްހާމްގެ އަނބިކަނބަލުން، އާމިނަތު މާޝާ ހައްޔަރުކޮށްފައިވަނީ ދާދި ދެންމެއަކު ކަމަށެވެ.

އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވާއިރު ފުލުހުން އަންނަނީ އިލްހާމް ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އިލްހާމް އަދިވެސް ފެނިފައިނުވާތީ ފުލުހުން މިއަދު ވަނީ އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ފުލުހުން އިލްހާމް ހޯދަމުން ދަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ވަނީ އިލްހާމް އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ސިނާން އާއި އިލްހާމް ހޯދަން ފުލުހުން ފުރަތަމަ އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެއިއުލާން ކުރުމުން ސިނާން ވަނީ އަމިއްލައަށް ފުލުހުންނާއި ހަވާލުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޮމެޮނެ

    ކިހާދެރަ

  2. އމަނ

    ރާއްޖެ އައުމުގެ ކުރިން މީނާބުންމުން އައީ ތިމަންނަޔާ ކުރީމަތިވާ ހުރިހާ ސުވާލުތަކަށް ޖަވާބުދޭނަމޭ. ކިހިނެއްތޯ ތިހެއްދެވީ ކަލޯ މިދަނީ ބޯވަ ނަގާކަހަލަ އުލެއް ހިފައިގެން ކަލޭ ފިލާއޮތް ހޮރަށް ގަންނަވާލަން ނޫނީ ނިކުމެގެން އާދޭ. ކަލޭގެ ވަތުކިބަ ދޫކޮށްލެވޭނީ ކަލޭ އައި އިރަކުން.

  3. އައިއެފް

    ރ. ޔާމީނު ގޮތްހުސްވެގެން ބޭބޭފުޅުންގެ އަނބިދަރިން ހައްޔަރުކުރާ ހިސާބަށް.

  4. ޢައިޝާ

    ތިދެން ބޮޑުވަރު. އިސްލާމް ދީނޭ އަނެކައްޗެކޭ ކިޔާނެ. ޢިސްލާމް ދީނުގެ ކޮނތާކުތަ އޮތީ މީހަކު ކުށެއްކުރީމަ ނޫނީ އެމީހެއް ކުށެއް ކޮށްފަ ފިލޭމަ ތަހުގީގަށް އެމީހެއްގެ އަނބީމީހާ ހައްޔަރުކުރަން. މަ ސަރުކާރަށް ތާއީދު ކުރަން. ޢެކަމަކު ތިޔަހެން ކުރާ ގޯސް ކަންތަށއް ފެނުނީމަ ކަމަކު ނުދޭ.

    • ސައީދު

      މީގަ އެބަ އޮތް ތޯ އިލްހާމް ކުށެއްކުރީމައޭ އޭނަ އަންހެނުން ހައްޔަރު ކުރީ؟

    • ޕީޖޭ

      ބަލާލުން ރަނގަޅު ކީއްވެގެންތޯ އޭނަ ހައްޔަރުކުރީ މިހާރު ނޫސްތަކަށް އިތުބާރުކުރަން ހެޔޮނުވާނެ އަދި ކުށްހީތައް ފެތުރުން އެއީ ބޮޑުފާފައެއްކަމަށް އިލްމުވެރިން ބުނަނީ