ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ ހދ ނޮޅިވަރަމްފަރަށް އުފަން ހަދީޖާ ހަސަނުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ކަވަރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ.

މިކަން ކަށަވަރުކޮށްދީ، ހަދީޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޫހެއްގެ ލިއުމަކާއެކު ޑރ މައުރޫފް ހުސައިން ކުރެއްވި ޓްވީޓަކަށް ދެއްވި ރިޕްލައިގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވީ، ،ހަދީޖާގެ ބޭސްފަރުވާގެ އެންމެހާ ހަރަދުތައް އެންސްޕާއިން ކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ހަދީޖާގެ އޮޕަރޭޝަން ކުރުމަށް އަންނަ އާދީއްތަ ދުވަހަށް ޝެޑިއުލްކޮށްފައިވާއިރު، އެކަމާއިގުޅޭ މެޑިކަލް ހުރިހާ ހަރަދެއް ކޮށްދިނުމަށް އެންސްޕާއިން ނިންމާފައިވާ ކަމުގައެވެ.

އުމުރުން 57 އަހަރުގެ ހަދީޖާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން މީގެ ދެދުވަސް ކުރިން އެނގުން އިރު ބައްޔަށް ފަރުވާ ކުރުމަށް އޭނާ މިހާރު އޮތީ އޭޑީކޭގައި އެޑްމިޓުކޮށްފަ އެވެ. އަދި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާގެ އާއިލާގެ ވަރަށް ބޮޑު އާދޭހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. عبدالله

    ދައުލަތެއްގައި ހިމެނޭ އެއްވެސް ރައްޔިތެއްގެ މައްޗަށް އެދައުލަތަކުން ފަރުވާކުޑަ ނުކުރެވޭނެއެވެ. ނަމަވެސް މީގެކުރިން ރައްޔިތުންގެ ބޭސްފަރުވާގެ ކަންކަން ބައެއްފަހަރު ހިނގާފައިވަނީ، ދައުލަތެއްގައި ހިމެނޭ ރައްޔިތެއްގެ މައްޗަށް އެދައުލަތަކުން ފަރުވާކުޑަ ކުރެވޭ ގޮތުގައެވެ.

  2. މަ

    އެހީ އަށް ބޭނުންވެފައި ތިބި އެންމެނަށް ވެސް

    އެއްނާޅިއަކުން މިނެދެންޏާ މައްސަލައެއް ނެތް.

    ޚަދީޖާގެ ބައްޔަށް އަވަސް ޝިފާޔަކަށް އެދެން

  3. ކިޔާ

    ފަސޭހަ ރަޙްމަތެއްގަ މިފަދަކަމެއް ކުރެވޭނެކަމުގެ މަގުފަހިވިކަމަށްޓަކާ މާތްﷲއަށް ޝުކުރުކުރަން.އަދި މިކަމުގަ މެދުވެރިވި ފަރާތްތަކަށްވެސް ޝުކުރިއްޔާ.ދުޢާއަކީ މިދައްތަގެ އޮޕަރޭޝަން ކާމިޔާބުވެ އަވަސް ޝިފާއެއްލިބުން..

  4. عبدالله

    ސީނިޔަރ ޑޮކްޓަރަކަށް ދައްކަންވެއްޖެއްޔާ ފަޤީރުމީހާ ޖެހޭނީ އަމިއްލަ ޖީބުން 200 ރުފިޔާދީގެން އެކަންކުރާށެވެ. މުއްސަނދި މީހާ (ޢިއްޒަތްތެރި މެންބަރު) ގެ ޖީބުން އެއްވެސް އެއްޗެއްނުދީ މިރާއްޖޭގައިވެސް އަދި އޭސިޔާގެ ޤައުމުތަކުގައިވެސް ބޭސްކުރެވެއެވެ. އަގުބޮޑު ބޭހެއް ޑޮކްޓަރަކު ލިޔެދެއްވައިފިއްޔާ ފަޤީރުމީހާ ޖެހޭނީ އެބޭހެއް އަމިއްލަ ފައިސާގައި ނަގާށެވެ. ބޭސްފިހާރައިން އަންގާނީ އާސަންދަ ކަވަރު ނުކުރާތީ ބޭސް ނުލިބޭނެ ކަމަށެވެ. އިންސިއުލިން ޕެން އާސަންދާއިން ކަވަރު ކުރެއެވެ. ނަމަވެސް އެޕެންގެ ކަށި ޖެހޭނީ އަމިއްލައަށް ގަންނާށެވެ. ހެލްތް މިނިސްޓަރުގެ ސިކުޑީގައި މިބާވަތުގެ ކަމެއް ރަނގަޅު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްއިރު ދައްކަވަނީ ޕްލޭންތައް ހަދައި ކަންތައްތައް ރަނގަޅު ކުރުމުގެ ވާހަކަތަކެވެ.