ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ބައްދަލު ކޮށްފިއެވެ.

ކުރިން އަދީބާއި ވަރަށް ގާތްކޮށް އުޅުއްވި މިނިސްޓަރ ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު އަދީބާ ބައްދަލުކުރެއްވިއްޖެ ކަމަށާއި އަދީބާ ބައްދަލުކުރެއްވީ ފިނިފެންމާ ލޯންޗުކޮޅުގައި ގޮއްވާލައި އޭނާ އަވަހާރަކޮށްލަން އުޅުނީ ކާކުތޯ ބެލުމަށް ކަމަށެވެ.

"ދުވަސް ތަކަކަށް ފަހު އަދީބާ ބައްދަލުވެއްޖެ. އަދީބާ ބައްދަލުކުރީ ލޯންޗު ގޮއްވާލި ހާދިސާގައި އަޅުގަނޑު މަރާލަން އުޅުނީ ކާކުތޯ ބަލައި އޮޅުންފިލުވުމަށް. ލޯންޗު ގޮއްވާލި މައްސަލާގައި އަދީބުގެ ޖަވާބު ގަބޫލުކުރެވޭ،" ޝައިނީ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

2015 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާއާ ގުޅިގެން އަދީބު މީގެ ކުރިން ބުނެފައިވަނީ، ލޯންޗުކޮޅު ގޮއްވާލީ ސަރުކާރު ތެރެއިން އޭނާ ނެރެލުމުގެ ބޭނުމުގައި ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީން ވަނީ އޭނާ ޕްރޭމްކޮށްފައި ކަމަށެވެ.

ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް އަނިޔާވެފައިވެއެވެ. ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި އިރު، އެ ލޯންޗުކޮޅުން ރައީސް ޔާމީނާއި ފާތިމަތު އިބްރާހީމްގެ އިތުރުން ޝައިނީ އާއި ސަރުކާރު ބައެއް އިސްވެރިންވެސް ދަތުރު ކުރެއްވިއެވެ.

ލޯންޗު ގޮއްވާލި މައްސަލާގައި 2016 ވަނަ އަހަރު ބޭއްވި އަޑުއެހުމެއްގައި އަދީބު ވަނީ، ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ތުހުމަތުކޮށް ހެކި ވެސް ހުށަހަޅާފައެވެ.

އަދީބު ވިދާޅުވީ އޭނާ ވަނީ އެ މައްސަލާގައި ފްރޭމް ކުރެވިފައި ކަމަަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙަކަތަ

    ގިޔާމަތް އަންނަން އުޅެނީ

  2. ޢަލީ

    ފޮރުވާފައިވާ ފައިސާތައް ހޯދަން.......... ޢަދީބު ގެންދިޔަ ފޮށި ވެއްދިތަނެއް ހޯދަންވެގެނޯ.........

  3. ވާނުވާ

    ދެން އެއީ ހުދުކާފޫރަށް ވީ

  4. ފާތުމަ

    ޑީލް ހަދަން ވީ ދޯ؟ ޔާމީން ހުދު ފޮތިކޮޅަކަށް ނުވާނެ ކިތަންމެ ދޮގެއް ހެދިޔަސް

  5. އުޑެއްބުޑެއް

    ކޮންމެހެން ޗީފް އޮފް ޕްރޮޓޮކޯލް ގެ މަގާމެއް ބޭނުންތޭ އަތުގެ ކޮންމެ އިނގިއްޔަކަށް މީހަކު ލުމުންނޭ ސަރުކާރުގެ ބޮޑުންނަށް ވާނުވާ ނޭގެނީ އަމިއްލަ އަށް ކަންކަން ބަލާ އެކްސްޕީރިއެންސް ނުކުރާތީއޭ އެކަން އެހެން އެވަނީ މިހާރު ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބުނަނީ މާލޭގައި ފެންގަނޑު ބޮޑުވީ ރިންގް ރޯޑް ހަދާފައި ހުރި ގޮތުން މެކޭނިކަލް ޕަންޕްސް ތައް ބަހައްޓާފައިވާތީއޭ ދުނިޔޭގެ އެއްވެސް ތަނެއްގައި ގެންގުޅޭ އެއްޗެއް ނޫނޭ މެކޭނިކަލް ޕަންޕް އަކީ އުޑެއް ބުޑެއް...

  6. ޙަސަން އަޙުމަދު

    ބައްދަލު ކޮށްފާނެނު. މިޒަމާނުގައި ވަފާތެރިންނަކީ ވަރަށް މަދުބައެއް. ގިނަވާނީ ދެބޯގެރިން.

  7. ގަޓުބެ

    ޔާންޓޭ ސަލާމަތް ހޯދަނީ

  8. އިންސާފު

    After a long time I just met @Ahmed_Adeeb to clarify who tried killing me in the launch blast. His version is very plausible. ޢިތުރު ތަފްސީލު....

  9. ޗހި

    މަޖިލިސް ކެމްޕޭނަށް ލާރިކޮޅެއް ބޭނުންވީ ދޯ؟ ނޫނޭ ވާ ކުޅަދާނަ. !!

  10. އާކާސް މުހައިމިނު ކުޅުދުއްފުށި

    ފައިސާ ބޭނުމުގަ ސައިނީ މެޑަމް އަދީބާ ބައްދަލުކުރީ

  11. މާވަޑި ފަލާހް

    ކެމްޕެއިނަށް ލާރިގަނޑެއް ބޭނުންވީމަ ބުރޯ ހަނދާންވީދޯ ބެޔަސްނުބެޔަސް 10000ރ ދިން މިނިސްޓަރ

  12. ޑަޔަލޮގު

    ޝައިނީ: އަދީބޫ އަހަރެން މަރާލަން އުޅުނީ ކާކު؟
    އަދީބު: އެކަން ކުރަން އެއްވެސް މީހަކު ނޫޅޭ.
    ޝައިނީ: ދެޓް އިޒް ވެރީ ޕިލޯސަބަލް.. ތޭންކިޔޫ ސޯ މަޗް. ކެން އައި ހޭވް ސަމް ކޭޝް.

  13. ހިމާރުލް ޤައުމު

    ނުރަައްކާތެރި ސިގްނަލެއް. ޢަދީބަށްފަހު އަދީބުއަށް ހިންގެވުނު މަގުން ހިންގެވަީ ޝައިނީ.

  14. އަލްތާފު

    ބޮމަކަށް ވާކަހަލަ ބޮމެއް ގޮއްވާލި ނަމަ،އެލޯންޗާއި މީހުން ކިހިނެތްތަ ސަލާމަތް ވާނީ. ހެޔޮނުވާނެ އެއްނު ޔާނޫ މި ރާއްޖޭގަ ތިބީ މޮޔައިންނެއް ނޫނޭ. ކުޑަކުދިން ނަށް ކިޔާދޭ ކަހަލަ ވާހަކަޔަށް ފިލްމު ކުޅުނަކަސް ރާއްޖޭގެ ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ ޔާނޫ.

  15. عبدالله

    ކުށްކުރުމުގެ މާޒީއެއް އޮންނަ މީސްމީހުންނަށް ދައުލަތުގެ މަތީ މަޤާމުތައް ޙައްޤުވާކަމަށް ދެކެ އެފަދަގޮތަކަށް ކަންކުރުމުގެ ޘަޤާފަތެއް އޮންނަ ތަނެއްގައި އަދީބަކަސް އަދި އެނޫން އެހެން މީހަކަސް ތަފާތު ކުރުމެއް އޮވެގެންނުވާނެއެވެ.